Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ޕްރިމިއާ ލީގު: މޮރާޓާގެ ހެޓްރިކާއެކު ޗެލްސީ މޮޅުވެއްޖެ

މޮރާޓާ ވަނީ މި މެޗުގައި 3 ލަނޑު ޖަހައިދީފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 08:48
މޮރާޓާ ލަނޑު ޖެހުމަށް ފަހު

މޮރާޓާ ލަނޑު ޖެހުމަށް ފަހު

ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ސްޓޯކް ސިޓީއާ ބައްދަލު ކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ސްޓޯކް ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދާފައި ވަނީ 0-4 ގެ ނަތީޖާއަކުންނެވެ.

ސްޓޯކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އަޒްޕެލިކުއެޓާގެ އެހީތެރިކަމާއި އެކު މި ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އަލްވަރޯ މޮރާޓާއެވެ.

ޗެލްސީން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާ ކުރީ މެޗުގެ 30 ވަނަ މިނެޓްގައި ޕެޑްރޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލިއިރު، އެޓީމުން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އަލްވާރޯ މޮރާޓާއެވެ.

އޭގެ ފަސްމިނެޓު ފަހުން މެޗުގެ 82 ވަނަ މިނެޓްގައި މޮރާޓާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަ ކޮށްފައެވެ. މިއީ ޗެލްސީއަށް ބަދަލު ވިފަހުން މޮރާޓާ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި އޭނާ ޗެލްސީއަށް ކާމިޔާބު ކޮށްދިން 6 ވަނަ ލަނޑެވެ.

މި މޮޅާއެކު ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް އަދި ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ވެސް 16 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ އެއްވަނަ ސިޓީއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ. އެޓީމު ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު