Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޑަހުވަދޫ އަދި މިލަންދޫ ބައްދަލު ކުރި މެޗު ހުއްޓާލައިފި

23 ސެޕްޓެމްބަރު 2017 | ހޮނިހިރު 03:17

މެޗުގެ ކުޅުން ހުއްޓާލިއިރު، 0-2 ގެ ނަތީޖާއިން ކުރީގައި އޮތީ މިލަންދޫ

ލީވާން އަލީ
ލީވާން އަލީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 03:17
ކުޑަހުވަދޫ އަދި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ކުޑަހުވަދޫ އަދި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޑަހުވަދޫ އަދި މިލަންދޫ ބައްދަލު ކުރި މެޗު ހުއްޓާލަން ޖެހިއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ހުއްޓާލާފައިވާއިރު، 0-2 ގެ ނަތީޖާއިން ކުރީގައި އޮތީ މިލަންދޫ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ހުއްޓުމަކަށް އައީ މިލަންދޫ އިން ޖެހި ދެވަނަ ލަނޑަށް ފަހު، ކުޑަހުވަދޫ އިން ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކޮށް، ކުޅެން ދަނޑަށް އަރަން ދެކޮޅު ހެދުމާއެކުގައެވެ. އެގޮތުން ރެފްރީ ވަނީ މެޗު ނިމުނުކަން އިއުލާން ކޮށްފައެވެ.

މުޅި މެޗުގައި ވެސް މިލަންދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފްގައި އެޓީމަށް މެޗުގެ ލީޑު ނަގައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މި ލަނޑަށް ފަހު ވެސް މިލަންދޫ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ކުޑަހުވަދޫ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް މިލަންދޫ އިން ވަނީ ކުޑަހުވަދޫ އިން ފޮނުވާލި ބޯޅަތައް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ކުޑަހުވަދޫގެ މައްޗަށް މިލަންދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް މޮޅަށް ކުޅެމުން ދިޔައީ މިލަންދޫ އެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ކުޑަހުވަދޫގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. މިލަންދޫ އިން ލީޑު ފުޅާ ކުރީ، 75 ވަނަ މިނެޓުގައި ސައްޓު އެވެ.

މިއީ މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުން ހުއްޓާލަން ޖެހުނު ދެވަނަ މެޗެވެ. މީގެ ކުރިން ލީގުގައި މާޒިޔާ އަދި ކްލަބް ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗުވެސް ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ. އެ މެޗުގެ ކުޅުން ހުއްޓާލަން ޖެހުނީ ގްރީން އިން މެޗުގެ ރެފްރީއާ އެކު އިތުރަށް ކުރިޔަށްދާން ދެކޮޅު ހެދުމުންނެވެ.

އެ މެޗަށް ފަހު އެފްއޭއެމް އިން އިންޑިއާގެ ރެފްރީން ލީގުގައި ބޭނުންކުރަން ފަށާފައިވާއިރު، މާޒިޔާ އަދި ގްރީން ބައްދަލު ކުރި މެޗުގައި 0-1 ގެ ނަތީޖާއިން މާޒިޔާ ކުރީގައި އޮތުމާއެކު، އެޓީމު މެޗުން މޮޅުވި ކަމަށް ނިންމިއެވެ. އަދި އެފްއޭއެމް އިން ވަނީ 25،000 ރުފިޔާ އިން ގްރީން ޖޫރިމަނާކޮށް، އިންޒާރު ވެސް ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
01 މާރިޗު 2017

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް