Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ޕްރިމިއާ ލީގު: ލެސްޓާގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފި

ލެސްޓާއަށް ވަނީ ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 06:11
ކުޓީނިއޯ ގޯލް ޖެހުމަށް ފަހު އުފާފާޅު ކުރަނީ

ކުޓީނިއޯ ގޯލް ޖެހުމަށް ފަހު އުފާފާޅު ކުރަނީ

ޕްރިމިއަރ ލީގުގައި ރޭ ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކޮށްފިއެވެ.

ލެސްޓާއާ ވާދަކޮށް ލިވަޕޫލްއިން މެޗު ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިންނެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ލިވަޕޫލް އިންނެވެ. ކުޓީނިއޯ ނަގައިދިން ހުރަހަކުން މި ގޯލު މެޗުގެ 15 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހުއެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ލިވަޕޫލްއަށް ލިބުނު ހިލޭޖެހުމެއް ކާމިޔާބުކޮށްދީ ފިލިޕޭ ކުޓީނިއޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ލިވަޕޫލްއިން ޖެހިލާފައިވަނިކޮށް ހާފްގެ ފަހު މިނެޓްގައި އޮކަޒާކީ ވަނީ ލެސްޓާއަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ލިވަޕޫލުން ލީޑުގައި އޮވެ ފުރަތަމަ ހާފުނިންމާލި އިރު، މެޗުގެ 68 ވަނަ މިނެޓްގައި ހެންޑަސަން ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މި ގޯލު ކާމިޔާބު ކުރިތާ މިނެޓެއްފަހުން ޖެމީ ވާޑީ ވަނީ ލެސްޓާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަދި މެޗުގެ 72 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ލެސްޓާއަށް ޕެނަލްޓީއެއް ވަނީ ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ވާޑީ ފޮނުވާލި އެ ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ 11 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. ލެސްޓާ އޮތީ ހަތަރު ޕޮއިންޓާއެކު ލީގުގެ 16 ވަނައިގައެވެ. ލީގުގެ އެއްވަނައި ގައި 16 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު