ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖައްސާފައި އޮތީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ ތެރެއިން، 16 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ބިމުގައި. ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ފޭސް އެކެއްގައި ހުންނަ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި.