Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮޗެޓީނޯ އަށް ނިއުކާސަލް އިން ފާރަލުން

ނިއުކާސަލް ގަންނަން އުޅޭ ވެރިންގެ ޝައުގު ޕޮޗެޓީނޯ އަށް

ޕޮޗެޓީނޯ އަށް އަހަރަކު 19 މިލިއަން ޕައުންޑް ހުށަހަޅާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2020 | ބުދަ 14:14
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އަންނަ ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑްގެ ކޯޗަކަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ގެންނަން، ސައުދީ އަރަބިއްޔާގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު ނިއުކާސަލް ގަންނަން މަސައްކަތް ކުރަމުން އަންނަ ވެރިން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗުކަމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ޕޮޒެޓީނޯ ހޯދަން ރެއާލް މެޑްރިޑް، ބާސެލޯނާ، ބަޔާން މިއުނިކް އަދި މެންޗެސްޓަރ ޔުނައިޓެޑުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލް ގަންނަން އުޅޭ ވެރިން އެންމެ ބޮޑަށް ބޭނުންވަނީ އަންނަ ސީޒަނުން ފެށިގެން އެޓީމުގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖެއްސުމަށެވެ. އެގޮތުން އަހަރަކު 19 މިލިއަން ޕައުންޑުގެ މުސާރައެއް އޭނާ އަށް ހުށަހަޅަން އޮތީ ތައްޔާރަށެވެ. ޕޮޗެޓިނޯ ނުލިބިއްޖެ ހާލަތެއްގައި، އެޓީމުން ދެން ގެންނާނީ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިހާރު ނިއުކާސަލްގެ ކޯޗަކީ ސްޓީވް ބްރޫސް އެވެ. މި ސީޒަން ނިމެންދެން އޭނާ އެ ޓީމުގައި މަޑުކުރާނެ އެވެ.

ޕޮޗެޓީނޯ އަށް ނިއުކާސަލް ގަންނަން އުޅޭ ވެރިން ފާރަލަމުން އަންނައިރު، ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން މަސައްކަތް ކުރަމުން އަންނަނީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާރސް އިންނެވެ. އަމަންޑާއާ އެކު ނިއުކާސަލް ގަތުމުގައި ހިއްސާވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ. އެގޮތުން ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް 80 އިންސައްތަ ހިއްސާ ލިބޭއިރު، ބާކީ 20 އިންސައްތަ ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް %10 ލިބޭ ގޮތަށެވެ.

އެކަމަކު ސައުދީގެ ބަޔަކަށް ނިއުކާސަލް ވިއްކާލުމާ ދެކޮޅަށް އެތައް ބަޔަކު ވަނީ އަޑުއުފާލާފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
29 މެއި 2017

ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން

29 މެއި 2017
ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު