Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗު ލީގު

ފްރެންޗު ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް

ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 އެޕްރީލު 2020 | ބުރާސްފަތި 15:37
ޕީއެސްޖީގެ ނޭމާ އާއި ކީލިއަން އެމްބާޕޭ

ޕީއެސްޖީގެ ނޭމާ އާއި ކީލިއަން އެމްބާޕޭ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކެންސަލް ކުރަން ޖެހުނު ފްރެންޗު ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމަށް ނިންމައިފި އެވެ.

ދި ފްރެންޗު ލީގު (އެލްއެފްޕީ) އިން ފްރާންސްގެ ކްލަބްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ޖޫން 17 ވަނަ ދުވަހު ލީގު ފަށައި ޖުލައި 25 އަށް ސީޒަން ނިންމާލުމަށް ކުރިން ރޭވި ނަމަވެސް، ލީގު ކެންސަލް ކުރަން ޖެހުނީ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭ ގޮތަށް ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި ވަނީ ސަޕޯޓަރުން ނުވައްދައިވެސް ފުޓްބޯޅަ ހަރަކާތްތައް ކުރިއަށް ނުގެންދަން އަންގާފައެވެ.

އެހެންކަމުން ލީގު ކެންސަލް ކޮށް އެލްއެފްޕީ އިން ވަނީ ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައެވެ. މިއީ ފްރެންޗު ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިންއިރު، ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 68 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ފްރެންޗު ލީގު ކެންސަލް ކުރިއިރު، ޔުއެފާ އިން ލީގުތައް ކެންސަލް ކުރަން ހުއްދަ ދިނީ ޔޫރަޕްގެ މަގާމުތަކަށް ޓީމުތައް ކަނޑައެޅުމަށް ޝަރުތުކޮށްފައެވެ. އެހެންކަމުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ އެއްވަނައިގައި އޮތް ޕީއެސްޖީ، ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާނީ ހަތަރުވަނައިގައި އޮތް ލިލް، ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯން އަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރެންޗު ލީގު ކެންސަލް ކުރިއިރު، މީގެ ކުރިން ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ވަނީ ކެންސަލް ކޮށްފައެވެ. ދެން ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު