Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ސީޒަން އަލުން ފެށުން

ސީޒަން އަލުން ފެށޭނެ ކަމުގެ ޔަގީންކަން ޔުއެފާގެ މެޑިކަލް ކޮމިޓީން ދީފި

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އެޕްރީލު 2020 | ބުރާސްފަތި 11:37
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މެދުކަނޑާލާފައިވާ ފުޓުބޯޅަ ސީޒަން އަލުން ފެށުމުގެ ފުރުސަތު ޔަގީނުން ވެސް އެބައޮތް ކަމަށް ޔުއެފާގެ މެޑިކަލް ކޮމިޓީން ބުނެފިއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާތަނަށް ޔޫރަޕުން ލީގު ކެންސަލް ކޮށްފައިވަނީ ނެދަލެންޑްސް އިންނެވެ. އަދި ފްރެންޗު ލީގުވެސް ކެންސަލް ކުރަން ޖެހިފައިވާއިރު، ބެލްޖިއަމް އާއި ސްކޮޓްލެންޑުން އަންނަނީ ލީގު ކެންސަލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޖަރުމަން ލީގު އަލުން ފެށުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔުއެފާގެ މެޑިކަލް ކޮމިޓީގެ ޗެއަރމަން ޓިމް މޭޔާ ވިދާޅުވީ ލީގުތައް އަލުން ފަށަން ރާވަމުންދާ އެސޯސިއޭޝަންތަކުން، މެޗުތަކުގައި ބައިވެރިވާ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ލިބިދޭނެ ފުރިހަމަ އުސޫލުތަކެއް ގާއިމު ކުރާނެކަމަށެވެ. އެ ޝަރުތާއެކު، އަދި އެ ގައުމެއްގެ އާންމު ޞިއްޙަތުގެ ގާނޫނަށް އިހުތިރާމުކޮށްގެން، މެދުކަނޑާލާފައިވާ ލީގުތައް މި ސީޒަނުގެ ތެރޭގައި އަލުން ފަށަން ރޭވުމުގެ ފުރުސަތު ޔަގީނުން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުއެފާގެ މެޑިކަލް ކޮމިޓީގެ ޗެއަރމަން ޓިމް މޭޔާ މިހެން ވިދާޅުވި ނަމަވެސް، ދާދި ފަހުން ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއަރމަން ޑރ. މިކެލް ޑިހޫގޭ ވަނީ މި ސީޒަން އަލުން ފެށުމުގެ ބަދަލުގައި އަންނަ ސީޒަނަށް ތައްޔާރުވާން ގޮވާލައްވާފައެވެ.

ފީފާގެ ޗީފް ޑޮކްޓަރު ޑިހޫގޭ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރިސްކު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅުވާނީ މެދުކަނޑާލާފައިވާ ލީގުތައް ކެންސަލްކުރުމެވެ. އެގޮތުން ހާލަތު ތަންދިނުމުން އަންނަ ސީޒަނަށް ތައްޔާރުވުން މާ ބުއްދިވެރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޔުއެފާ އިން މީގެ ކުރިން ވަނީ ޔޫރަޕިއަން ލީގުތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް މެއި މަހުގެ 25 ގެ ކުރިން އެންގުމަށް އެދިފައެވެ. އަދި ޔުއެފާ ގެ ވިސްނުން ހުރީ އޮގަސްޓް މަހުގެ ކުރީކޮޅު ލީގުތައް އެއްކޮށް ފުރިހަމަ ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު