Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑީނިއޯގެ ހާލަތު

މި ހާލުގައި އުޅެން ޖެހޭނެ ކަމަށް ހިއެއް ނުކުރަން: ރޮނާލްޑީނިއޯ

ޕެރެގުއޭ އިން ރޮނާލްޑީނިއޯ ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އެޕްރީލު 2020 | އަންގާރަ 06:54
ރޮނާލްޑީނިއޯ ޕެރެގުއޭ އިން ހައްޔަރުކޮށްގެން ދަނިކޮށް

ރޮނާލްޑީނިއޯ ޕެރެގުއޭ އިން ހައްޔަރުކޮށްގެން ދަނިކޮށް

ޕެރެގުއޭ އިން ހައްޔަރުކޮށް، މި ހާލުގައި އުޅެން ޖެހޭނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރާ ކަމަށް ބާސެލޯނާ އަދި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ބުނެފި އެވެ.

ޕެރެގުއޭ އިން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. ޖަލުގައި ރޮނާލްޑީނިއޯ 32 ދުވަސް ހޭދަކުރިއިރު، ކަފާލާތުގެ ދަށުން ދެބެން ޖަލު ބަންދުން ވަނީ ދޫކޮށްލާފައެވެ. އަދި މައްސަލަ ނިމެންދެން ތިބެން ޖެހޭނީ ޕެރެގުއޭ ގައި ގޭ ބަންދުގައެވެ. ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލަން ކޯޓުން ނިންމީ ޖޫރިމަނާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދިނުމަށް ރޮނާލްޑީނިއޯ ހުށަހެޅުމުންނެވެ.

ޖަލު ބަންދުން ދޫކޮށްލުމުން ދިން ފުރަތަމަ އިންޓަވިއުގައި ރޮނާލްޑީނިއޯ ބުނީ ޕެރެގުއޭ އިން ހައްޔަރުކުރުމުން ހައިރާންވި ކަމަށެވެ. އަދި އޭނާ އަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް ޕާސްޕޯޓެއްކަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި ހާލުގައި އުޅެން ޖެހޭނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރާ ކަމަށާއި، މިހާތަނަށް ކަންތައް ވީގޮތް ކަމާބެހޭ ފަރާތްތަކަށް ވަރަށް ތަފުސީލުކޮށް ކިޔާދީފައިވާނެ ކަމަށްވެސް ބުންޏެވެ.

ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލާފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެ އެވެ.

ޖަލުގައި ހުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ ޕެރެގުއޭ ޖަލުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ބައިވެރިވެ އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އެ މެޗުން އޭނާގެ ޓީމު 2-11 ގެ ނަތީޖާއަކުން މޮޅުވިއިރު، ރޮނާލްޑީނިއޯ ވަނީ އެމެޗުގައި ކުޅެން އަރާ 5 ލަނޑު އެޓީމަށް ކާމިޔާބުކޮށް 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލް އިން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ތަށި އުފުލާލިއިރު ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ބާސެލޯނާގައި ވިދާލި ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2005 އަދި 2006 ވަނަ އަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
މާޒިޔާއަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް ހިތްހަމަ ޖެހޭނެ: ސުޒޭން

މާޒިޔާއަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް ހިތްހަމަ ޖެހޭނެ: ސުޒޭން

20 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު