Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސީޒަން އަލުން ނުފަށަން ގޮވާލުން

ސީޒަން އަލުން ނުފަށަން ފީފާގެ ޗީފް ޑޮކްޓަރު ގޮވާލައިފި

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2020 | ބުދަ 09:16
ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން ޑރ. މިކެލް ޑިހޫގޭ

ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން ޑރ. މިކެލް ޑިހޫގޭ

މެދުކަނޑާލާފައިވާ ފުޓުބޯޅަ ސީޒަން އަލުން ފެށުމުގެ ބަދަލުގައި އަންނަ ސީޒަނަށް ތައްޔާރުވާން ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއަރމަން ޑރ. މިކެލް ޑިހޫގޭ ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާތަނަށް ޔޫރަޕުން ލީގު ކެންސަލް ކޮށްފައިވަނީ ނެދަލެންޑްސް އިންނެވެ. އަދި ފްރެންޗު ލީގުވެސް ކެންސަލް ކުރަން ޖެހިފައިވާއިރު، ބެލްޖިއަމް އާއި ސްކޮޓްލެންޑުން އަންނަނީ ލީގު ކެންސަލް ކުރުމަށް މަސައްކަތް ކުރަމުންވެ.

ދެކެނު އެމެރިކާގެ އާޖެންޓީނާ އިން އެ ގައުމުގުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކޮށްފައިވާއިރު، އޭޝިއާ އިން ދިވެހިރާއްޖެ އިންވެސް ވަނީ ފުޓްބޯޅަ ސީޒަން ކެންސަލް ކޮށްފައެވެ.

އެކަމަކު ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޖަރުމަން ލީގު އަލުން ފެށުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު ފީފާގެ ޗީފް ޑޮކްޓަރު ޑިހޫގޭ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރިސްކު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅުވާނީ މެދުކަނޑާލާފައިވާ ލީގުތައް ކެންސަލްކުރުމެވެ. އެގޮތުން ހާލަތު ތަންދިނުމުން އަންނަ ސީޒަނަށް ތައްޔާރުވުން މާ ބުއްދިވެރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިހޫގޭ އިތުރަށް ވިދާޅުވީ މެޗުތަކުގައި ގައިދުރުކަން ބެހެއްޓުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެކަމަކު މެޗުތައް އަލުން ފަށާނަމަ ސާފުތާހިރުކަން އިސްކޮށް ހާއްސަ ގަވާއިދުތަކެއް ހެދިފައި ހުންނަން ޖެހޭނެ ކަމަށެވެ.

ސީޒަން އަލުން ފެށުމުގެ ބަދަލުގައި އަންނަ ސީޒަނަށް ތައްޔާރުވާން ފީފާގެ ޗޯފް ޑޮކްޓަރު ގޮވާލެއްވިއިރު، ޔުއެފާ އިން މީގެ ކުރިން ވަނީ ޔޫރަޕިއަން ލީގުތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް މެއި މަހުގެ 25 ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ. އަދި ޔުއެފާ ގެ ވިސްނުން ހުރީ އޮގަސްޓް މަހުގެ ކުރީކޮޅު ލީގުތައް އެއްކޮށް ފުރިހަމަ ކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު