Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެމްބަރު ގައުމުތަކަށް ޔުއެފާ އިން އެހީވުން

މެމްބަރު ގައުމުތަކަށް ޔުއެފާ އިން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

205 މިލިއަން ޕައުންޑުގެ އެހީއެއް ދޭން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2020 | ބުދަ 09:32
ޔުއެފާގެ ރައީސް ރައީސް އަލެކްސަންޑަ ކެފެރިން

ޔުއެފާގެ ރައީސް ރައީސް އަލެކްސަންޑަ ކެފެރިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މެމްބަރު ގައުމުތަކަށް 205 މިލިއަން ޕައުންޑުގެ އެހީއެއް ދޭން ޔުއެފާ އިން ނިންމައިފި އެވެ.

އެގޮތުން ޔުއެފާ އިން ވަނީ މެމްބަރު 55 އެސޯސިއޭޝަނަށް އެހީވާން ނިންމާފަ އެވެ. ޔުއެފާ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ފައިސާ ދޫކުރާނެ ކަމަށާއި، އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ދޭނީ 3.75 މިލިއަން ޕައުންޑް ކަމަށެވެ. އަދި މިއީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދޭ ފައިސާ އެއް ކަމަށާއި، މި ފައިސާ ހޭދަކުރާނެ ގޮތެއް ކަނޑައަޅާނީ އެ ގައުމެއްގެ އެސޯސިއޭޝަނަކުން ކަމަށެވެ.

ޔުއެފާގެ ރައީސް ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅައަށް ވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި ޔުއެފާގެ ބޭނުމަކީ މެމްބަރު ގައުމުތަކަށް އެންމެ ރަނގަޅަށް އެހީވުން ކަމަށެވެ. އެގޮތުން ކޮންމެ މެމްބަރު ގައުމަކަށް 3.75 މިލިއަން ޕައުންޑްގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ފުޓްބޯޅައިގެ ކަންކަން އަލުން ބިނާކުރުމަށް ގައުމުތަކަށް އެހީވުމުގެ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން ފީފާ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މެމްބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފަ އެވެ. އެގޮތުން ފީފާ އިން ވަނީ މެމްބަރު 211 އެސޯސިއޭޝަނުގެ ތެރެއިން، ކޮންމެ އެސޯސިއޭޝަނަކަށް ފަސް ލައްކަ ޑޮލަރު ދޭން ނިންމާފަ އެވެ.

ޔުއެފާގެ މެމްބަރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު، މީގެ ކުރިން ޔުއެފާ އިން ވަނީ ލީގުތައް ކެންސަލް ކުރުމުގެ ހުއްދަ ދީފައެވެ. އެއާއެކު ނެދަލެންޑްސް އިން ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރިއިރު، ފްރެންޗު ލީގު ކެންސަލް ކުރަން ވަނީ ޖެހިފައެވެ. އަދި ބެލްޖިއަމް އާއި ސްކޮޓްލެންޑުން އަންނަނީ ލީގު ކެންސަލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

25 އޯގަސްޓު 2017
ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް
15 އޯގަސްޓު 2017

މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި!

15 އޯގަސްޓު 2017
މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި!
15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
22 ޖޫން 2017

ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި

22 ޖޫން 2017
ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު