Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗު ލީގުގެ މަގާމުތައް ކަނޑައެޅުން

ފްރެންޗު ލީގުގެ މަގާމުތައް ޕްލޭއޮފް ކުޅެގެން ކަނޑައަޅަން ލިޔޯންގެ ރައީސް ގޮވާލައިފި

30 އެޕްރީލު 2020 | ބުރާސްފަތި 13:42

ފްރެންޗު ލީގު ވަނީ ކެންސަލް ކުރަން ޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އެޕްރީލު 2020 | ބުރާސްފަތި 13:42
ލިޔޯންގެ ރައީސް ޖޯން-މިޗޭލް އޯލަސް

ލިޔޯންގެ ރައީސް ޖޯން-މިޗޭލް އޯލަސް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކެންސަލް ކުރަން ޖެހިފައިވާ ފްރެންޗު ލީގުގެ މަގާމުތައް ޕްލޭއޮފް ކުޅެގެން ކަނޑައަޅަން ލިޔޯންގެ ރައީސް ޖޯން-މިޗޭލް އޯލަސް ގޮވާލައްވައިފި އެވެ.

ފްރެންޗު ލީގު ކެންސަލް ކުރަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ފްރާންސް ސަރުކާރުން ސެޕްޓެމްބަރު މަހުގެ ކުރިން ކުޅިވަރު ހަރަކާތެއް ނުބޭއްވޭ ގޮތަށް ކަނޑައެޅުމާ ގުޅިގެންނެވެ. އެއާ އެކު މި ފަހަރުގެ ލީގުގެ މަގާމުތަކާ މެދު ގޮތެއް ކަނޑައަޅަން ދި ފްރެންޗް ލީގު (އެލްއެފްޕީ) އިން އަންނަނީ ތައްޔާރުވަމުންނެވެ.

ޔުއެފާ އިން ލީގުތައް ކެންސަލް ކުރަން ހުއްދަ ދިނީ ޔޫރަޕްގެ މަގާމުތަކަށް ޓީމުތައް ކަނޑައެޅުމަށް ޝަރުތުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެލްއެފްޕީގެ ވިސްނުން ހުރީ ލީގު ކެންސަލްކޮށް، އެއްވަނައިގައި އޮތް ޕީއެސްޖީ އަށް ޗެމްޕިއަންކަން ދިނުމަށެވެ. އެޓީމު އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 68 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ލިޔޯންގެ ރައީސް ޖޯން-މިޗޭލް އޯލަސް ދިދާޅުވީ ޔުއެފާ އިން އަންގަފައި އޮތީ އޯގަސްޓް ދެވަނަ ދުވަހުގެ ކުރިން ލީގުތައް ނިންމުމަށް ކަމަށާއި، އެހެންކަމުން ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހު ލީގު ނިންމުމަކީ ހުރިހާ ޓީމަކަށްވެސް އެންމެ ހަމަހަމަވާނެ ގޮތް ކަމަށެވެ. އެހެންކަމުން ސަޕޯޓަރުން ނުވައްދައި ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހު މަގާމުތައް ކަނޑައަޅަން އޭނާ ވަނީ ގޮވާލައްވާފައެވެ.

މިހާރު އޮތް ގޮތުންނަމަ އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ޕީއެސްޖީ، މާސޭ އަދި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާނީ ލިލް، ރެއިމްސް އަދި ނީސް އެވެ. އެގޮތަށް އެލްއެފްޕީ އިން ނިންމައިފިނަމަ، މިއީ 1997 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތަކުން ލިޔޯން އަށް ފުރުސަތު ނުލިބޭނެ ފުރަތަމަ ފަހަރެވެ.

ފްރެންޗު ލީގު ކެންސަލް ކުރަން ޖެހުނުއިރު، ޔުއެފާ އިން ވަނީ މި ފަހަރުގެ ސީޒަނާ މެދު ގައުމުތަކުން އަމަލުކުރާ ގޮތެއް ފައިނަލްކޮށް މެއި މަހުގެ 25 ގެ ކުރިން އެ ފެޑެރޭޝަނަށް އަންގަން ބުނެފައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

19 މާރިޗު 2017

މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

19 މާރިޗު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް