ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: ޙައްޖުގެ އިންތިޒާމުތައް އިހަށް މަޑުޖައްސާލަން އެދެފި
ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން މި ވަގުތު ހައްޖަށްދާން ރާވަމުންދާ ފަރާތްތަކުން އެކަން މަޑުޖައްސާލަން ސައުދީއަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ފިހާރައެއް ރޭގަނޑު 11 ޖަހާއިރު ބަންދުކުރަން އަންގައިފި
އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވަނީ އަންގާފައެވެ.
އެޗްޕީއޭގެ ބަޔާނުގައި ވަނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00 އިންފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވެސް އަންގާފައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ތިން ގަަަަަޑިއިރަށް ކާފިޔު ހިންގަނީ
ބުރާސްފަތި ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
އަންގާރަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް
އިންޓަރނެޓުގެ އަގު ހެޔޮ ކުރެވުނީ ރިޔާސީ ވައުދަކާއި ގުޅިގެންނެއް ނޫން!
އިންޓަރނެޓުގެ އަގު ހެޔޮ ކުރެވުނީ ރިޔާސީ ވައުދަކާއި ގުޅިގެންނެއް ނޫން ކަމަށާއި އެއީ މި ހާލަތާއި ގުޅިގެން ގެނެވުނު ވައުދެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ ކޭސް 18 އަކީ ކޭސް 17ގެ ރޫމްމޭޓް
ރާއްޖެއިން 18 ވަނަ އަހަށް ވައިރަހަށް ޕޮޒިޓިވް ވި މީހާ އަކީ 17 ވަނަ މީހާގެ ރޫމްމޭޓް ކަމަށާއި އެދެމީހުންގެ ޓްރެވެލް ހިސްޓްރީވެސް އެއްގޮތް ކަމަށެވެ. އަދި އެދެމީހުންނަކީ ތިމާގެ މީހުން ކަމަށެވެ.
މިއީ އެއްވެސް މީހަކަށް ފަސޭހަ ހާލަތެއް ނޫން: މަބްރޫކް
ރިސޯޓު އަދި ސަފާރީތަކުގައި ތިބުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މިއީ އެއްވެސް މީހަކަށް ފަސޭހަ ހާލަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހުރިހާ ނިންމުމެއްވެސް ނިންމެނީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޑޮކްޓަރުގެ އިލްތިމާސް: އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަވާ!
އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރ ވިދާޅުވިއެވެ. ޑރ ވިދާޅުވީ ހެެލިފެލިވެ ނޫޅުމަށާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ނޫނީ ނުނުކުތުމަށެވެ.
މިމަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދޭނެ
މިމަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިއަދު ރާއްޖެއައީ ދެ ދިވެހިން. ބަލީގެ އަލާމާތްތައް ހުރި މީހާ ވެލިދޫއަށް!
މިއަދު ރާއްޖެއައީ ދެ ދިވެހިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހާ ހުރީ ވެލިދޫގައިކަމަށާއި ދެވަނަ މީހާ ދިޔައީ ބަނޑޮހަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރިހިވެލި، ދަ ޑްރީމް ހޮޓެލް މޯލްޑިވްސް މޮނީޓަރިންގެ ހާލަތުގައި
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިހިވެލި، ދަ ޑްރީމް ހޮޓެލް މޯލްޑިވްސް މޯނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ. އެއީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހެއްގެ ސާމްޕަލް ނެގުމަށްޓަކައި ކަމަށެވެ.
މިހާތަނަށް 1137 ސާމްޕަލް ނެގިފައިވޭ ސާމްޕަލް
މިހާތަނަށް 1137 ސާމްޕަލް ނެގިފައިވޭ ސާމްޕަލް
ނެގެޓިވް 1114 ސާމްޕަލް
ނަތީޖާ ޕެންޑިންގް: 5 ސާމްޕަލް
ރާއްޖޭގައި ފަރުވާދެމުންދާ އެންމެންގެ ހާލު ރަނގަޅު
ރާއްޖޭގައި ފަރުވާދެމުންދާ އެންމެންގެ ހާލު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވި
ގ. އޮލިވާ ގްރީން އަށް ވަދެ ނިކުތުން މަނާ ކުރެވުނީ މޮނިޓަރު ކުރަން ޖެހޭ މީހަކު ހުރި ތަނުން ނުބައިކޮށް މައުލޫމާތު ލިބިފައިވާތީ: އެޗްޕީއޭ
އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
އިންޑޮނީޝިއާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއެވެ
ޔޫކޭގައި ވަޒީރުންގެ މަޖިލިސް ބޭއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް
އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންގެ ކެބިނެޓު ބައްދަލުވުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފިއެވެ.
ކޮވިޑް-19: އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފި
ކޮރޯނާވައިރަސްގެ ސަބަބުން އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ 141 މީހަކު އެގައުމުން މަރުވެފައެވެ.
އެޗްޑީސީގެ ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ލުޔެއް ދީފި
ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފްލެޓްތަކަށް ފައިސާދައްކާ ފަރާތްތަކަށް ލުޔެއް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.
ރައީސްގެ އެދިލެއްވުމަށް ދިރާގުން އިޖާބަދީ، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ލުޔެއް ގެނެސްފި
ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ދިރާގުން ނިންމައިފިއެވެ.
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުވާނެ!
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތައް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް ސޯލިހް ކުންފުނިތަކަށް ހުށަހަޅައިފި
ރައީސް އޮފީހުން ބުނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކަށް ވީހިނދު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރއެއް
ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރ އެއް އިއުލާންކޮށްފި އެވެ.
އުރީދޫން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައިކަމަށެވެ. މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މުޒާހަރާ ކުރަނީ!
ހުޅުމާލޭގެ ސަފާރީތަކުގައި ތިބި ފަރާތްތައް ޖެޓީ ކައިރިއަށް ޑިންގީތަކުގައި އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ.
ހުޅުމާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން ޑިންގީއެއްގައި އައިސް ބަނދަރުމަތީގައި މުޒާހަރާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައި، މޯލްޑިވިސް ޕޮލިސް ސަރވިސް އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާކުރަމުން ދާކަމަށެވެ. ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފައެވެ.
ކޮވިޑް-19: ބެލަރުސް އިން ފުރަތަމަ ފަހަރަށް މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ
ބެލަރުސް އިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
ބެލަރުސްގެ ރައީސް އެލެކްޒޭޭންޑަރ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުްނދިޔަ މީހަކު ވަނީ މަރުވެފައެވެ. އަދި މިއީ މި ވައިރަސް ޖެހިގެން މަރުވި ފުރަތަމަ މީހާ ކަމަށެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓުކުރާ ގޮތުގައި މަރުވެފައިވަނީ ބެލަރުސްގެ 75 އަހަރުގެ އެކްޓަރެކެވެ. އަދި އެމީހާ އަކީ އެހެން ބަލި ތަކަށް ވެސް މީގެކުރިން ފަރުވާހޯދަމުން ދިޔަ މީހެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ އެމީހާގެ އަންހެނުންނާއި ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށެވެ.
ރައީސް އެލެކްޒޭޭންޑަރ ވިދާޅުވިގޮތުގައި އެމީހާއަކީ ނިއުމޯނިއާގެ ސިވިއަރ ކޭސްއެއް ކަމަށާއި އެމީހާ އޮތީ މަރުވުމާ ހަމަޔަށް ވެންޓިލޭޓަރު ގައި ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް!
މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
އަންގާރު ދުވަހުގެ 17:00 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 801،398 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 38،869 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 174،576 ގައެވެ.
މި ބަލި ދުނިޔޭގެ 204 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 164،670 މީހުންނަށް މި ބަލި ޖެހިފައިވާއިރު 3،180 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 5،945 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 101،991 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 11،660 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 14،620 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ތިންވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 94،417 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 8،189 މީހުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 19،259 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ޗައިނާއިން މިހާތަނަށް 81،524 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 76،060 މީހުން ވަނީ ބަލި އެއްކޮށް ފަސޭހަވެ، ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،305 މީހުން ވަނީ ބަލީގައި މަރުވެފައެވެ.
ކޮވިޑް-19 ގެ ބިރަށް ބިދޭސީން އެތެރެކުރުން އިންޑޮނޭޝިޔާއިން މަނާކުރަނީ
ކޮވިޑް-19 ގެ ނުރައްކާބޮޑުވަމުންދާތީ އިންޑޮނޭޝިޔާއަށް ބިދޭސީން ވަނުން މަނާކުރުމަށް އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
"ލޮކް ޑައުން" ގެ ޙާލަތު ވަރުގަދަކުރަން ޖެހިދާނެކަމުގެ އިންޒާރު އިނގިރޭސި ސަރުކާރުން ދީފި
ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން އިނގިރޭސިވިލާތުން ވަނީ މިހިނގާ މާރޗުމަހުގެ 23 ވަނަ ދުވަހު މެދުމިނެއްގެ ލޮކްޑައުން އިޢުލާނުކޮށްފައެވެ.
ކޮވިޑް-19: ކާގޯގެ ގޮތުގައި ލަންކާއަށް ފޮނުވޭނީ ލަންކާއިން ލިބެންނެތް ޒަރޫރީ ތަކެތި: ފޮރިން މިނިސްޓްރީ
ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19: ވައިރަސްއަށް ޝައްކުކުރެވިގެން އައްޑޫން ސާމްޕަލް ނެގި 3 މީހުން ނެގެޓިވް
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އަޑޫ ސިޓީން ސާމްޕަލް ނެގި މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ކޮވިޑް-19:ވެކްސިންއެއް އުފައްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެ
ކޮވިޑް-19ގެ ވެކްސިންއެއް އުފެއްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެއެވެ.
ކޮވިޑް-19: އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފި
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު ކުރިއަށްވުރެ އިތުރުކޮށްފިއެވެ.
ކޮވިޑް-19 ގެ މައުލޫމާތު ހާމަކުރުމަށް އާދައިގެ މަތިން މެންދުރުފަހު ބާއްވާ ޕްރެސް މިއަދު ނޯންނާނެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕިއޭ) ބުނީ، އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 02:30ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ނޯންނާނެކަމަށެވެ. ދަރުބާރުގޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކޮވިޑް-19 ގެ ޓާސްކް ފޯރސްއިން މަދުވެގެން ދުވާލަަކު ދެފަހަރު ޕްރެސް ބާއްވައެވެ. ޢާންމުކޮށް ބާއްވަމުން އަންނަނީ މެންދުރުފަހު 02:30 އަދި ރޭގަނޑު 0900 ގައެވެ.
މިއަދުގެ މެންދުރުފަހު ބައްދަލުވުން ކެންސަލްކުރިނަމަވެސް ކެންސަލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން ބުނީ ދެން ޕްރެސް އޮންނާނީ މިރޭ 0900 ޖަހާއިރު ކަމަށެވެ.
ކޮވިޑް-19: ޖަޕާނުގެ މަޝްހޫރު ކޮމީޑިއަން ކެން ޝިމުރާ ވައިރަސް ޖެހިގެން މަރުވެއްޖެ
ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ހެއްވާ މަޖާ ރޯލުތަކުން މަޤުބޫލުކަން ހޯދި ޖަޕާނުގެ ކޮމީޑިއަން ކެން ޝިމުރާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
އިންޑިއާގައި ހުރި ރާއްޖޭގެ ބޭހުގެ ޝިޕްމެންޓުތައް އިންޑިއާ އަސްކަރިއްޔާގެ އެހީގައި ގެންނަނީ
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ނުގެނެވިހުރި ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި ބުރާސްފަތި ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.
ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު
ތައިލޭންޑުން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް-19: އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފި
ކޮވިޑް-19އާ ގުޅިގެން އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފިއެވެ.
ކޮވިޑް-19: މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު: މަބްރޫކް
ރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރު ކަމަށް ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
އެކި ރިސޯޓުތަކުން މުސާރަ ނުލިބޭގޮތަށް 11،000 މުވައްޒަފުން ފޮނުވާލާފައިވޭ: ޓީމް
ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.
ކޮންމެ ހަފުތާއެއްގެ އާދިއްތާ ދުވަހު ލަންކާއަށް ކާގޯފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި: ފޮރިން މިނިސްޓްރީ
ކޮންމެ ހަފުތާއެއްގެ އާދިއްތާ ދުވަހު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.
އައްޑޫސިޓީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފި
އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމުގެގޮތުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮވިޑް-19: އޮސްޓްރޭލިޔާގައި ވައިރަސް ފެތުރޭ މިންވަރު އެއްވަރެއްގަ ހިފެހެއްޓިފައި
އޮސްޓްރޭލިއާގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ވައިރަސް ފެތުރޭ މިންވަރު ދަށްކަމަށް އެޤައުމުން ރިޕޯޓުކޮށްފިއެވެ.