ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ނެޝަނަލް ހެލްތު ސާވިސަސްއަށް
އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދީފިއެވެ.
މެންޗެސްޓާ ސިޓީން ނެޝަނަލް ހެލްތު ސާވިސަސްއަށް އެ ޓީމުގެ ދަނޑު ދިނީ، މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ނެޝަނަލް ހެލްތު ސާވިސަސް އިން އެހީތެރިވުމުގެ ގޮތުންނެވެ. ސިޓީން ނެޝަނަލް ހެލްތު ސާވިސަސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކޮވިޑް-19 އިން ސަލާމަތްވަންދެން ނެޝަނަލް ހެލްތު ސާވިސަސްއަށް އިއްތިހާދު ސްޓޭޑިއަމް ބޭނުންކުރެވޭނެ އެވެ.
މާލޭގައި 17 ފަރާތެއް ހޯމް އައިސޮލޭޓް ކުރެވިފައި، 44 ފަރާތެއް ހޯމް ކަރަންޓީން ކުރެވިފައި އެބަތިބި!
ޔޫއޭއިން ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ނޫންކަން ކަށަވަރުވެއްޖެ
ރާއްޖެއަށް 70 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
ރާއްޖެއަށް 70 ވެންޓިލޭޓަރ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
874 ސާމްޕަލް ނެގެޓިވް
ލެބަށް ފޮނުވިފައިވާ ސާމްޕަލްތަކުގެ ތެރެއިން 874 ސާމްޕަލްގެ ނަތީޖާ ނެގެޓިވް
1 ސާމްޕަލްގެ ނަތީޖާ ޕެންޑިންގްގައި
ރާއްޖޭގައި ވައިރަހަށް ފަރުވާހޯދަމުންދާ މީހުންގެ ހާލު ރަނގަޅު
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ހާލު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ ރާއްޖެއިން މި ވައިރަސް ޖެހުނު 11 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާ ހޯދަމުންދަނީ 3 މީހެކެވެ. އެމީހުންގެ ހާލު ރަނގަޅެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހާލު ދެރަވި މީހާ: ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ ވެސް އުއްމީދު ކެނޑުނު!
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ގޫގްލް އިން 800 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް
ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން ބަޔަކު ކަރަންޓީނު ގަވައިދާ ޙިލާފުވި މައްސަލަ ބަލަނީ
ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރެއް ނެރެފި
ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިމިގްރޭޝަނަށް އަމުުރުކޮށްފި އެވެ.
ކޮވިޑް-19: މުސާރާ ކުޑަކުރަން ރޮނާލްޑޯ ނިންމައިފި
ޔުވެންޓަސްގެ މުސާރަ ކުޑަކުރަން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ޔުވެންޓަސްއިން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައި ނުވި ނަމަވެސް، ރޮނާލްޑޯ ވަނީ އޭނށާގެ މުސާރާއިން 3.8 މިލިއަން ޔޫރޯ މަދުކުރަން ނިންމާފައެވެ. ޔުވެންޓަސްއާއެކު ރޮނާލްޑޯއަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިތުރު ދެ މީހެއްގެ ބަލި ފަސޭހަވެއްޖެ
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހެއްގެ ބަލި ފަސޭހަވެއްޖެ ކަމަށް އެންއީއޯސީން ހާމަކޮށްފިއެވެ. މީހަރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ތިން މީހެކެވެ.
ކޮވިޑް-19: ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް
ފްރާންސްގައި ގެދޮރުނެތް މީހުންނަށް ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ މާލީ ގޮތުން އެހީތެރިވެއްޖެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެމްބާޕޭ މާލީ ގޮތުން އެހީވެފައިވަނީ އެގައުމުގެ "އައްބެ ޕިއެރޭ ފައުންޑޭޝަން" މެދުވެރިކޮށެވެ. އެ ފައުންޑޭޝަނަށް އެމްބާޕޭ ހަދިޔާކުރި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް، އެ ފައުންޑޭޝަނުން ވަނީ ގެދޮރު ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުން އެމްބާޕޭ ދީލަތި އެހީއެއް ވެފައިވާކަން ހާމަކޮށްފައެވެ.
ކޮވިޑް-19: ރެއުސްގެ މާލީ އެހީތެރިކަން ކުދި ވިޔަފާރިތަކަށް
ބޮރޫޝިއާ ޑޯޓްމުންޑުގެ ކެޕްޓަން މާކޯ ރެއުސް އާއި އޭނާގެ އާއިލާއިން ޖަރުމަންގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ގިނަ ވިޔަފާރިތައް ވަނީ އަޑިއަޅާލާފައެވެ. އެހެންކަމުން މާކޯ ރެއުސް އާއި އޭނާގެ އާއިލާއިން ވަނީ މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކުދި ވިޔަފާރިތަކަށް ފަސް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ.
ކޮވިޑް-19: ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ އެވެ.
އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހުން ރަނގަޅުވެފައިވާ ކަން ހާމަކޮށްފައެވެ. ލަމްޕާޑް ބުނީ މި ވައިރަހުގެ ސަބަބުން ކަލުމް ހަޑްސަން-އޮޑޯއި އަށް މާބޮޑު އަސަރެއް ނުކުރާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޓްރީޓޮޕް އާއި މަޝްވަރާކުރަމުން އަންނަން، އަދި އެއީ ކޮވިޑް-19 އަށް ފަރުވާދޭ މަރުކަޒެއް ނޫން: މަބްރޫކް
ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރުލް އަބްދުލްއަޒީޒް ވިދާޅުވީ އިމެޖެންސީ ހާލަތުގައި ބޭނުންކުރުމަށް ޓްރީޓޮޕް ސަރުކާރަށް ނެގުމަށް އެ ހޮސްޕިޓަލާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި އެ ހޮސްޕިޓަލުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށާއި، ނަމަވެސް މިހާތަނަ އެއީ ކޮވިޑް-19 އަށް އެއްވެސް މީހަކަށް ފަރުވާދޭ މަރުކަޒެއް ނޫން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އިމެޖެންސީ ހާލަތުގައި ޓްރީޓޮޕް ބޭނުންކުރާނަމަ އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ.
ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވި މައްސަލާގައި އަދިވެސް އަޕްޑޭޓެއް ނުލިބޭ: މަބްރޫކް
ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެ މީހާ ޕޮޒިޓިވްވިކަމަށް ޔޫއޭއީ ސަރުކާރުން ހާމަކުރުމާއެކު އެ މީހާ އާއި ގުޅޭގޮތުން މައުލޫމަތު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދިވެހި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
އިޓަލީ ދެ ފަތުރުވެރިން ފުރައިގެން ދިޔައިރު، 2 މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނޭ: މަބްރޫކް
ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ ރާއްޖެއިން ފުރައިގެން ދިޔަފަހުން، ދަތުރުމަތީގައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ދެ ފަތުރުވެރިން ފުރައިގެންދިޔައީ، އިޓަލީ ސަރުކާރުން ބޭއްވި ހާއްސަ ފްލައިޓެއްގައި ކަމަށެވެ. އަދި އެ ދެ މީހުންނަކީ 14 ދުވަސް ހަމަކޮށްފައިތިބި ދެ މީހުންކަމަށާއި، އެ މީހުން ފުރިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އަމަލުކުރަމުން އަންނަ އުސޫލުގައިވާގޮތުން އައިސޮލޭޝަންއަށް ގެންދެވޭތާ 14 ދުވަހުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަނަމަ އެ މީހުން އައިސޮލޭޝަނުން ފޮނުވާލެވޭކަމަށެވެ. އެ ދެ މީހުން ކޮވިށް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެ ދެ މީހުން ފުރައިގެން ދިޔަ ފަހުން، އެޗްޕީއަށް ލިބުނު ނަތީޖާތަކުންނެވެ.
ދިވެއްސަކު ޕޮޒިޓިވްވުމުން ގިނަ ބަޔަކު އައިސޮލޭޝަންގައި ތިބުމަށް ވަނީ އެންގިފައި: މަބްރޫކް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ގިނަ ބަޔަކު ގޭގައި މަޑުކުރުމަށް އެންގިފައިވާކަމަށެވެ. އަދި އިތުރަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދަކީ 16
ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މްބަރޫކް އަބްދުލްއަޒީޒް ވިދާޅުވީ އަދަދު 16 އަށް އެރީ އިޓަލީއަށް ފުރި 2 ފަތުރުވެރިންވެސް ހިމަނައިގެންކަމަށެވެ. އަދި އެ ދެ ފަތުރުވެރިން ފުރާފައިވަނީ މިއަދުކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް 853 ސާމްޕަލް ނެގުނުއިރު، އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. ނެގެޓިވްވެފައިވަނީ 800 ސާމްޕަލް އެވެ. އަދި ބާކީ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައެއް ނުވެ އެވެ.
ކޮވިޑް-19: ފްރާންސްގެ ޕީއެސްޖީން މާލީ އެހީތެރިކަން ފޯރުކޮށްދީފި
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ފްރާންސްގެ ޕީއެސްޖީން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޕީއެސްޖީން ވަނީ އެ ގައުމުގެ ޗެރިޓީއަކަށް އެއް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ކުޑަކުދިންނާއި، ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އިތުރަށް ގެދޮރުނެތް މީހުންނަށެވެ. މީގެ އިތުރަށް ފްރާންސްގެ ޑޮކްޓަރުންނަށްވެސް މި ފައިސާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް-19: އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް ގޮވާލައިފި
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހުއްޓިފައިވާ ކުޅިވަރު އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގޮވާލައްވައިފި އެވެ.
މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއާއެކު ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފައިވާއިރު، ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ.
ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އިނގެރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ. އަދި އެއީ 38 އަހަރުގެ ދިވެއްސެއްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި އެ މީހާ މިހާރު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގަ އެވެ. އެ މީހާ ރާއްޖެ އައިސްފައިވަނީ 22 ވަނަ ދުވަހު އެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެ މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ.
ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގައި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށްފަހު އެނބުރި އިޓަލީއަށް ދިޔަ 2 ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތުލިބިފައިވާކަމަށެވެ.
އިންޑޮނޭޝިޔާއިން އަލަށް 153 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެގައުމުން ބުނެފި
އިންޑޮނޭޝިޔާއިން އަލަށް 153 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް އެގައުމުން ވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވާ ދުވަހެވެ. މިހާތަނަށް އެގައުމުން 1,046 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި 87 މީހުންވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާއިން ދެ މީހުން މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާއިން ދެ މީހަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އެގައުމުން މިވައިރަސް ޖެހިގެން މަރުވެފައިވަނީވެސް މި ދެ މީހުންނެވެ. މިހާތަނަށް އާއިރު ސައުތު އެފްރިކާއިން މިވައިރަސް ޖެހިގެން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ރަޝިޔާއިން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަނީ
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރަޝިޔާގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ވަގުތީގޮތުން ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެތަންތަނުން ޑެލިވަަރީ ކޮށްދެވޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
ވައިރަސް ލައްކައަކަށް އެރީ 67 ދުވަހުން، ނަމަވެސް 4 ލައްކައަށް އަރަން ނެގީ 2 ދުވަސް، ސަމާލުވޭ: ޓެޑްރޯސް
10،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ޔޫރަޕްގެ ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް
ވިއެޓްނާމްގައި އެތެރޭގެ އުދުހުންތައް މަދުކޮށް އާންމުން އެއްވެ އުޅުން ދެ ހަފްތާގެ މުއްދަތަށް މަނާކޮށްފި
ވިއެޓްނާމްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެތެރޭގެ އުދުހުންތައް މަދުކޮށް އާންމު އެއްވެ އުޅުން މަނާކޮށްފި އެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މިފިޔަވަޅުތައް ތަންފީޒުކުރަމުންދާނެ ކަމަށެވެ. އެތެރޭގައި 20 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ކުރިޔަށްގެންދާ އިވެންޓްތައް ބޭއްވުން މަނާކޮށްފައިވާއިރު ބޭރުގައި 10 މީހުންނަށްވުރެ އިތުރަށް ބައިވެރިވެގެން އެއްވެސް ކަމެއް ކުރިޔަށް ނުގެންދިޔުމަށް ވަނީ ނިންމާފަ އެވެ.
އުޒްބެކިސްތާނުގެ ޑޮކްޓަރުންގެ އަގުވަޒަން ކުރުމަށް މުސާރަ ބޮޑުކޮށް، ވައިރަސް ޖެހިއްޖެ ނަމަ އިތުރު 10،000 ޑޮލަރު!
ޗައިނާއިން އިންޑޮނޭޝިޔާއަށް ސިއްހީ ސާމާނު ފޯރުކޮށްދީފި
40 ޓަނުގެ ސިއްހީ ސާމާނު ޗައިނާއިން އިންޑޮނޭޝިޔާއަށް ފޯރުކޮށްދީފި އެވެ. އިންޑޮނޭޝިޔާއިން މިހާތަނަށް އާއިރު 900 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 78 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެގައުމުގެ ރައްޔިތުންނަށް 500،000 ޓެސްޓް ކިޓް ބެހުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.
އޮސްޓްރޭލިއާއަށް އެނބުރި އަންނަ އެގައުމުގެ ހުރިހާ ރައްޔިތުން ކަރަންޓީނުކުރުމަށް އެގައުމުން ނިންމައިފި
އެހެން ގައުމުތަކުގައި ދިރިއުޅޭ އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް އައިސްފިނަމަ ހުރިހާ އެންމެންވެސް ކަރަންޓީނުކުރާ ގޮތަށް އެގައުމުން ނިންމައިފި އެވެ. އޮސްޓްރޭލިއާއިން ބުނީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މިގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި ގެތަކުގައި ސެލްފް އައިސޮލޭޝަންގައި ތިބެންޖެހޭ މީހުން އެކަން އެގޮތަށް ކުރޭތޯ ސިފައިން ކަށަވަރުކުރަމުން ގެންދާނެކަމަށްވެސް އެގައުމުން ބުނެއެވެ. އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ގައުމަށް އެނބުރި އަންނަ ހުރިހާ ރައްޔިތުން ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ގައުމަށް އެނބުރި އަންނަ ފަރާތްތަކުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާތީ މިގޮތަށް ނިންމީކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ކޮވިޑް-19: އެޗްޑީއެފްސީގެ ލޯނުތައް ދެއްކުމަށް ލުޔެއް
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ސްކީމްތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި އެވެ.
އެކަމުގެ ތަފްސީލު ހާމަކޮށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ރާވައި ކުރިޔަށް ގެންދާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން އެޗް.ޑީ.އެފްސީ އިން ވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ، އެޗް.ޑީ.އެފްސީ އަމްނާ މެދުވެރިކޮށް ހައުސިންގ ފައިނޭންސް ފެސިލިޓީ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް މަހުން މަހަށްފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19: އިންޑިޔާގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ވައިރަސްޖެހިގެން ރިޕޯޓްކުރީ ބުރާސްފަތިދުވަހު
ކޮވިޑް-19 ޖެހިގެން އިންޑިޔާއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ 75 މީހުންނެވެ. އިންޑިޔާއިން މިހާތަނަށް 724 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 17 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިޔާ ވަނީ 21 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ.
ކޮވިޑް-19: ތައިލެންޑުން އަލަށް 91 މީހަކަށް ވައިރަސް ޖެހުނުއިރު އެކަކު މަރުވެއްޖެ
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލެންޑުން އަލަށް 91 މީހަކަށް ވައިރަސް ޖެހިފައިވާއިރު އެކަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1,136 އަށް އަރާފަ އެވެ. މިހާތަނަށް އާއިރު 97 މީހަކުވަނީ އެއްކޮށް ރަނގަޅުވެގެން އެގައުމުން ދޫކޮށްލާފަ އެވެ.
ކޮވިޑް-19: ޗައިނާއިން އިއްޔެ 54 މީހުންނަށް ވައިރަސް ޖެހުނުއިރު 5 މީހުން ވުހާން އިން މަރުވި
ޗައިނާއިން ފާއިތުވި 24 ގަޑިއިރު 54 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 5 މީހުން ވުހާން އިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އާއިރު ޗައިނާއިން ވަނީ 3292 މީހުން ވައިރަސް ޖެހިގެން މަރުވެފަ އެވެ. ބުރާސްފަތި ދުވަހު ބެއިޖިންގ އިން ވަނީ ބޭރުން އަންނަ މީހުން އެގައުމަށް ވަނުން ވަގުތީގޮތުން މަނާކޮށްފަ އެވެ.
ކޮވިޑް-19:ވައިރަސް ޖެހުނު މީހުންގެ އަދަދު ބައިމިލިއަނަށް، އެންމެގިނަ މީހުންނަށް ޖެހިފައިވަނީ އެމެރިކާއިން
ކޮވިޑް-19 މިހާތަނަށް އާއިރު ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.
އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 532,224 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 24,087 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިކޯޑް ކުރަމުންދަނީ އެމެރިކާއިންނެވެ. އެއީ 85,594 މީހުންނެވެ. އެމެރިކާއިން މިހާތަނަށް މިވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 1,300 މީހުންނެވެ.
އެއްވެސް ސަރަހައްދެއްގެ ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އިރުޝާދު ދީފައެއްނުވާނެ: އެޗްޕީއޭ
މާލެ ސިޓީ ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އަންގާފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން އިލްތިމާސްކޮށްފިއެވެ.