Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

02 އެޕްރީލު 2020 | 08:52

ފްރީ ޓްރޭޑް އެގްރީމެންޓްއަކީ ބުއްދިވެރިކަމެއް ކަމަށް ނުދެކެން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓްއަކީ ބުއްދިވެރިކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ އެއްވެސް އިރެއްގަިއ ބުއްދިވެރިކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށާއި، ފްރީ ޓްރޭޑް އެގްރީމެންޓް ޗައިނާ ފަދަ ޤައުމަކާއެކު، ހެދުން ރަނގަޅުވެސް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

02 އެޕްރީލު 2020 | 08:48

އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް އަރުވަނީ

ރައްޖޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ދަތިތަކާއި ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދިރާސާތަކެއް ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް އަރުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމެޓީތަކުން މިހާރު ދިރާސާތަކެއް ހަދަމުން އަންނަ ކަމަށެވެ. އަދި އެ ދިރާސާތަކަށްފަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް ރައްޔިތުންގެ މަޖިލީހުން އަރުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

02 އެޕްރީލު 2020 | 08:44

ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށަށް ދާނެ، އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މި ދަނޑިވަޅުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިން ދެން ރާއްޖެ އަންނަން ފަށާނެ ދުވަހެއް ލަފާކުރުމާއި، އިޤްތިސާދު ކުރިއަރަން ފަށާނެ ދުވަސް ލަފާކުރުން ފަދަ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި ކުރާ މަސައްކަތާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުން ލަފައެއް އެރުވޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށަށް ދާނެކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާނެކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދައްޗެއްކަން ގަބުލުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

02 އެޕްރީލު 2020 | 07:38

ތަކެތި ހައްދަވާ، އަޅުގަނޑުމެން ގަންނާނަން: އަމްރު

އެސްޓީއޯގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ތަކެތި ހެއްދުމުގެ ކުރިން އެ ތަކެތި ގަންނާނެ އަގު އެސްޓީއޯ އިން ހާމަކުރާނެ ކަމަށެވެ. އޭރުން ދަނޑުވެރިން ތަކެތި ހައްދާއިރު، ލިބޭނެ އާމްދަނީވެސް އެނގެން އޮންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ހުރިހާ ތަކެތި އެސްޓީއޯ އިން ގަންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

02 އެޕްރީލު 2020 | 07:29

ދަނޑުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަން: މިނިސްޓަރ ޒަހާ

އެސްޓީއޯގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ ދަނޑުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި ދަނޑުވެރިންނަށްކުރާ އިލްތިމާސްއަކީ އުފައްދާ އުފެއްދުންތައް އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން އަންނަ ފަލަމަޑީގެ ބާވަތްތައް އުފައްދާ އުފެއްދުން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަނޑުވެރިން ވިއްކާ އެއްޗެހި ގަތުންކަމަށެވެ. އަދި ދަނޑުވެރިންނަށް މެދުކެނޑުމެއް ނެތި އާމްދަނީ ލިބޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

02 އެޕްރީލު 2020 | 06:20

ބައިނަލްއަގްވާމީ މޫސުމީ ސަމިޓް ''ކޮފް26'' އަންނަ އަހަރަށް ފަސްކޮށްފި

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް 26) ފަސްކޮށްފިއެވެ.

އިންޑެޕެންޑެންޓް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިސަމިޓް ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން 2021 ވަނަ އަހަރަށެވެ.

އ.ދ.އިން ބާއްވާ މިސަމިޓްގައި 30،000 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެކިގައުމުތަކުގެ އިސްވެރިން ބައިވެރިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބޭއްވޭ އެންމެ ބޮޑު އެއްސަމިޓްގައި ކަނޑު ލޮނުގަނޑު އުފުލުމާއި، ދުނިޔެ ހޫނުވުމާއި، އަދިވެސް ދުނިޔެއަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި ތިމާވެށި ހިމާޔަތްކޮށް މިކަންކަމަށް ހައްލު ހޯދުމާ ގުޅޭ ގޮތުން މަޝްވާރާ ކުރެވޭނެއެވެ.

02 އެޕްރީލު 2020 | 06:19

ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަންއަށް ހައްލެން ލިބެންޖެހޭ: އަކްރަމް

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަންއަށް ހައްލެން ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

މިމައްސަލައާ ގުޅިގެން އަކްރަމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު 2020 ފަސްކުރެވިފައިވާއިރު އިންތިޚާބުގެ ކެންޑިޑޭޓުގެ ތެރެއިން ވަޒީފާތަކުގެ އުޅޭ ފަރާތްތަކުގެ ސަސްޕެންޝަނަށް ހައްލެއް ލިބެންޖެހޭ ކަމަށެވެ.

އުންމީދުކުރަނީ މަޖިލީހުން ގާނޫނު ފާސްވާއިރު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

02 އެޕްރީލު 2020 | 05:57

ކޮވިޑް-19: އިޒްރޭލުގެ ހެލްތު މިނިސްޓަރ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިޒްރޭލުގެ ހެލްތު މިނިސްޓަރ ޔާކޯ ލިޒްމަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވަވާ މިނިސްޓަރ ޔާކޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ އަނބިކަނބަލުންވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ދެމަފިރިން އައިސޮލޭޓް ކުރައްވައި ފަރުވާ ދެމުން ގެންދަވާއިރު، ދެމަފިރިންގެ ޙާލުވެސް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.

02 އެޕްރީލު 2020 | 05:33

ކޮވިޑް-19: އެޗްއައިވީގެ ދިރާސާތައްކުރާ މަޝްހޫރު ސައިންޓިސްޓް ގީތާ ރަމްޖީވެސް މަރުވެއްޖެ

01 އެޕްރީލު 2020 | 21:10

ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގު ދެން ފަށާނީ ހާލަތު ތަންދިނުމުން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް، ހާލަތު ތަންދިނުމުން ފަށަން ނިންމައިފި އެވެ.

މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އޭޕްރީލް 30 ގެ ނިޔަލަށެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތުމުން، މުއްދަތެއް ނެތް ގޮތަށް ލީގު ފަސްކޮށްފައެވެ. އަދި ހާލަތު ތަންދިމުނުން ލީގުގެ މެޗުތައް ފަށަން ވަނީ ނިންމާފައެވެ.

01 އެޕްރީލު 2020 | 21:09

ކޮވިޑް-19: ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މީގެ ކުރިން ޔުއެފާއިން ވަނީ މި ދެ މުބާރަތުގެ ފައިނަލް މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ.

ބުދަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ.

01 އެޕްރީލު 2020 | 21:08

ކޮވިޑް-19: ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ނިންމައިފި އެވެ.

މި މުބާރާތް ކެންސަލް ކުރަން ނިންމީ މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑުގެ ބޯޑް މެމްބަރުން ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ.

01 އެޕްރީލު 2020 | 17:08

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް!

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ބުދަ ދުވަހުގެ 22:15 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 905،668 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 45،436 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 191،524 ގައެވެ.

މި ބަލި ދުނިޔޭގެ 206 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 200،289 މީހުންނަށް މި ބަލި ޖެހިފައިވާއިރު 4،394 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 8،745 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 110،574 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 13،155 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 16،847 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

01 އެޕްރީލު 2020 | 17:06

އެހީތެރިވަނީ ބީއެމްއެލްގެ ކެޕޭސިޓީ ހުރި މިންވަރު ބެލުމަށްފަހު: ބީއެމްއެލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން ސައީދު ވިދާޅުވީ އިޤްތިސާދީގޮތުން މި ނާޒިކު ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކަމެއްދެނީ ބީއެމްއެލްގެ ކެޕޭސިޓީއަށްކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދެމުންގެންދަނީ ބީއެމްއެލްގެ ކެޕޭސިޓީއަށް ބެލުމަށްފަހުގައިކަމަށް ސައީދު ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:36

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަންޖެހޭ ހާލަތެއްގައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނަން: މިނިސްޓަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:32

އޭޕްރީލް މަހުން ފެށިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސް ދޭނަން: މިނިސްޓަަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން 3 މަސް ދުވަހަށް އެލަވަންސްއެއް ދޭނެ ކަމަށެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެ އެލަވަންސްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:26

ހަވީރުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭނަމަ ފިޔަވަޅު އަޅާ، ޖޫރިމަނާކުރާނަން: ފުލުހުން

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ނަސޭހަތް ދިނުމަށްފަހު، ތަކުރާރުކުރާނަމަ، ޖޫރިމަނާކުރާނެކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުއްދަ އޮންނަ ފަރާތްތަކަށް ފުލުހުން ހާއްސަ ސްޓިކާއެއް ދޫކުރަމުންގެންދާނެ ކަމަށެވެ. އެ ސްޓިކާ ނެތްނަމަ ފިޔަވަޅުއަޅާނެކަމަށް ފުލުހުން ބުންޏެވެ.

01 އެޕްރީލު 2020 | 16:22

19 މާރޗުގެ ކުރިން ބޭންކުން ލޯން ނަގާފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ، މާދަމާ ފުރުސަތު ހުޅުވާލާނަން: ބީއެމްއެލް

ދަރުބާރު ގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބީއެމްއެލްގެ ފަރާތުން ލޯނުތަކަށް ފައިސާ ދެއްކުން ފަސްކުރުމަށް ހުޅުވަލާ ފުރުސަތުގައި 19 މާރޗުގެ ކުރިން ބޭންކުން ލޯން ނަގާފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މާދަމާ އެ ފުރުސަތު ހުޅުވާލާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ފުރުސަތުގެ ދަށުން ފުރަތަމަ 6 މަސް ދުވަހު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި 2 ވަނަ 6 މަސް ދުވަހު ދައްކަވަންޖެހޭނީ 20 އިންސައްތަ މަދުން ކަމަށް ސައީދު ވިދާޅުވި އެވެ. އެޔަށްފަހު އަލުން ލޯން ދައްކަން ފަށާއިރު، 2 ކަމެއް ލުއިކޮށްދިނުމަށް ހަމަޖައްސާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:17

ރާއްޖޭގެ ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ވިއްކޭނެ ގޮތް ހަދައިދޭނަން: ފިނޭންސް މިނިސްޓަރ

ދަރުބާރު ގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑިޕީގެ ވައުދެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:14

12 ބިލިއަންގެ ޑެފިސިޓެއް އަންނާނެ: މިނިސްޓަރ އަމީރު

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށެވެ. އަދި ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށާއި، ޓޫރިސްޓް އެރައިވަލްވެސް ދަށަށްދާނެ ކަމަށެވެ. އެގޮތުން ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓް ތައްޔާރުކުރިއިރު، އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު ލަފާކުރެވޭގޮތުގައި އެ އަދަދުން 12 ބިލިއަން ޑެފިސިޓެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

01 އެޕްރީލު 2020 | 16:10

ކަރަންޓީން ފެސިލިޓީތަކުގައި ކެބިނެޓް ވަޒީރުންގެ އާއިލާ މެމްބަރުންވެސް އެބަތިބި: މަބްރޫކް

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި، އެހެނިހެން ބޭފުޅުންގެ އާއިލީ މެމްބަރުންވެސް ކަރަންޓިން ފެސިލިޓީތަކުގައި ތިބިކަމަށެވެ.

01 އެޕްރީލު 2020 | 13:42

ކޮވިޑް-19: ރެއިނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް، 25 މިނެޓު ވަންދެން ނޭވާ ނުލެވުން

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ސްޕެއިންގެ ގޯލްކީޕަރު ޕެޕޭ ރެއިނާ، އޭނާގެ ހާލު ކިޔައިދީފިއެވެ.

ރެއިނާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެންމެ ފުރަތަމަ އޭނާގެ ހާލު ވަރަށް ގޯސްވި ކަމަށެވެ. އެގޮތުން 25 މިނެޓު ވަންދެން ނޭވާވެސް ނުލެވުނު ކަމަށާއި، އެ ވަގުތުތަކަކީ އޭނާގެ ހަޔާތުގައި ތަހައްމަލު ކުރަން ޖެހުނު އެންމެ އުނދަގޫ އެއް ވަގުތުތައް ކަމަށް ވަނީ ބުނެފައެވެ. އެކަމަކު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ރެއިނާ ވަނީ ބުނެފައެވެ.

01 އެޕްރީލު 2020 | 13:09

ކޮވިޑް-19: ފުލުހުންގެ ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް އެކުލަވައިލައިފި

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2020 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމެވެ.

މީގެ އިތުރުން، "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ އުސޫލު" އެކުލަވާލުމަށްފަހު 2020 އޭޕްރިލް 1 ވަނަ ދުވަހު ކޮމިޝަަނަރ އޮފް ޕޮލިސް ވަނީ ފުލުހުންނަށް މި އުސޫލު އާއްމު ކުރައްވާފައެވެ. އަދި 2020 މާރިޗު 19 ވަނަ ދުވަހު "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި" އަދި 2020 މާރިޗު 23 ވަނަ ދުވަހު "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު" ކޮމިޝަނަރ އޮފް ޕޮލިސް އާއްމުކުރައްވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

01 އެޕްރީލު 2020 | 12:20

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު #ކޮވިޑް19 އަށް ޓެސްޓު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓް ކުރައްވައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތެއް ކަަރަންޓީނުކޮށް ޓެސްޓް ހެދުމަށް ނިންމާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވުމާއި ގުޅިގެން އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓްކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކޮވިޑް-19 ހުރިތޯ ބެލުމަށް ޓެސްޓުކުރައްވާފައިވަނީ ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ހުންނެވިކަމަށް މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި 4 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު އެގައުމުން މިދިޔަ މަހު ރާއްޖެ އައި މީހުން އެވައިރަސްއަށް ޓެސްޓް ނުކުރާތީ އަދި ކަރަންޓީންގައި ނުބައިތިއްބާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން މިހާރު ވަނީ މަރޗް މަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ނިންމާފަ އެވެ.

01 އެޕްރީލު 2020 | 10:57

ޔޫކޭ އިން އައި އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

01 އެޕްރީލު 2020 | 10:36

ސްޕެއިންގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި އެވެ. އެގައުމުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު 102,136 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި 864 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ. އަދި އަލަށް ސްޕެއިނުން 9,053 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

01 އެޕްރީލު 2020 | 10:22

ކޮވިޑް-19 : މާލެސިޓީ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް އާންމުކޮށް އިއުލާންކޮށްފައެވެ. އެހެންކަމުން މާދަމާއިން ފެށިގެން މާލޭ ލޯކަލްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި، މވިލިމާލެ ލޯކަލް މާރުކޭޓުން ޚިދުމަތް ދޭނީ ހެނދުނު ހަޔަކުން ހަވީރު ހަތަރެއް ޖަހަންދެންނެވެ.

01 އެޕްރީލު 2020 | 09:37

ކޮވިޑް-19: ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކުރަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑް އިން ބުނެފި އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ. ދާދި ފަހުން ޖަރުމަންގެ ޓެނިސް ފެޑެރޭޝަންގެ ނައިބު ރައީސް ޑާކް ހޯޑޯފް ވަނީ މިއަހަރި ވިމްބަލްޑަން ނޯންނާނެ ކަމަށާއި މި މުބާރާތް ކެންސަލްކުރިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

01 އެޕްރީލު 2020 | 09:25

މާލޭގައި ފިހާރަތައް ހިންގާ ފަރާތްތަކަށާއި އިމާރާތްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމަށާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާންމުކޮށް މިހާރު އިޢުލާނުކޮށްފައެވެ. އަދި މިކަން ތަންފީޒުކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް އެއޭޖެންސީން ވަނީ އަންގާފައެވެ.

01 އެޕްރީލު 2020 | 08:52

ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ރިހާނާއާއި ޖޭ-ޒީ 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް މާލީގޮތުން އެހީތެރިވުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރެހާނާއާއި، ރެޕަ ޖޭއި ޒީ ނިންމައިފިއެވެ.

01 އެޕްރީލު 2020 | 08:51

ދަނާލްތަކުގައި ތިބި ދަރިވަރުންގެ 2 މަހުގެ ފީ މައާފުކޮށް ދީފި

ދަނާލް ތަކުގައި ތިބި ދަރިވަރުންގެ ދެ މަހުގެ ފީ މަޢާފްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ނިންމައިފިއެވެ.

01 އެޕްރީލު 2020 | 08:50

ރިސޯޓުތަކުގެ މުވައްޒަފުން ކަނޑަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބެލުމަށް ހުށަހަޅައިފި

ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކެނޑުމާއި މުސާރަ ނުލިބޭގޮތަށް ފޮނުވާލަމުންދާ (ނޯޕޭ ލީވް) މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިފިއެވެ.

01 އެޕްރީލު 2020 | 08:50

އެއް ލައްކައާއި ދެލައްކައާ ދެމެދުގެ އަދަދަކަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން މީހުން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކޮށްފި

މިހާރު އެމެރިކާގައި އެކުލަވާލާފައިވާ "ސޯޝަލް ޑިސްޓޭންސިންގ" ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް އެމެރިކާއިން 100،000 (އެއްލައްކަ) އާއި 240،000(ދެ ލައްކަ ސާޅީސް ހާސް) އާ ދެމެދުގެ ޢަދަދަކަށް މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކުރާކަމަށް ބުނެފިއެވެ.

01 އެޕްރީލު 2020 | 07:44

ކޮވިޑް-19: އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ އެވެ.

ޑިއޫފް ނިޔާވިކަން މާސޭއިން ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 68 އަހަރުގެ ޑިއޫފް ނިޔާވީ ކޮވިޑް-19 ޖެހިގެން އޭނާގެ އުފަން ގައުމު ކަމަށްވާ ސެނެގާލްގެ ހޮސްޕިޓަލަކު ފަރުވާދެމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑިއޫފްގެ ހާލު ގޯސްވުމުން އިތުރު ފަރުވާއަށް އޭނާ ފްރާންސަށް ގެންދިޔުމަށް މަސައްކަތްކުރިއެވެ. އެކަމަކު އޭގެކުރިން އޭނާ ވަނީ ނިޔާވެފައެވެ.

01 އެޕްރީލު 2020 | 07:13

ޕަބްލިކް ހެލްތުން އެދޭނަމަ މިހުރީ ޓެސްޓް ކުރަން ވަރަށް ބޮޑަށް ތައްޔާރަށް: ރައީސް ނަޝީދު

މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވާނެ ކަަމަށާއި އެހެންކަމުން ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް މިހުރީ ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

01 އެޕްރީލު 2020 | 07:10

ކޮވިޑް-19: އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި ފެންވަރުގައި ފިޔަވަޅުތައް އަޅަމުންދާއިރު، މިކަންކަން ތަންފީޒުކުރުމުގައި ބައެއް މީހުން ވަނީ ފޭލިވެފައެވެ. ރައްކާތެރިވުމަށް ޞިއްޙީ މާހިރުންދޭ އިރުޝާދުތަކައް އިޖާބަނުދީ ހިތުހުރިގޮތަކައް އެއް ބަޔަކު މި މުޖުތަމަޢުގައި އުޅެމުން އެބަދެއެވެ. މި ވަގުތު އިސްކަންދޭންވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

01 އެޕްރީލު 2020 | 06:13

އެމްއައިބީން ލޯނުނަގާފައިވާ ފަރާތްތަކުގެ ސަމާލުކަމަށް

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާންކޮށްފައިވާ ސަޕޯރޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމަރުންނަށް އެކަށައަޅާފައިވާ އުޞޫލުތައް ހާމަކޮށްފި އެވެ.

01 އެޕްރީލު 2020 | 04:48

ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ދުނިޔެއިން 73 ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފާއިތުވި 24 ގަޑިއިރު މުޅި ދުނިޔެއިން 73,718 މީހުންނަށް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

01 އެޕްރީލު 2020 | 04:47

ކޮވިޑް-19: ޖޭއެސްސީގެ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަަސައްކަތް ކުރުމުގެ ފުރުޞަތު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

01 އެޕްރީލު 2020 | 02:59

މަޖިލިސް ރައީސް ހުންނެވީ ކޮވިޑް-19 އަށް ޓެސްޓްކުރައްވަން ތައްޔާރަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑާއިގަންނަވާ ގޮތަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

62 / 81