Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ރައީސްގެ އެންގެވުމަށް އިންޓެލިޖެންސް އޮޑިޓެއް ހަދަން ފަށައިފި

މިހާރަށްވުރެ ރަނގަޅަށް ސެކިއުރިޓީ އޮންނަންޖެހޭކަން ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 16:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެންގެވުމަށް ގައުމީ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށަފައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސް ސާލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވެފައިވަނީ، އިންޓެލިޖެންސާ ހިސާބަށް އެ ހަމަލާގެ މައުލޫމާތު ތިލަވެގެން ނުދިޔަ ސަބަބާއި، އެކަން ނޭނގި އޮތީ ކީއްވެގެންތޯ ސާފު ކުރައްވާފައިވާކަަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މި ހުރިހާ އެއްޗެއް ބެލުމަށްފަހު، އިންޓެލިޖެންސް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމާއި، ސެކިއުރިޓީވެސް މިހާރަށްވުރެ ރަނގަޅަށް އޮންނަންޖެހޭކަން ފާހަގަ ކުރެއްވުނު ކަމަށެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ އެންގެވުމަށް ގައުމީ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަން ކުރަމުންދަނީ ރައީސް އޮފީހާއި ބަންޑާރަނާއިބުގެ އޮފީހުގެ ޓީމަކުން ގުޅިގެންކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ. މަބްރޫކު ވިދާޅުވީ، އެ ޓީމުގެ ހޯދުންތައް ހިއްސާކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ޓެރަރިސްތް ހަމަލާރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު