Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ޙަމަލާގެ ޝަރީއަތް

މެއި 6 ޙަމަލާ: ނަޝީދަށް ސެކިއުރިޓީ ދިން ފަރާތެއްގެ ހެކިބަސް ނަގައިފި

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ކުރީގެ ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ޙަރަކާތްތެރިވި އޮފިސަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މެއި 2023 | އަންގާރަ 07:10
ކުރީގެ ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ކުރީގެ ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓު ހޯދުމަށް އިސްހާގުގެ ވަކީލުން ވަނީ އެދިފައެވެ. އެ ރިޕޯޓު ލިބެންދެން ހެކިބަސް ނެގުން މަޑުޖައްސާލުމަށް އިސްހާގުގެ ދިފާއީ ވަކީލު އެދިލެއްވިއެވެ.

އެހެންނަމަވެސް، އެއީ ޝަރީއަތް ފެށުމުގެ ކުރިންވެސް އެންގޭނެ ކަންކަންކަން ފާހަގަ ކުރައްވައި ގާޒީ ވަނީ އެ ފުރުސަތު ނުދެއްވުމަށް ނިންމަވާފައެވެ. އެގޮތުން މިހާރު ހެކިވެރިންވެސް ހާޒިރުކުރެވިފައިވާއިރު، ހެކިބަސްތަކާއި ގުޅޭގޮތުން އިތުރު ކަމެއް ފާހަގަ ކުރައްވަން ބޭނުންނަމަ ފަހުން ލިއުމުން ހުށައެޅުމުން އެ ހެކިވެރިން އަލުން ހާޒިރު ކޮށްދޭން ޖެހޭނަމަ، ކޮށްދެވިދާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ހެކިބަސް ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ޙަރަކާތްތެރިވި އޮފިސަރެކެވެ. ބޮމުގެ ޙަމަލާގެ ވަގުތުގައި އޭނާ ހުރީ ވީއަޕީ ވެހިކަލް ކައިރީގައެވެ.

އޭނާ ބުނީ، ޙަމަލާ ދިން ވަގުތު ނަޝީދު ހުރީ ކާރާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ކައިރީގައި ކަމަށެވެ. ކުއްލިއަކަށް އެއްޗެއް ގޮވިއަޑު އިވުނު ކަމަށާއި، މުޅި ތަނުގައި ދުމުގެ އަސަރު ފެންނަން ހުރިކަމަށް އޭނާ ބުންޏެވެ.

ޙާދިސާގެ ސަބަބުން އޭނާއަށްވެސް އަނިޔާވިކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެގޮތުން ކަނާއަތް އަދި ބުރަކައްޓަށް ޒަޚަމްތަކެއް ލިބުނުކަމަށް އޭނާ ބުންޏެވެ.

ބޮމުގެ ޙަމަލާ ދިނުމާއެކު ފުރަތަމަވެސް މަސައްކަތް ކުރީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށްކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުމަށްވެސް ތާވަލު ކުރެވިފައިވެއެވެ.

ނަޝީދަށް ދިން ޓެރަރިސްތް ހަމަލާކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު