Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލްގެ އަނިޔާވެރިކަން

އިސްރާއީލްގެ ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 100ން މައްޗަށް

އޭގެ ތެރޭގައި 28 ކުޑަކުދިންނާއި 11 އަންހެނުން ހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 14 މެއި 2021 | ހުކުރު 07:57
އިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވަމުން

އިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވަމުން

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާ ތަކުގައި ނިޔާވި މީހުންގެ އަދަދު 100ން މައްޗަށް ގޮސްފިއެވެ.

ފާއިތުވި ހަތަރު ދުވަސް ވަންދެން އިސްރާއިލުން މެދުނުކެނޑި ޣައްޒާއަށް ހަމަލާ ދެމުން ދާއިރު ފިތުރު އީދު ދުވަހަށް ވެސް އިސްރާއީލްގެ ހަމަލާތައް މެދުކަނޑާލާފައެއް ނުވެއެވެ.

އިސްރާއިލުން އެންމެ ފަހުން ދިން ހަމަލާގައި އަސްކަރީ މަތިންދާ ބޯޓަކުން، ހަމާސް ޖަމާއަތުގެ ހަބުރީގެ އިމާރާތެއް ބިމާ ހަމަކޮށްފައިވެއެވެ. އެއީ އާންމުން ދިރިއުޅެމުން ދިޔަ އިމާރާތެކެވެ. މިކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ގާތްގަނޑަކަށް ޣައްޒާގެ 1000 ޓާގެޓަކަށް މިހާތަނަށް އިސްރާއީލުން ހަމަލާ ދިފައި ވާކަމަށެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ، އިސްރާއީލްގެ ޢުދުވާން ތަކުގައި މިހާތަނަށް 109 މީހުން ނިޔާވެފައި ވާކަމަށެވެ. އޭގެ ތެރޭގައި 28 ކުޑަކުދިންނާއި 11 އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން 580 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވާކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

އިސްރާއީލްގެ މި ހަމަލާތަކާއެކު، ކޮވިޑް ބަލިމަޑު ކަމުގެ ސަބަބުން ބާރު ބޮޑުވެފައިވާ ޣައްޒާގެ ހޮސްޕިޓަލްތައް އިތުރަށް ތޮއްޖެހިގެން ދިޔައެވެ.

ރަމަޟާން މަހުގެ ފަހު ހަފްތާ ފެށުނީއްސުރެ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ވަނީ ހަމަނުޖެހުން އިތުރު ވެފައެވެ. އެގޮތުން މެއި މަހުގެ 7 ވަނައަށްވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ ރައްޔިތުން ވަނީ މަސްޖިދުލް އަޤްޞާގައި، އިސްރާއީލުން ހައްގަކާ ނުލާ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގޯތި ގެދޮރުން ނެރެލުމާ ދެކޮޅަށް އަޑުއުފުލާފައެވެ. މި އަޑުއުފުލުމާ ދެކޮޅަށް އިސްރާއީލްގެ ސިފައިން ވަނީ މަސްޖިދުލް އަޤްޞާގައި ނަމާދު ކުރަން ތިބި މީހުންނަށް ކަރުނަ ގޭހާއި އަތުބޮމާއި ރަބަރު އުންޑަ ބޭނުންކޮށްގެން ހަމަލާ ދީފައެވެ.

އޭގެ ދެދުވަސް ފަހުން، އަނެއްކާ ވެސް އިސްރާއީލްގެ ފުލުހުން ވަނީ މަސްޖިދުލް އަޤްޞާއަށް އެތެރެއަށް ވަދެ، އެތަނުގައި ތިބި މުސްލިމުންނަށް ހަމަލާ ދީފައެވެ. މި ހަމަލާތަކަކީ އިސްރާއީލުން ފާހަގަކުރާ ޖެރޫސަލަމް ދުވަހާ ގުޅިގެން ޔަހޫދީ ވަޒަންވެރިން ކުރިއަށް ގެންދިއުމަށް ރޭވި ޚާއްސަ ހިނގާލުމާ ދިމާކޮށް ދިން ހަމަލާތަކެކެވެ. މި ދުވަސް ފާހަގަ ކުރަނީ، މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ނުހައްގުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތްތާ އަހަރުފުރޭ ދުވަހުގެ ގޮތުގައެވެ.

މަސްޖިދުލް އަޤްޞާއަށް އިސްރާއިލުން ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާފައެވެ. މި ހަމަލާތަކަކީ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން މަސްޖިދުލް އަޤްޞާގެ ގޯތި ތެރެއިންނާއި ޝެއިޚްޖައްރާހުން އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފޭބުމަށް މުހުލަތެއް ދިނުމަށްފަހު ހަމާސްއިން ދިން ހަމަލާތަކެކެވެ.

 ހަމާސް ޖަމާއަތުގެ މި ހަމަލަތަކަށް ފަހު އިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވަމުންނެވެ.

ފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު