Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޮޅުވާލައިގެން ޕާޓީ ގްރަގްސް ދިނުން

ކައިވެންޏަށް ދިޔައީ ތައްޔާރުވަމުން، ބައިވެރިޔާ ނަގާލީ ''އިއްފަތްތެރިކަން''

އޮޅުވާލައިގެން ޕާޓީ ޑްރަގްސް ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2021 | ހުކުރު 10:31
އަނިޔާއާ ދެކޮޅަށް އަންހެނަކު އަތް ނަގައިގެން،

އަނިޔާއާ ދެކޮޅަށް އަންހެނަކު އަތް ނަގައިގެން،

މަރިޔަމް މާޝާ (އަސްލު ނަމެއް ނޫން) ކައިވެނިކުރަން ތައްޔާރުވަމުންދިޔަ ލޯބިވެރިޔާއާއި، ގާތް ރައްޓެހިންނާއެކު ދަތުރެއް ދިޔައީ ފުރަމާލޭގެ ކާރޫބާރު ބޮޑު މާހައުލުން ދުރަށް ގޮސް ބޯހަމަޖައްސާލާށެވެ. މާލެ ކައިރި ރަށަކަށް ދިޔައީ ދެދުވަހަށެވެ. ދަތުރު ފެށީ ވަރަށް އުފާވެރިކޮށެވެ. ދަތުރު ނިންމާލާފައި މާލެ އައީ ވެސް އެހާ ހިތްހަމަޖެހިގެންނެވެ. ނަމަވެސް މިދަތުރުވެގެން ދިޔައީ، ގޮތް ނޭނގޭ އަނދަވަޅަކަށް މާޝާ ވައްޓާލި ފާލަމަކަށެވެ.

ދެ ދުވަހުގެ ދަތުރަށްފަހު ވަރުބަލިވެފައި ހުރުމާއެކު މާޝާ ނިދަން އޮށޯތީ ގޭތެރޭގައި އާއިލާ މީހުންނާއެކު ވެސް ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހުއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ މުޅި އާއިލާއަށް ބިރުވެރިކަމާއި ނުތަވަސްކަން ކުރިމަތިވިއެވެ. ނިދީގައި މާޝާއަށް ފްލެޝް ބެކްވެ، ހުރިހާ ކަމެއް ހަނދާނަށް އައެވެ. ދަތުރުމަތީގައި ވީ ހުރިހާ ކަމެއް ހުވަފެނެއްގެ ސިފައިގައި މާޝާއަށް އިރުއިރުކޮޅާ ފެންނަނީއެވެ. އެވާހަކަތައް ހިއްސާކުރާނެ ގޮތެއް މާޝާއަށް ނޭނގެއެވެ. ރޮއެރޮއެފައި ހަޅޭއްލަވަނީ ސަލާމަތްވާން ބޭނުންވެގެންނެއެވެ. ނަމަވެސް މާޝާއަށް ވެގެން މިއުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ.

އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ޝިފާއެއް ހޯދައި ދިނުމަށްޓަކައި މާޝާގެ މައިންބަފައިން ކެއިންބުއިމާއި ނިދުން ދޫކޮށްލިއެވެ. ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދިޔައީ މާޝާއަށް ފަރުވާ ހޯދައިދީ ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އެތައް ޑޮކްޓަރުންނަކަށް ދެއްކިއެވެ. ގިނަ ބޭސްތައް ކާންދިނެއެވެ. ނަމަވެސް މާޝާއަށް ނިދީގައި އޮވެ ސިއްސައިގެން ދިއުމާއި، އެވަމުންދާ ގޮތްތަކަކަށް ބަދަލެއް ނާދެއެވެ. އެންމެފަހުން އެއީ ޖިންނީގެ ކަމަކަށް ބަލައި ރުޤްޔާ ވެސް ކިޔެވީއެވެ. އެތައް ގޮތަކުން ފަރުވާ ދިން ނަމަވެސް މާޝާގެ ހާލަތަށް މާ ބޮޑު ބަދަލެއް ނައެވެ. ގޮތް ހުސްވެފައިވާ މައިންބަފައިންނަށް އުންމީދު ލިބިގެންދިޔައީ މިކޭސް ޖަރނީއަށް އައުމާއެކުއެވެ. ޖަރނީން މާޝާއަށް ނަފްސާނީ ޑޮކްޓަރަށް ދައްކާ ފަރުވާ ދިނެއެވެ.

މިފަރުވާގެ ތެރެއިން އެނގިގެން ދިޔައީ މާޝާއަށް ކުރިމަތިވެފައި ހުރީ ބޮޑު ޓްރޯމާއަކާ ކަމަށެވެ. ނަފްސާނީ ބައްޔަށް ދެތިން މަހަކު ފަރުވާ ދިނުމަށްފަހު މިހާރު މާޝާ ހުރީ އެއްކޮށް ރަނގަޅު ވެފައެވެ. ނަމަވެސް ފަރުވާ ނުދެވި ލަސްވެގެންދިޔަނަމަ މުޅި އުމުރު ދުވަހު ނަފްސާނީ ބަލީގެ ޝިކާރައަށް ވެގެންދާނެއެވެ.

ދަތުރުގައި މާޝާއަށް ނޭނގި ހުރީ ޕާޓީ ޑްރަގް ދީފައެވެ. އެއީ ކޮންކަހަލަ ޑްރަގެއް ކަމެއް ނޭނގެއެވެ. އެޑްރަގް ދިނުމަށްފަހު އޭނާ ކައިވެނި ކުރަން އުޅުނު ފިރިހެން މިހާގެ އިތުރުން ގާތް ރައްޓެހިން ވަނީ މާޝާ ރޭޕްކޮށްފައެވެ. ދީފައި ހުރި ޕާޓީ ޑްރަގެއްގެ ސަބަބުން ވީ އެއްވެސް ކަމެއްގެ ހަނދާނެއް އޭނާ ނެތެވެ.

ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ވިދާޅުވާ ގޮތުގައި ބައެއް ފަހަރު ޕާޓީ ޑްރަގްސްތަކުގައި އެ ބޭނުން ކުރުމަށްފަހު ނުވަތަ ނޭނގި ބޭނުން ކުރެވުނު ކަމުގައި ވީ ނަމަވެސް ވާނުވާ ނޭނގި ހަނދާނެއް ނުހުންނާނެއެވެ. ނަމަވެސް ފަހުން ހުރިހާ ކަމެއް ފްލެޝް ބެކްވެ ހުރިހާ ކަމެއް ހަނދާނަށް އަންނާނެ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް ހުށަހެޅޭ މީހުންނަށް ބޭނުންވަނީ ނަފްސާނީ އެހީތެރިކަން ކަމަށާއި، އެކަން އެނގޭ މީހުން މުޖުތަމައުގައި މަދު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުން މަދުކަމާއި، ނަފްސާނީ ޑޮކްޓަރުންނަށް ދައްކާ ފަރުވާ ހޯދުން ވަރަށް ދަތިކަން އަދީބު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ނަފްސާނީ މައްސަލައެއްކަން ދެނެނުގަނެވި ފަރުވާ ލަސްވެ ނުވަތަ އެކަށީގެންވާ ފަރުވާ ނުދެވި ދިރިއުޅުން ގެއްލިފައިވާ ޒުވާނުން މިމުޖުތަމައުގައި ދިރިއުޅެމުންދާ ކަމަށެވެ.

އުފާވެރި ކައިވެންޏަކަށް މާޝާ އުންމީދު ކުރި ނަމަވެސް ކައިވެނި ކުރަން ތައްޔާރުވަމުން ދިޔަ ފިރިހެން މީހާ އޭނާގެ މުޅި ދިރިއުޅުމަށް ވިހަލީއެވެ. ހިތްހަމަ ޖައްސާލުމަށް ދިޔަ ދަތުރުން ހިތުން ނުފިލާވަރުގެ ބޮޑު ލައްގަނޑެއް ޖައްސާލީއެވެ. ނަމަވެސް މިއަދު ވެސް މާޝާއަކީ ހުރިހާ ކަމަކުން ސަލާމަތްވެ، ޒިންމާދާރު ވަޒީފާއެއްގައި ހުރި ޒުވާނެކެވެ. އެހެން ޒުވާނުންނަށް ހުރި ނަމޫނާއެކެވެ.

ނޯޓް: މިއީ ރާއްޖެޓީވީއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދިން ''އަނދިރީގައި'' ޖަރނިން ހިއްސާކޮށްފައިވާ ހަގީގީ ހާދިސާއެކެވެ.

ކަޕުލްއަނދިރީގައި

އިތުރަށް ކިޔާލަން

12 މެއި 2021

ދެމަފިރިން މަސްތުވާތަކެތި ބޭނުން ކުރުމުން ކުޑަ ދަރިފުޅުވެސް ވީ 'ސިކު'

12 މެއި 2021
ދެމަފިރިން މަސްތުވާތަކެތި ބޭނުން ކުރުމުން ކުޑަ ދަރިފުޅުވެސް ވީ 'ސިކު'
15 މާރިޗު 2021

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

15 މާރިޗު 2021
އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
10 ސެޕްޓެމްބަރު 2019

ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

10 ސެޕްޓެމްބަރު 2019
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!
04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
02 އޯގަސްޓު 2019

ކައިވެންޏަށް އެންމެ 10 ދުވަސް - މަރުގެ ބަދަލު ހޯދަން އެނބުރި ރާއްޖެއަށް!

02 އޯގަސްޓު 2019
ކައިވެންޏަށް އެންމެ 10 ދުވަސް - މަރުގެ ބަދަލު ހޯދަން އެނބުރި ރާއްޖެއަށް!
18 ޖުލައި 2018

މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!

18 ޖުލައި 2018
މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!
10 ޖޫން 2018

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!
23 މެއި 2018

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް
26 އެޕްރީލު 2018

އަސްރު ދިޔައީ ގެއްލިގެން.................

26 އެޕްރީލު 2018
އަސްރު ދިޔައީ ގެއްލިގެން.................
12 އޮކްޓޯބަރު 2017

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު