Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެސްޓްހައުސް ހަދަން ހުއްދަ ދިނުން

ރަށްރަށުގައި ގެސްޓްހައުސް ހަދަން ހުއްދަ ދިނީ 2008 ގައި މަޖިލީހުން - ރައީސް

އެކަން ވުމަށް މަގުފަހިވީ 2008 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ފާސްކުރެވުނު ގަރާރާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2023 | ހޯމަ 11:49
ރައީސް ޞާލިހް ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވަނީ

ރައީސް ޞާލިހް ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވަނީ

ރަށްރަށުގައި ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދިނީ 2008 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގަރާރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔަސީ ޕްރައިމަރީގައި ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ލޯކަލް ޓުއަރިޒަމް މާފުށި ގުރައިދޫ އަދި ގުޅީގައި ވަރަށް ފުޅާކޮށް ތަރައްގީވަމުންދާ ކަމަށެވެ. އެކަން އެހެން ހިސާބަކަށް ގެންދެވޭނީ އަސާސީ ކަންކަން ތަރައްގީކޮށްގެން، އެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިގެން ކަމަށެވެ. ލޯކަލް ޓުއަރިޒަމްއަށް އައި ބޮޑު ބަދަލު އައީ މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމުގެ ހަގީގަގަތަށް ދާއިރުގައި ކުރީގައި ރަށްރަށުގައި ގެސްޓްހައުސް ހެދުމަކީ މަނާކަމެއް ކަމަށާއި، އެކަން ކުރެވެނީ މާލޭގައި އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހުގައި ރަށްރަށުގައި ގެސްޓްހައުސްތައް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވިސްނަންޖެހޭ ކަމެއް ކަމަށާއި، އެމްޑީޕީގެ ކުރީގެ ވެރިކަމުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަން ވުމަށް މަގުފަހިވީ 2008 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ފާސްކުރެވުނު ގަރާރާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ގެސްޓްހައުސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމާއި، ލިބެންޖެހޭ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން އަދިވެސް ހުށަހަޅުއްވަމުން ގެންދަވަންވީ ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން ނިންމޭނެ ބައިވަރު ކަންކަން އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަމާއި ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަަމަށެވެ. މާފުށީގައި ހިއްކާފައި އޮތް ބިމާއި، މާފުއްޓާއި ގުޅުވާލުން، އެއީ ދެން ކުރަން އޮތް ކަންތައް ކަމަށާއި، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މާފުށީގެ ބިމާއި މާފުއްޓާއި ގުޅުވާލާ އެތަން ތަރައްގީކުރުމުގެ މަސައްކަތް ކައުންސިލުން އެދޭގޮތަށް ރައްޔިތުން އެދޭގޮތަށް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު