Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަޚަމްތަކާއެކު އޮތް މީހަކު ފެނުން

ގެސްޓްހައުސްއަކުން ޒަޚަމްތަކާއެކު ފެނުނު ޒުވާނާގެ ހާލު ދަނީ ރަނގަޅުވަމުން، މިއީ ފޭރުމުގެ މައްސަލައެއް: އާއިލާ

ޒަހަމްތަކާއެކު ގެސްޓްހައުސްއިން ފެނިފައިވަނީ އއ.ތޮއްޑޫ އުމުރުން 27 އަހަރުގެ ހަސަން މަޒުލާން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 08:17
ހަސަން މަޒްލާން، އޭނާއާއެކު ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު

ހަސަން މަޒްލާން، އޭނާއާއެކު ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު

ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަޚަމްތަކާއެކު ފެނުނު ޒުވާނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ.

ޒަހަމްތަކާއެކު ގެސްޓްހައުސް އިން ފެނިފައިވަނީ އއ.ތޮއްޑޫ އުމުރުން 27 އަހަރުގެ ހަސަން މަޒުލާނެވެ.

އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް ކިޔާ ދިން ގޮތުގައި މަޒުލާން މަސައްކަތް ކުރަމުންދަނީ ރިސޯޓުގައެވެ. އަދި ޗުއްޓީގައި މިދުވަސްކޮޅު ރަށުގައި ދިރިއުޅެމުންދާ ކަމަށެވެ. މާލެއަށް އައީ ބައެއް ޒަރޫރީ ކަންކަން ކުރުމަށް ކަމަށް ރައްޓެއްސަކާއެކު ކަމަށާއި، ހެންވޭރު ގެސްޓްހައުސް އިން ދެ ރޫމް ވަކިން ނަގައިގެން ތިބި ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް ރައްޓެހި މީހާއަށް އެއްވެސް ގޮތަކަށް މަޒްލާނަށް ގުޅޭގޮތް ނުވެ، އެކަން އާއިލާއާއި ފުލުހުންނަށް އެންގި ކަމަށެވެ.

އާއިލާއިން ބުނީ މަޒުލާނުގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ނިއްކުރި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ލޯ ވަރަށް ބޮޑަށް ނޫފާގަނެފައިވާއިރު، ލޮލުގެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ބުނެއެވެ. ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ނުލިބޭ ކަމަށާއި، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ.

މަޒުލާނަށް ހަމަލާދީފައިވާއިރު، އޭނާގެ ފޯނާއި، ފައިސާ އަދި، ޓެބް ފޭރިގަނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނީ މިއީ ފޭރުގެ މައްސަލައެއް ކަމަށާއި، ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ ބޮޑެތި ޒަހަމްތަކާއެކު ޒުވާނަކު ހޮސްޕިޓަލަށް ހޯމަ ދުވަހުގެ ހެނދުނު ގެނެސްފައިވާ ކަމަށާއި، އޭނާއަށް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ފުލުހުން ގޮސްފައިވަނީ، ހޯމަ ދުވަހު ހެންވޭރު ގެސްޓުހައުސްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާކަމަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ފުލުހުން އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަޚަމްތަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށް އެ ވަގުތު ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު