Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްްއެމްޕީއާރްސީގެ މައްސަލަ

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

12 މެއި 2021 | ބުދަ 16:55

ޚިޔާނާތައި ރިޝްވަތުގެ އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 12 މެއި 2021 | ބުދަ 16:55
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.

ޒިޔަތު އިސްތިއުފާ ދެއްވާފައި މިވަނީ، މަޖިލީހުން އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ.

ޒިޔަތުގެ އިސްތިއުފާގެ ސިޓީ މަޖިލީހަށާއި، ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. މަޖިލީހަށް އެ ސިޓީ ފޮނުވާފައި ވާކަން 'ރާއްޖެއެމްވީ' އަށް ކަށަވަރު ކޮށްދެއްވަމުން މަޖިލީހުގެ މީީޑއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ އެއިދާރާއަށް މިރޭގެ ވަގުތެއްގައި ސިޓީ ލިބިފައިވާކަމަށެވެ.

މިސިޓީގައި ޒިޔަތު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓުގައި އެފައިސާގައި ޖެހިފައިވާ ދައުލަތުގެ މިހާރުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ 119 މީހުންގެ ލިސްޓުގައި ޒިޔަތުގެ ނަން ހިމަނާފައިވާކަމަށެވެ.

"ވުމާއކު އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އެމަގާމުގައި ހުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ދައުލަތަށް ކަރާމާތާއި ގަދަރަށް އުނިކަން އަންނަ ކަމެއް ކަމަށް ދެކޭތީ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. އަދި ޚިޔާނާތައި ރިޝްވަތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ."

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން، އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި، ތަހުގީގުގެ ރިޕޯޓު އާންމުކޮށްފައި ވަނީ ބުދަދުވަހުގެ ހަވީރުއެވެ. މި ރިޕޯޓުގައި ހިމެނޭ ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓަށް އެއްވެސް އުނިއިތުރެއް ގެނައުމަކާއި ނުލައި ނެރެފައިވާ ލިސްޓެކެވެ.

އެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް