Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހިރާއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

ރޭކިންގ ގައި ހުސްވި އަހަރު ރާއްޖެ ތިން ވަނައިގައި އޮތް އިރު މި ވެއްޓުމަކީ ބޮޑު ވެއްޓުމެއް ކަމަށް ޓެލެގްރާފް އިން ބުނޭ

ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 13:57
ލިވަޕޫލް އެފްސީ އާއި އެކު މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ކެމްޕޭން ފެށުމަށް އިނގިރޭސިވިލާތަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ލިވަޕޫލް އެފްސީ އާއި އެކު މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ކެމްޕޭން ފެށުމަށް އިނގިރޭސިވިލާތަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފް ނޫހުން އަހަރަކު އެއްފަހަރު ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ މިއަހަރުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ދަށަށް ވެއްޓިއްޖެ އެވެ.

2025 ވަނަ އަހަރު ރާއްޖެ އަށް ލިބިފައިވަނީ 8 ވަނަ އެވެ.

Advertisement - newsAdvertisement

އެންމެ މަގުބޫލު ގައުމުގެ ގޮތުގައި ނިއު ޒީލެންޑް ހޮވިފައިވާއިރު، 2025 ވަނަ އަހަރުގެ ޓެލެގްރާފް ޓްރެވެލް އެވޯޑްސް ގައި ގާތްގަނޑަކަށް 20،000 ކިޔުންތެރިން ވޯޓުލީ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ރާއްޖޭގެ މަގްބޫލުކަން ވެއްޓިފައިވާ މިންވަރު ހައިރާން ކަމާ އެކު އެ ނޫހުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"ދަ ޓެލެގްރާފް ޓްރެވެލް އެވޯޑްސްގެ ފާއިތުވި ހަ އަހަރުގައި، ކިޔުންތެރިން ދިވެހިރާއްޖެ ވަނީ ދެވަނަ ނުވަތަ ތިންވަނައަށް ރޭންކު ކޮށްފައެވެ، އެއަށްވުރެ ދަށަކުން ނޫނެވެ - އެހެން ކަމުން އަށް ވަނަ އަށް ވެއްޓުމަކީ ކުރިއާ އަޅާބަލާ އިރު ވަރަށް ބޮޑު ވެއްޓުމެކެވެ."

ރާއްޖޭގެ މަގުބޫލުކަން ކިޔުންތެރިންގެ މެދުގައި ވެއްޓުމުގެ ސަބަބުތައް ހުރެދާނެ ކަން ފާހަގަ ކުރަމުން އެ ނޫހުން ބުނެފައިވަނީ ގިނަފަހަރަށް ފަތުރުވެރިން ރާއްޖެ ދެކެނީ އަގުހެޔޮ ތަނެއްގެ ގޮތުގައެއް ނޫން ކަމަށާއި، އަގުތައް އުފުލި، ޚަރަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދުބާއީ، ތައިލެންޑު، އަދި ސައޫދީ އަރަބިއްޔާ ފަދަ އަވީގެ އެހެން މަންޒިލް ތައް އިޚްތިޔާރު ކުރަނީ ކަމަށް ވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އެތަންތާނގައި ވެސް މޫދާ ކައިރީގައި ރީތި ތަންތަން ހުންނަ ކަމަށް ބުނެފައިވެއެވެ.

އަށް ވަނައިގައި ވިޔަސް، ދިވެހި ރާއްޖެ އަކީ އަދިވެސް، ގޮނޑުދޮށުގައި އަރާމު ކުރުމަށް ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ތަން ކަމަށް ނޫހުގައި ވެއެވެ. އެ ގޮތުން ރޭކިން އަށް ބަލާއިރު އަތްވާއި އާއި ދޮންވެލީގެ މަޝްހޫރު އެހެން ޤައުމެއް ފެންނަން އޮތީ 18 ވަނައިގައި އޮތް މޮރިޝަސް ކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކުރިއެކޭ ވެސް އެއް ގޮތައް ކެރިބިއަންގެ އެންމެ މަޤްބޫލު މިފަދަ މަންޒިލު ކަމުގައިވާ ބާބަޑޯސް ލިސްޓުގައި ފެންނަން އޮތީ ކުރިއެކޭ ވެސް އެއް ގޮތައް 31 ވަނައިގައި ކަން ފާހަގަ ކޮށްފައިވެއެވެ.

އިނގިރޭސި ވިލާތުގެ ދަ ޓެލެގްރާފް ނޫހުން ހޮވާ އެންމެ މަގްބޫލު މަންޒިލުތަކުގެ ލިސްޓުން ރާއްޖެ ބޮޑު ތަނުން ދަށަށް ދިޔައިރު އިނގިރޭސި މަޝްހޫރު ކްލަބް ލިވަރޕޫލް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ދެމެދު ރާއްޖެ ޕްރޮމޯޓް ކުރުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ދިވެހިރާއްޖެ އެ ކްލަބުގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލުގެ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ލިވަރޕޫލް އެފްސީ އާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން ފެށުމަށް ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދަކާ އެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތައް ދަތުރުފުޅެއް ވެސް އޭފްރީލް މަހުގެ ތެރޭގައި ވަނީ ކުރައްވާފައެވެ.

މި ޕާޓްނަރޝިޕް ގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖެ ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަތީ ފަންތީގެ ފަތުރުވެރިން އިތުރަށް ރާއްޖެ އަށް ޝައުގުވެރިވެ، އަދި ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑެތި އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެދަ ޓެލެގްރާފް ނޫސްލިވަރޕޫލް އެފްސީރައީސް މުހައްމަދު މުއިއްޒުއެމްއެމްޕީއާރްސީފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު