Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްރިންސް ޗާލްސް

ޕްރިންސް ޗާލްސްއަށް އަންހެނަކު ނޫނެކޭ ބުނިކަން އެނގޭތަ؟

އެމެންޑާ ނެޗްބުލްއަށް 1977 ގައި ޗާލްސް ކައިވެނި ހުށައެޅުއްވި

ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 14:24
އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް

އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް އާއި ލޭޑީ ޑަޔާނާގެ ގުޅުމާއި ކައިވެނީގެ ކަންކަން ދިޔަގޮތް އެންމެނަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަން ފެށުނު ގޮތާއި ނިމުނުގޮތްވެސް އެނގެއެވެ. އަދި ކެމީލާ އާއި ޗާލްސްގެ ގުޅުން ފެށުނުގޮތާއި ކައިވެނި ކުރެވުނު ގޮތަކީ ވެސް މީހުންނަށް އެނގޭ ކަންކަމެވެ. އެކަމަކު މި ދެ މީހުން ފިޔަވައި އެހެން އަންހެނަކާއި ކައިވެނީގެ ގޮތުން ގުޅެން ޗާލްސް ހުށައެޅުއްވިކަން އެނގޭ މާގިނަ ބަޔަކު ނެތެވެ.

ކައިވެނީގެ ގޮތުން ގުޅެން ޗާލްސް ހުށައެޅުއްވި އަންހެނަކީ އެމެންޑާ ނެޗްބުލްއެވެ. އެކަމަކު ކަންކަން ދިޔައީ ޗާލްސް އުއްމީދު ކުރެއްވި ގޮތަކަށް ނޫނެވެ. ޗާލްސްއާ ކައިވެނީގެ ގޮތުން ގުޅޭކަށް އެމެންޑާ ބޭނުމެއް ނުވިއެވެ. އެހެންވެގެން ނޫނެކޭ ބުނީއެވެ.

އިނގިރޭސިވިލާތުގެ ޗެނަލް4 ޓީވީން ގެނެސްދިން ޑޮކިއުމަންޓްރީއެއްގައި ބުނާ ގޮތުން އެމެންޑާއަކީ ޕްރިންސް ޗާލްސްގެ ބޮޑު ބޭބެއެއް ކަމަށްވާ ލޯޑް މައުންޓްބެޓްންއަށް ކާފަ ކިޔާ ކުއްޖެކެވެ. ޕްރިންސް ޗާލްސްއާއި އެމެންޑާ ދެވައިފައި އިނގިރޭސިވިލާތުގެ މުސްތަގުބަލުގެ ރާނީއަކަށް އެމެންޑާ ހެދުމަކީ ލޯޑް މައުންޓްބެޓްންގެ ޒަމާންވީ ހުވަފެނެކެވެ. ޗާލްސްއަށް ވުރެ އެމެންޑާ ނުވަ އަހަރު ހަގެވެ. އެހެންވީމާ ޝާހީ އާއިލާގެ ގިނަ ބަޔަކަށްވެސް ފެނުނީ މިއީ ވަރަށް ގުޅޭ ޖޯޑެއް ކަމުގައެވެ.

ލޯބީގެ ގޮތުން މި ދެމީހުން ގުޅިގެން ނޫޅުނަސް ގާތްކަން އޮވެއެވެ. އެ ގާތްކަމުގެ ތެރެއިން ކެރީބިއަންގައި ޔޮޓް ދުއްވުމުގެ ދިގު ދަތުރެއްގައިވެސް ޗާލްސް ވަނީ އެމެންޑާ ބައިވެރި ކުރައްވާފައެވެ. އެ ދަތުރުގައި އެމެންޑާގެ ކައިވެންޏަށް އެދިވަޑައިގެން ޗާލްސް ހުށައެޅުއްވިއެވެ. ވިދާޅުވިއެވެ. މަށާ އިނދެފާނަން ހެއްޔެވެ. ޖަވާބުގައި އެމެންޑާ ދެންނެވި ކަމަށް ވަނީ ނޫނެކޭއެވެ. ތިޔަކަމެއް ނުވެވޭނެއެވެ.

ޗާލްސްގެ ހުށައެޅުއްވުމަށް އެމެންޑާ ނޫނެކޭ ބުނުމުގެ ސިއްރަކީ ޗާލްސް ދެކެ ލޯބި ނުވުމާއި ޗާލްސްއަކީ ދުރުތާ ތިމާގެ މީހަކަށްވާތީ ބޭބެޔާއި ކޮއްކޮގެ ގުޅުމެއް ގޮތަށް އެމެންޑާއަށް ނެގިފައި އޮތުމުންނެވެ. މިކަމެއް ހިނގީ 1977 ގައެވެ. އެމެންޑާގެ ރުހުން ލިބިވަޑައި ނުގަތީމާ ދެން އެކަން ދޫކޮށްލައްވާފައި ޗާލްސް ގުޅިވަޑައިގަތީ ޑަޔާނާއާއެވެ. ޑަޔާނާއަށް ކައިވެނި ހުށައެޅުއްވީމާ ވަރަށް އަވަހަށް އާނއެކޭ ވިދާޅުވެއްޖެއެވެ.

ޑަޔާނާއާއި ޗާލްސް ކައިވެނިބެއްލެވީ 1981 ގައެވެ. އެ ކައިވެނިން ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައި ވަނިކޮށް 1996 ގައި ޗާލްސް ވަނީ ޑަޔާނާ ވަރިކުރައްވައިފައެވެ. އޭގެ އަހަރުތަކެއް ފަހުން 2005 ގައި ޗާލްސް ދެން ކައިވެނި ބެއްލެވީ އިހުގެ ލޯބިވެރިއެއް ކަމަށްވާ ކެމީލާއާއެވެ. އަނެއްކޮޅުން އެމެންޑާ ވެސް ހުސްކޮށް ހުރެހުރެފައި 1987 ގައި ކައިވެނި ކުރީ އެހެން ޗާލްސްއަކާއެވެ. އެއީ ލިޔުންތެރިޔާ ޗާލްސް ވިންސެންޓް އެލިންވަތެވެ. މިކައިވެނިން ތިން ކުދިން ލިބިފައިވެއެވެ.

ދި ރޯޔަލް ފެމިލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022
ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި

ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި

12 ޖޫން 2021
ޕްރިންސް ހެރީގެ އައު ސިލްސިލާގައި ޑަޔާނާގެ ޖަނާޒާގެ މަންޒަރެއް

ޕްރިންސް ހެރީގެ އައު ސިލްސިލާގައި ޑަޔާނާގެ ޖަނާޒާގެ މަންޒަރެއް

17 މެއި 2021
އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

16 މެއި 2021
ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލާނެ

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލާނެ

16 މެއި 2021

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު