Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

ޝަމީމުގެ ނަމެއް ނެތް، ޒިޔަތުގެ ނަން ހިމެނޭ

ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް ފެތުރުނީ ދޮގު ޚަބަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 13:48
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓާއެކު އާންމުކޮށްފައިވާ ލިސްޓުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ހިމެނޭކަމަށް ޚަބަރު ފެތުރުނުނަމަވެސް، ލިސްޓުގައި ޝަމީމްގެ ނަން ހިމެނިފައެއް ނުވެއެވެ.

ޝަމީމަށް 3 މިލިއަން ރުފިޔާ ލިބުނު ކަމަށް އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅޭގޮތުން އެސްޓް ރިކަވަރީ ކޮމިޝަނުން ހެދި ރިޕޯޓުން ދައްކާފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އަދީބު ހައްޔަރު ކުރުމުން ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް މުހައްމަދު އައްލާމް ލަތީފުއާ ހަވާލާދީ މީގެ ކުރިން ރިޕޯޓު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ބުދަ ދުވަހު މަޖިލީހުން މި މައްސަލައިގެ ލިސްޓު އާންމުކުރިއިރު، ޝަމީމްގެ ނަން ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް، އާންމުކޮށްފައިވާ ލިސްޓުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ހިމެނިފައިވެއެވެ. ޒިޔަތުގެ ނަން ހިމެނިފައިވަނީ މައުލޫމާތު ސާފު ކުރުމުގެ މަރުޙަލާގައިވާ ފަރާތެއްގެ ގޮތުގައެވެ.

ލިސްޓުގައި މީހުން ތިބީ ހެކިތަކުގެ މައްޗަށް ބިނާކޮށް ގިންތި ކޮށްފައެވެ. ގިންތިކޮށްފައިވަނީ ފައިސާގެ މަންފާ ލިބިފައިވާ މީހުންގެ އޭރުގެ މަގާމާއި މިހާރުގެ މަގާމުގެ އިތުރުން ފައިސާގެ އަދަދާއި އެހެނިހެން ކިތާބީ ހެކިތަކަށް ވަކި ޕޮއިންޓްތަކެއް ކަނޑައަޅައިގެންނެވެ. ޕޮއިންޓް އެންމެ ގިނައިން ދީފައި ވަނީ ދިހަޔަކާ ހަމައަށެވެ. ތުހުމަތުކުރެވޭ 281 މީހުންގެ ލިސްޓުގައި ދައުމަތުގެ އެކި ފަންތީގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ. ލިސްޓުގައި އެމީހަކަށް ލިބުނު ފައިސާގެ އަދަދު އެނގެން ނެތް ނަމަވެސް އެމީހަކު އަދާކުރީ ކޮން ވަޒީފާއެއްކަން ބަޔާންކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީހުސައިން ޝަމީމްއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު