Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީ މައްސަލަ

ބޮޑު ޚިޔާނާތުގެ ލިސްޓް އާންމުކުރާގޮތަށް ކޮމިޓީން ފާސްކޮށްފި

އެގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީ މެމްބަރުންގެ އަޣްލަބިއްޔަތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 08:47
ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުން

ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުން

‏އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލަ ބަލަމުން އަންނަ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓުގައި ޚިޔާނާތުގެ ލިސްޓު ހިމަނާ އާންމުކުރާ ގޮތަށް ކޮމިޓީން ފާސްކޮށްފިއެވެ.

‏މިގޮތަށް ފާސްކޮށްފައިވަނީ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

‏ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ ދިރާސާކުރި ސަބް ކޮމިޓީގެ ރިޕޯޓް އިއްވަވާފައެވެ. ރިޕޯޓް އިއްވަވަމުން ސަބް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމިޓީން މަސައްކަތްކުރަމުންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށެވެ. އަދި އެކި މަރުހަލާތަކުގައި ކުރަމުންދާ މަސައްކަތުގެ މައްޗަށް އެކުލެވޭ ރިޕޯޓް އާންމުކުރަމުންދާނެ ކަމަށް އިންތި ވިދާޅުވިއެވެ.

‏މިކަން ދިރާސާކުރި ސަބް ކޮމިޓީން ބަލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ހިންގަމުންދާ ތަހުގީގުތަކެވެ. އެއަށްފަހު ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު އާންމުކުރަން ނިންމާފައިވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ.

‏ކޮމިޓީން މިހާރު ބަލަމުން އަންނަނީ ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްސަލަތަކެވެ. އިންތި ވިދާޅުވީ މިމީހުންގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނޭކަމަށެވެ. އެގޮތަށް އެކަން ކުރަނީ މިމަގާމުތަކުގައި ތިބި މީހުންނަކީ ނުފޫޒުގެ ބޭނުންކުރެވޭ ހިސާބުތަކުގައި ތިބި މީހުން ކަމަށްވާތީ މިމައްސަލަތައް އަވަސްކުރުމަށް ތަހުގީގީ އިދާރާތަކަށް ބާރު އެޅުމަށެވެ. މިލިސްޓުގައި 119 މީހެއްގެ ނަން އެބައޮތެވެ.

‏ކޮމިޓީ ރިޕޯޓްގައި ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ރިޕޯޓްގައި ހިމަނާފައިވާ ލިސްޓްގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކެއްކަމަށްވާތީ މިމައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި ދެންނެވުމަށް ކޮމިޓީން ހުށަހަޅާފައެވެ.

‏އަދި މިފަދަ ތަހުގީގުތައް ކުރިޔަށް ގެންދިޔުމުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އޭސީސީގައި ދެންނެވުމަށްވެސް ވަނީ ނިންމާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލާގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި އެމަސައްކަތް ކުރިޔަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިޔުމަށް ފެންނަކަމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

‏މީގެއިތުރުން މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރާއިރު އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިންމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.

‏އިންތިޚާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ހުކުމަކުން ކަމަށްވާތީ، މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް ވަނީ ކޮމިޓީން ހުށަހަޅާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީއެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެފަރާތްތަކަށް ދެންނެވުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

‏ކޮމިޓީ ރިޕޯޓާއެކު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓް ހިމަނާފައެވެ. މިލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ލިސްޓްކަމަށް ކޮމިޓީން ބުނެއެވެ.

ރައްޔިތުންގެ މަޖިލިސްއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު