Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30ން މައްޗަށް

ޝަހީދުކޮށްލި މީހުންގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 މެއި 2021 | ބުދަ 06:41
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ބޮން އަޅަމުންދަނީ

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ބޮން އަޅަމުންދަނީ

އިސްރާއީލްގެ އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި ޣައްޒާއަށް ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ދެމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު 30ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ޣައްޒާއަށް މިހާގިނައިން ބޮން އަޅަން ފެށި ފުރަތަމަ ފަހަރެވެ. ޣައްޒާގެ ސިއްހީ ވުޒާރާތަކުން ބުނާގޮތުގައި މިހާތަނަށް އައިއިރު އިސްރާއީލްގެ އަސްކަރިއްޔާއިން ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 36 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން މިފެށީ ހޯމަ ދުވަހު ހަމާސް އިން އިސްރާއީލްގެ ވެރިރަށް ޠަލްއަވީވަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިން ފަހުންނެވެ. މިހަމަލާތަކުގައި އިސްރާއީލްގެ ފަސް މީހަކު ވަނީ މަރުވެފައެވެ.

ހަމާސް އިން ރޮކެޓް ހަމަލާތައް ދޭން ފެށީ އިސްރާއީލުގެ އަސްކަރިއްޔާއިން އަޤްޞާ މިސްކިތަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދިޔުމުން އެކަމުގެ ރައްދެއްގެ ގޮތުންނެވެ. އިސްރާއީލުން ވަނީ ޖެހިޖެހިގެން ތިން ދުވަސްވަންދެން އަޤްޞާ މިސްކިތާއި އެމިސްކިތް ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ރަބަރު އުންޑައާއި ސްޓަން ގްރެނައިޑް އަދި ޓިއަރ ގޭސް ބޭނުންކޮށްގެން ހަމަލާދީފައެވެ.

ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކުގައި މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ލާއިންސާނީ އަމަލުތައް ހިންގާފައެވެ. މިހަމަލާތަކުގައި ޖޭރުއްސަލާމް އާއި ހުޅަނގު އައްސޭރީގެ ސަަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 700 މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށުމާއެކު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ވަނީ އެމީހުންގެ ގެތަކުން ނިކުންނަން ފަށާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން އެމީހުން އަންނަނީ ހަމަލާދެމުންނެވެ. އޭގެތެރޭގައި ދެކުނުގައި އޮންނަ ޚާން ޔޫނުސް ހިމެނެއެވެ.

އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމީހުން ވަނީ ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އެގޮތުން އެންމެ ބޮޑު ބޮމުގެ ހަމަލާތައް ދިނުން މިހާރު ވަނީ ފަށާފައިކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެއެވެ.

އަނެއްކޮޅުން ޣައްޒާއިން ފޮނުވާލަމުންދާ ރޮކެޓްތައް އަންނަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވަމުންނެވެ. އެގޮތުން ގޭސް އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާގެ ސަބަބުން އެތަން އަންނަނީ އަދަމުންނެވެ.

ހަމާސްއިން ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލު ވޭންދެނެވި ގޮތަކަށް ހިފާނެކަމުގެ އިންޒާރު ދީފައެވެ.

ފަލަސްތީންއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ

19 އޯގަސްޓު 2025
އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ
07 އޯގަސްޓު 2025

އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި

07 އޯގަސްޓު 2025
އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި
09 ޖުލައި 2025

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ
03 ފެބުރުއަރީ 2025

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި

03 ފެބުރުއަރީ 2025
ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި
27 ޖެނުއަރީ 2025

ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް

27 ޖެނުއަރީ 2025
ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު