Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

ނަން ހާމަ ނުކުރުމުގެ ޝަރުތުގެ މަތިން ވާހަކަ ދެއްކި ެ އޮފިޝަލު ބުނެފައި ވަނީ، އަސްކަރީ މަދު ތަންތަނަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ތަންތަން މިހާރު ވެސް ހުރީ ބޭނުން ކުރެވޭ ޙާލަތުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 08:02
އީރާން އިން އިސްރާއީލަށް ދިން ހަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތެއް

އީރާން އިން އިސްރާއީލަށް ދިން ހަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތެއް

އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގައި، އީރާން އިން ދިން ހަމަލާތައް އެ ޤައުމުގެ އަސްކަރީ ތަންތަނަށް އަމާޒުވެފައިވާ ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ އެވެ.

އިސްރާއީލް އިން އިސްވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ސަބަބުން، އޭގެ ރައްދުގައި އީރާން އިން ވެސް ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފަ އެވެ. ދެ ޤައުމުގެ ދެ މެދުގައި 12 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ދިޔައިރު، އީރާންގެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އޭރު ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި އީރާން އިން ދިން ހަމަލާތަކުގައި އިސްރާއީލްގެ އަސްކަރީ ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. މިއީ މިފަދަ ހަމަލާއެއް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވި، ނުވަތަ ހާމަ ކުރި ފުރަތަމަ ފަހަރެވެ.

ނަން ހާމަ ނުކުރުމުގެ ޝަރުތުގެ މަތިން ވާހަކަ ދެއްކި ެ އޮފިޝަލު ބުނެފައި ވަނީ، އަސްކަރީ މަދު ތަންތަނަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ތަންތަން މިހާރު ވެސް ހުރީ ބޭނުން ކުރެވޭ ޙާލަތުގައި ކަމަށެވެ. ހަމަލާ އަމާޒުވި ކަމަށް އޮފިޝަލު ބުނެފައިވީ ނަމަވެސް، އެ ހަމަލާތައް އަމާޒުވީ އަސްކަރީ ކޮން ތަންތަނަކަށް ކަމެއް، ނުވަތަ ހަމަލާގެ ސަބަބުން ލިބުނު ގެއްލުމެއް އޭނާ ހާމަކޮށްފައި ނުވެ އެވެ. 

އިސްރާއީލްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީރާން އިން ދިން ގިނަ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އާންމުން އުޅޭ ސަރަހައްދު ތަކަށެވެ. އެގޮތުން އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް، ހައިފާ އަދި ބީއަޝީބާ އަށް ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ. މި ހަނގުރާމައިގައި އިސްރާއީލްގެ 28 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައީ އެމެރިކާ މެދުވެރި ވެގެންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން، އެމެރިކާ އިން ވެސް ވަނީ އީރާނަށް ހަމަލާ ދީފަ އެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.

އިޒްރޭލްއީރާންއަސްކަރީ ތަންތަންހަނގުރާމައިޒްރޭލް-އިރާން ހަނގުރާމަ އިސްރާއީލް އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު