Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުޅަނގު އައްސޭރި

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި

3 ފެބުރުއަރީ 2025 | ހޯމަ 19:53

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ "މިއަހަރު މިހާތަނަށް ހުޅަނގު އައްސޭރީގައި 70 މީހުން ޝަހީދު ވެފައިވާ" ކަމަށް.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 19:53
2025 ފެބްރުއަރީ 01 - ހުޅަނގު އައްސޭރީގެ ތުލްކަރަމް އަށް އިސްރާއީލުން ހަމަލާދީ ހަލާކު ކޮށްލާފައިވާ މާރުކޭޓު ސަރަހައްދުން ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ

2025 ފެބްރުއަރީ 01 - ހުޅަނގު އައްސޭރީގެ ތުލްކަރަމް އަށް އިސްރާއީލުން ހަމަލާދީ ހަލާކު ކޮށްލާފައިވާ މާރުކޭޓު ސަރަހައްދުން ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ

ހިފާފައިވާ ހުޅަނގު އައްސޭރީ ގައި އިސްރާއީލުން ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ އޮޕަރޭޝަނެއް ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއް ގައި ބުނެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ މިއަހަރު މިހާތަނަށް އިސްރާއީލުގެ ބާރުތަކުން އެ ސަރަޙައްދުގައި 70 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ގެ ބަޔާނުގައި ބުނެފައިވަނީ، "ވެސްޓް ބޭންކުގައި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްތިއުމާރީ ބާރުން ފުޅާކުރަމުންދާ ހަނގުރާމަ ކުށްވެރިކުރަމެވެ. މިއީ ފަލަސްތީނު ރައްޔިތުން ނައްތާލުމަށާއި ނަސްލު ފުހެލުމަށް އަމާޒުކޮށްގެން ހިންގާ ރޭވުންތެރި ޕްލޭނެކެވެ."

ފަހުން ރާމަﷲގައި ހުންނަ ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ "މިއަހަރު މިހާތަނަށް ހުޅަނގު އައްސޭރީގައި 70 މީހުން ޝަހީދު ވެފައިވާ" ކަމަށެވެ. މީގެ ތެރޭގައި 10 ކުޑަކުދިންނާއި، އެއް އަންހެނަކާއި، އުމުރުން ދުވަސްވީ ދެ މީހުން ހިމެނެއެވެ.

ހިސާބުތަކުން ދައްކާގޮތުގައި ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޖެނިންގައި 38 މީހުންނާއި ޠޫބާސްގައި 15 މީހުން ވަނީ މަރުވެފައިވެއެވެ. އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސަލަމްގައި އެކަކު މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ޖެނުއަރީ 21 ވަނަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގައި ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. މިއީ ޖެނިން ސަރަޙައްދުން ފަލަސްޠީނުގެ ހަތިޔާރުއެޅި ގްރޫޕްތައް ނައްތާލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެމެރިކާ ސަރުކާރަށް މި ގޮވާލަނީ މާ ލަސްވުމުގެ ކުރިން، އަޅުގަނޑުމެންގެ ރައްޔިތުންނާއި އަޅުގަނޑުމެންގެ ބިމާ ދެކޮޅަށް ހިންގަމުންދާ އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އަޅަން," އަބޫ ރުދައިނާ ފަލަސްޠީނު ރަސްމީ ނޫސް އޭޖެންސީ ވާފާއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.

މި ބަޔާން ނެރުނު އިރު އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އުޅުއްވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އާ ބައްދަލު ކުރައްވަން ވޮޝިންގޓަން އަށް ކުރައްވާ ދަތުރުފުޅުގައެވެ.

އާދިއްތަ ދުވަހު، އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހު ފެށުނު އޮޕަރޭޝަނާއި އޭގެ ކުރީ ހަފުތާގައި ދިން ވައިގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ "ޓެރަރިސްޓުން" މަރާލެވިފައިވާ ކަމަށެވެ.

ވެސްޓް ބޭންކުފަލަސްތީނުއިސްރާއީލް އަސްކަރިއްޔާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
21 ނޮވެމްބަރު 2025

ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި

21 ނޮވެމްބަރު 2025
ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި
21 ނޮވެމްބަރު 2025

ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ

21 ނޮވެމްބަރު 2025
ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް