Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޣައްޒާގެ ހާލަތު

ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ، ހަނގުރާމައިގެ އެއްވެސް މަޤްޞަދެއް ހާސިލުނުވުމުންނެވެ. މީގެ ތެރޭގައި ހަމާސް އިން ރަހީނު ކުރި މީހުން އަނބުރާ ގެނައުމާއި، ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމާއި، ޣައްޒާގެ މުޅި އާބާދީ މިސްރަށް ބަދަލުކުރުން ހިމެނެއެވެ. 

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 16:03
2025 ޖެނުއަރީ 26 - ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ދިއުމަށް ނުސީރަތު ސަރަހައްދަށް އެތައް ހާސް މީހުން ޖަމާވެފައި

2025 ޖެނުއަރީ 26 - ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ދިއުމަށް ނުސީރަތު ސަރަހައްދަށް އެތައް ހާސް މީހުން ޖަމާވެފައި | ގެޓީ އިމޭޖަސް

ހަމާސް އާއި އިސްރާއީލާ ދެމެދު އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީން މީހުންނާއި ފަލަސްތީނުގެ ބަންދުގައި ތިބި އިސްރާއީލު މީހުން ދޫކޮށްލުމާ ބެހޭ އެއްބަސްވުމަކަށް ދެފަރާތުން އައުމާ ގުޅިގެން، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް ކަމުގައި އެ ޖަމާއަތުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ކުރިން އިސްރާއީލުގެ އަންހެން ރަހީނެއް ކަމުގައިވާ އަރބެލް ޔެހުދު އާއި އިތުރު ދެމީހުން ދޫކޮށްލުމަށް ހަމާސް އިން އެއްބަސްވެފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސް އިން ދޫކޮށްލަން ހަމަޖެހިފައިވާ މީހުން ދިރިތިބި ކަމުގެ މަޢުލޫމާތު އިސްރާއީލަށް ދީފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. 

ޣައްޒާގެ މީހުން އުތުރުގެ ސަރަހައްދަށް އެނބުރި އައުން ސިފަކުރަނީ ތާރީޚީ ކަމެއްގެ ގޮތުގައެވެ. އަދި މިއީ ކާމިޔާބުގެ ދުވަހެއް ކަމަށް އެމީހުން ބުނެފައިވެއެވެ. 

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވީނަމަވެސް، ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ އަމުރަށް ގެދޮރު ދޫކޮށް ދިޔަ އެތައް ހާސް މީހުން މިހާތަނަށް ތިބީ އިސްރާއީލު ސިފައިން ކުރިމަތިކޮށްފައިވާ ހުރަސް ތަކުގެ ސަބަބުން އެމީހުންނަށް އެނބުރި އާދެވޭނެ ގޮތެއް ނެތި ބަންދުވެފައެވެ. 

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނީ، ޣައްޒާގައި އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައަށް 15 މަސް ވީ ފަހުންނެވެ. 

މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އަދި މި މަރުހަލާގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި 1،890 އަށްވުރެ ގިނަ ފަލަސްތީނު މީހުން ދޫކޮށްލެވޭނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ބަދަލުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގެ ޖިހާދު ކުރާ ގްރޫޕްތަކުން ހިފަހައްޓާފައިވާ 240 ޔަހޫދީންގެ ތެރެއިން 33 މީހުން ދޫކޮށްލެވޭނެއެވެ.

ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރާ ޖަމާއަތްތަކުން އިސްރާއީލުގެ 240 މީހުން ރަހީނުންގެ ގޮތުގައި ބަންދުކުރީ އެ ޖަމާއަތްތަކުން ހިންގި ތާރީޚީ އޮޕަރޭޝަން "އޮޕަރޭޝަން އަލް-އަޤްޞާ ފްލަޑް" ގައެވެ. މިއީ އިސްރާއީލުން ފަލަސްތީނުންނާ ދެކޮޅަށް ދިގު މުއްދަތެއްގައި ހިންގަމުން ގެންދިޔަ އަނިޔާވެރިކަމުގެ ކެމްޕޭނަށް ބަދަލު ހިފުމުގެ ގޮތުން ހިންގި ކުއްލި އޮޕަރޭޝަނެކެވެ. 

އެ އޮޕަރޭޝަން އާ ގުޅިގެން އިސްރާއީލުން ޣައްޒާ އަށް އަރާ ހިންގި އަނިޔާވެރި ހަނގުރާމައިގައި މަދުވެގެން 47،306 ފަލަސްތީނު މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ، ހަނގުރާމައިގެ އެއްވެސް މަޤްޞަދެއް ހާސިލުނުވުމުންނެވެ. މީގެ ތެރޭގައި ހަމާސް އިން ރަހީނު ކުރި މީހުން އަނބުރާ ގެނައުމާއި، ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމާއި، ޣައްޒާގެ މުޅި އާބާދީ މިސްރަށް ބަދަލުކުރުން ހިމެނެއެވެ. 

އާދިއްތަ ދުވަހު، ހަމާސް އިން އިސްރާއީލް ކުށްވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ، އުތުރަށް އެނބުރި ދާން މަސައްކަތްކުރި ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާ، މަރައި އަނިޔާކުރުމަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށެވެ. 

ނަމަވެސް، އޭގެ ކުރިން އިސްރާއީލުން ބުނެފައިވަނީ ޣައްޒާގެ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ބަންދުގައި ހުރި އިސްރާއީލުގެ ރަހީނެއް ކަމުގައިވާ އަރބެލް ޔެހުދު ދޫކޮށްލާނެކަން ކަށަވަރުކުރު ކޮށްދިނުމުން، ހޯމަ ދުވަހު ފަލަސްތީނު މީހުންނަށް އުތުރަށް އެނބުރި ދެވިދާނެ ކަމަށެވެ. 

ތެލް އަވީވް އާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި މިސްރާ އެކު މަސައްކަތްކުރި ޤަތަރުން، ހުކުރު ދުވަހުގެ ކުރިން ޔެހުދު އާއި އިތުރު ދެމީހުން ދޫކޮށްލުމަށް ހަމާސް އިން އެއްބަސްވެފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ދޫކޮށްލެވޭނެ މީހުންގެ ހާލަތާ ބެހޭ މަޢުލޫމާތު ދީފައިވާ ކަމަށް އިޢުލާނުކޮށްފައިވެއެވެ. 

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އެނބުރި އުތުރުގެ ސަރަހައްދުތަކަށް ދިއުމަށް އަޅާފައި އޮތް ހުރަސް ނައްތާލުމާއެކު ހަމާސް އިން ނެރުނު ބަޔާނުގައި ގެދޮރުން ނުކުންނަން ޖެހުނު މީހުން އެނބުރި އައުމަކީ ފަލަސްތީނަށް ލިބުނު ކާމިޔާބެއް ކަމަށާއި އިސްރާއީލަށް ލިބުނު ބަލިކަށި ކަމެއް ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނު އެމީހުންގެ ވަޒަނަށް އެނބުރި އަންނަ މަންޒަރުތަކުން، އެމީހުންގެ ބިމާ އޮތް ގުޅުން ކަށަވަރުކޮށްދޭ ކަމަށާއި، އަދި "މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހިޖުރަ ކުރަން މަޖުބޫރު ކޮށް ނަސްލު ނައްތާލުމުގެ އަނިޔާވެރި މަޤްޞަދުތައް ހާސިލުކުރުމަށް ނުކުޅެދުނުކަން" ސާބިތުކޮށްދޭ ކަމަށެވެ.                                    

އިސްލާމިކް ޖިހާދުން މިކަން ސިފަކޮށްފައިވަނީ މިއީ ފަލަސްތީނު މީހުން މަޖުބޫރުން އެމީހުންގެ ވަޒަނުން ނެރުމަށް އުއްމީދު ކުރާ އެންމެންނަށް ދެވުނު ޖަވާބެއްގެ ގޮތުގައެވެ.

"މި ކަމުން ކަށަވަރުކޮށްދެނީ ފަލަސްތީނު މީހުންގެ ސާބިތުކަމާއި ފަލަސްތީނު މީހުންގެ ހިތްތަކުން އުފާވެރިކަން ވަގަށް ނެގުމުގެ ޒައިއޮނިސްޓު ހުވަފެނެއް އޮތްނަމަ އެ ހުވަފެނެއް ނައްތާލާނެ ކަމަށާއި، ޖަލު ބަލަހައްޓާ މީހުންނާއި ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ މީހުންގެ ޗޭނުތައް ކަނޑާލާނެ ކަމަށެވެ." 

އިސްރާއީލުގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގްވީރު، ފަލަސްތީން ރައްޔިތުން އެނބުރި އައުން ކުށްވެރިކޮށް، ބުނެފައިވަނީ އެއީ ހަމާސްގެ ކާމިޔާބެއް ކަމަށެވެ. 

"މިއަދު ހެނދުނު ނެޓްޒަރިމް މަގު ހުޅުވައި، ޣައްޒާގެ އުތުރަށް އެތައް ހާސް ޣައްޒާގެ މީހުން އެނބުރި އައުމަކީ ހަމާސްގެ ކާމިޔާބީގެ މަންޒަރުތަކެކެވެ." އޭނާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. 

އިސްރާއީލުގެ ސިފައިން ޣައްޒާގައި ހަނގުރާމަކޮށް އެމީހުންގެ ފުރާނަ ދީފައިވަނީ މި ފޮޓޯތައް ނެގުމަށް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި "އަހަރެމެން ހަނގުރާމައަށް އެނބުރި ދާންޖެހޭނެ - އަދި ނައްތާލަންޖެހޭނެ!" ކަމަށް އޭނާ ބުނެފައިވެއެވެ. 

ބެން-ގްވީރު އޭނާގެ މަޤާމުން އިސްތިއުފާ ދިނީ މި މަހުގެ ކުރީކޮޅު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އޭނާ އަބަދުވެސް ގެންދިޔައީ އިސްރާއީލު ސިފައިންގެ އަނިޔާވެރި ހަމަލާތައް ހުއްޓާލުމާ ދެކޮޅު ހަދަމުންނެވެ. އަދި އިސްރާއީލުން ޣައްޒާ "ހިފަން" ޖެހޭނެ ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެއެވެ.     

ޣައްޒާފަލަސްތީނުއިސްރާއީލް އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

19 ޖެނުއަރީ 2026
ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

18 ޖެނުއަރީ 2026
ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

12 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު