Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަރުހުންގެ ދުވަސް 2021

ނަރުހުން - މުޖްތަމައުގެ ހައްގުގައި ގުރުބާން ވަމުންދާ ޚިދުމަތްތެރިން

ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ތެރޭގައި އިސް ސަފުގައި ނަރުހުން ދަނީ މުހިއްމު ދައުރެއް އަދާކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 12:12
ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ނަރުހުން - ކުރިމަގުގެ ސިއްހީ ޚިދުމަތުގެ ތަސައްވުރުގައި އިސްނަގާނޭ އަޑެއް"

ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ނަރުހުން - ކުރިމަގުގެ ސިއްހީ ޚިދުމަތުގެ ތަސައްވުރުގައި އިސްނަގާނޭ އަޑެއް"

ހޮސްޕިޓަލުގެ ހަލަބޮލި މާހައުލުން އެންމެ ފުރަތަމަވެސް ބައްދަލުވާ އެއް ބަޔަކީ ނަރުހުންނެވެ. އެނދުމަތި ކުރެއްވިއްޖެނަމަ ގައިމަތީގައި ފޮތިގަނޑު އަޅައިދެނީ ނަރުހުންނެވެ. އެކި ވަގުތުތަކުގައި ބަލި މީހާގެ ގާތަށް ޒިޔާރަތްކޮށް ހާލު އޮޅުން ފިލުވައި ހަދަނީވެސް ހަމަ ނަރުހުންނެވެ. މާބޮޑަށް ބަލިވެ، ހާލު ދެރަވެއްޖެ ނަމަ ބަލި މީހާ ފެންވަރުވައި، ގައިންތާހިރު ކުރަންވެސް ނަރުހުން ފަހެއް ނުޖެހެއެވެ. އެއީ ހިތްވަރުގަދަ، ހިތްތިރި އަދި ކެތްތެރިކަމުގައި ނަމޫނާ ދައްކަމުން އަންނަ ގައުމު އެބަޔަކަށްޓަކައި ފަޚުރުވެރިވާ ޚިދުމަތްތެރިންތަކެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ނަރުހުން- ކުރިމަގުގެ ސިއްހީ ޚިދުމަތުގެ ތަސައްވުރުގައި އިސްނަގާނޭ އަޑެއް" މިއެވެ. މިދުވަސް ފާހަގަ ކުރަމުންދާއިރު ނަރުހުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީވެސް މުހިއްމު ކަމެކެވެ.

ރެޔާ ދުވާލު ރައްޔިތުންގެ ޚިދުމަތުގައި ނަރުހުން ވަރުބަލި ކަމެއްނެތި ބުރަ މަސައްކަތް ކުރަމުންދާއިރު މިހާރު ކުރިމަތިވެފައިމިވާ އާލަމީ ވަބާ، ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ތެރޭގައި އިންސާނީ ދަރިފަސްކޮޅު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ އިސް ސަފުގައި ވެސް މުހިއްމު ދައުރެއް ނަރުހުން ދަނީ އަދާކުރަމުންނެވެ. އެ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ.

ހަމައެކަނި ރާއްޖެއަށް ބަލާލި ނަމަވެސް މިހާލަތުގައި ނަރުހުން ވަމުންދާ ގުރުބާނީ ފެންނާނެއެވެ. ރާއްޖޭގެ ކޮވިޑް ފެސިލިޓީއެއްގައި މަސައްކަތް ކުރަމުންދާ ބައެއް ނަރުހުން ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑްގެ ހާލަތުގައި ކޮންމެ ނަރުހަކަށް 18، 19 އަދި ބައެއް ފަހަރު އެއަަށް ވުރެ ގިނަ ބަލި މީހުން ހަވާލުކުރެވެއެވެ. ޕީޕީއީތަކުގައި ޑިއުޓީގައި 12 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރަން ޖެހެއެވެ.

އެތައް ވަގުތެއް އާއިލާއާއި ދުރުގައި މަސައްކަތް ކުރަމުން ދާއިރު ގައިމު އާއިލާ މަތިން ހަނދާން ވާނެއެވެ. ލޯބިވާ ދަރިންނާ މައިންބަފައިންނާ ދުރުގައި މަސަކަތް ކުރަން ޖެހި އެމީހުން ނުފެނި އެތައް ދުވަހެއް މަސައްކަތް ކުރަން ޖެހުނަސް އެކަން ފަރުވާ ހޯދަން އަންނަ ބަލި މީހާއަކަށް ނުދައްކާނެއެވެ. ކިތަންމެ ވަރުބަލި ވިޔަސް ނަރުހުންގެ މޫނަކުން ވަރުބަލި ކަމެއް ވެސް ނުފެންނާއެވެ. އަބަދުވެސް މަސައްކަތް ކުރަނީ ނުހަނު ޖޯޝާ ފޯރީގައެވެ.

ނަރުހުންނަކީ ހިތްވަރުގަދަ ބައެކެވެ. ދިމާވާ އެކިއެކި ހާދިސާތަކާ އެތައް ބައެއްގެ މަރާ ވެސް ކުރިމަތިލާން ޖެހެއެވެ. ކިތަންމެ ދެރަވެ، ހިތް ފަޅައިގެން ދިޔަނަމަވެސް ހެވެއެވެ. ދެން އަންނަ ބަލި މީހާއަށް ފަރުވާ ދިނުމުގައި އަނެއްކާވެސް ހަރަކާތްތެރި ވަނީ މުޅިން އައު އަޒުމަކާއެކުގައެވެ. މިއީ އާދައިގެ މީހުންނަށް ވާނެ ކަންކަމެއް ނޫނެވެ. އާއްމުކޮށް ދެރަވާ ކަމެއް ވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ހެދެއެވެ. ނަމަވެސް ނަރުހުންނަކީ އެއަށް ވުރެ މާ ބޮޑަށްވެސް ހިތްވަރުގަދަ ބައެވެ.

ކޮންމެއަކަސް މިއަދު ނަރުހުން ވަނީ މުޅި މުޖްތަމައުގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ނަރުހުން ތިބީ މި ހާލަތުން އަރައިގަނެވި އާއިލާގެ ގާތަށް އެމީހުންނަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގެއެވެ. މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެނެވެ. ސިއްހީ ޚިދުމަތްތެރިންގެ އަޑު އަހައި އެއްބާރުލުން ދީގެންނެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް 2021

ކޮމެންޓް

އިތުރަށް ކިޔާލަން

ނަރުހުން އިތުރުކުރުމަށް އޮނިގަނޑަށް އިސްލާހު ގެންނަން ފެނޭ – ފަރުޒާނާ

ނަރުހުން އިތުރުކުރުމަށް އޮނިގަނޑަށް އިސްލާހު ގެންނަން ފެނޭ – ފަރުޒާނާ

12 މެއި 2021
ފެސިލިޓީތަކުގެ ނަރުހުން އާދޭސް - ފަރުދީ ޒިންމާ އަދާކުރައްވާ، އަޅުގަނޑުމެންނަށް އާއިލާގެ ގާތަށް ދެވޭނީ އޭރުން

ފެސިލިޓީތަކުގެ ނަރުހުން އާދޭސް - ފަރުދީ ޒިންމާ އަދާކުރައްވާ، އަޅުގަނޑުމެންނަށް އާއިލާގެ ގާތަށް ދެވޭނީ އޭރުން

29 އެޕްރީލު 2021
ގްރޭޓަރ މާލެ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވުން ލަސްވަމުންދާތީ، ގެސްޓްހައުސްތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް

ގްރޭޓަރ މާލެ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވުން ލަސްވަމުންދާތީ، ގެސްޓްހައުސްތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް

09 އޮކްޓޯބަރު 2020
ދިވެހިންގެ ހައްގުގައި މިއަދުވެސް އެންމެ ބުރަ މަސައްކަތެއް ކުރަނީ ބިދޭސީން!

ދިވެހިންގެ ހައްގުގައި މިއަދުވެސް އެންމެ ބުރަ މަސައްކަތެއް ކުރަނީ ބިދޭސީން!

20 އެޕްރީލު 2020
ފުރާނަ ގުރުބާންކޮށްގެން ނަމަވެސް ބޭނުންވަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން: ޖެނިފަރ

ފުރާނަ ގުރުބާންކޮށްގެން ނަމަވެސް ބޭނުންވަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން: ޖެނިފަރ

19 މާރިޗު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު