Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

ޚިޔާނާތުގެ ލިސްޓުން ނަން އުނިކޮށްދިނުމަށް އެދި އާޒިމްގެ ސިޓީއެއް ކޮމިޝަނަށް

މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގަންނަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 16:50
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ ލިސްޓުން ނަން އުނިކޮށްދިނުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް, އެސެޓް ރިކަވަރީ ކޮމިޝަނަށް ސިޓީއެއް ހުށައަޅާފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ކުރިން ތަހުގީގީ އިދާރާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ 14 މީހުންގެ ނަމާއެކު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު، އެ ލިސްޓުގައި އާޒިމްގެ ނަންވެސް ހިމެނޭކަމަށް ވަނީ އަޑުފެތުރިފައެވެ. އެކަމާ ގުޅިގެން އާޒިމް ވަނީ މަޖިލީހުގައި މި މައްސަލަ ބަލަމުންދާ 241 ކޮމިޓީންވެސް އެކަހެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދަށް އެޑްރެސް ކުރައްވައި އަންގާރަ ދުވަހު އާޒިމް ސިޓީއެއް ފޮނުއްވާފައިވެއެވެ. އަދި އާޒިމްގެ ނަން ހިމަނުއްވާފައިވަނީ އެއްވެސް އަސާސެއް ނުވަތަ ތަހުގީގެއް ވެސް ނެތިކަން ސިޓީގައި އާޒިމް ފާހަގަ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުގައި އާޒިމް ވަނީ ފަހުން އެކުލަވާލި ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތައް ބަލައި ނުގަނެވޭތީ ނަން ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭގެ އިތުރުން، މިއަދާ ހަމައަށްވެސް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އެއްވެސް މުއައްސަސާއަކުން ސުވާލެއް ކޮށްފައިނުވާކަން ފާހަގަ ކުރައްވާފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ، އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓު އިސްލާހުކޮށް، ނަން އުނިކޮށްދެއްވުމަށް އާޒިމް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ރަނގަޅަށް ތަހުގީގު ކުރެއްވުމަށްފަހު، ނަން ހިމަނަންޖެހޭނަމަ ހެއްކާއި ގަރީނާއާއެކު ހިމެނުއްވުމަށްވެސް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ލިސްޓުގައި ނަން ހިމެނޭކަމަށް ވާނަމަ، ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައިވާކަން އާޒިމް ވަނީ "ރާއްޖެއެމްވީ"އަށްވެސް ކަށަވަރު ކޮށްދެއްވާފައެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ޝައްކެއް ވަހުމެއް ނެތް މިންވަރަށް ޔަގީން ކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުންނަށްވެސް އެކަން ޔަގީންކޮށްދެއްވުމަށްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އާޒިމް ވިދާޅުވީ، 241 ކޮމިޓީން އެކަހެރިވެވަޑައިގަތް މައިގަނޑު ސަބަބަކީވެސް ރައްޔިތުންނަށް ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

އަލީ އާޒިމް 241 ކޮމިޓީން އެކަހެރިވެވަޑައިގަތުމާއެކު، ބަދަލުގައި މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ.

ޚިޔާނާތުގެ އައު ލިސްޓުގައި އާޒިމްގެ ނަން ހިމެނޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، އާޒިމްއާއި ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާ ދެމެދު ދެކެވިފައިވާކަމަށް ބުނާ ވާހަކަތަކެއްގެ ޗެޓްލޮގް ތަކެއްވެސް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން ކަނބާލިފަރުގެ ކޮންސްޓްރަކްޝަން ލެޓަރ ހޯދުމަށް އަދީބު ގާތުން އެދިފައިވާ މެސެޖުތަކަކާއި، އޭސީސީއަށް މެމްބަރުން އައްޔަން ކުރުމާމެދު ކުރެވިފައިވާ މަޝްވަރާތަކުގެ އިތުރުންވެސް އޭރުގެ ސިޔާސީ މަސްރަޙުގައި ހިނގާފައިވާ މުހިއްމު ކަންކަމާ ގުޅޭގޮތުން ވާހަކަތައް ދެކެވިފައިވާ ޗެޓްލޮގްތަކެއް ދަނީ ދައުރުވަމުންނެވެ.

ޗެޓްލޮގްތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އާޒިމް ވަނީ އެއީ ހައްތާވެސް ފިތުނަކަމަށް ސިފަ ކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ގެންދަނީ އެކަން ބަލަމުންނެވެ.

ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރިން އާންމުކުރި ލިސްޓުގައި 267 ބޭފުޅުން ގެ ލިސްޓުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި, ކުރިއަށްމިދާ 19 ވަނަ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި, ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި، ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ތިއްބެވި އޮފިސަރުންނަށް ވެސް މި ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަންނަވާފައިވެއެވެ. ފަހުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވިއިރު، އަދަދު އިތުރުވެ 281ށް ވަނީ އަރާފައެވެ.

އެމްއެމްޕީއާރްސީއަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު