Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތިބަރު ސަރުކާރު

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

ރައީސް މުއިއްޒު ގާތްތިމާގެ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ދެއްވާފައިވާކަމަށް މީކާއިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ނޮވެމްބަރު 2024 | އާދީއްތަ 14:54
ގިލަންވެރިކަމުގެ އެއް އަހަރު ކަވަރޭޖްގެ ތެރެއިން

ގިލަންވެރިކަމުގެ އެއް އަހަރު ކަވަރޭޖްގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން ކަމަށާއި އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ގިލަންވެރިކަމުގެ 1 އަހަރު ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ. އާސިފް ވިދާޅުވި ރައީސް މުއިއްޒުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގައި އެކި ދުވަސްވަރު އެ މަނިކުފާނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނޭ ކަމަށެވެ. އެއީ އެއްވެސް ވަރަކަށް އިއްތިފާގެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އާސިފް ވިދާޅުވިއެވެ. އެއީ ރޭވުންތެރިކަމާއި އެކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ މަޤާމުތަކުގައި އަރިހުގައި ކޮންސަލްޓެންޓުންގެ ގޮތުގައި ކުރިން ތިއްބެވި ބޭފުޅުން މިހާރު ތިއްބެވީ ރައީސް އޮފީހުގެ އަރިސް މަޤާމުތަކުގައި ކަމަށް ފާހަގަކުރައްވާ އާސިފް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި އޭރު ރައީސް މުއިއްޒު އާއި މިފަދަ ބޭބޭފުޅުންނާއި އެކުގައި ކޮރަޕްޝަންގެ ގިނަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެކަމުގެ ހެކި އެބަހުރިކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އާސިފްގެ އެ ވާހަކަތަކަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. އާޒިމް ވަނީ އަރިހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭބޭފުޅުން ދުރަށް ދިޔަ ނުދިނުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަބަދު ކަންކަން ސިއްރުކޮށްގެން ރައީސް މުއިއްޒު އަށް ވެސް ނުހުންނެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މި ސަރުކާރުން ވެރިކަމަށް އައިސް މަޤާމުތަކަށް ލީ ނާޤާބިލް މީހުންކަމަށް ސިފަކުރައްވާފައެވެ. އަދި ގާތްތިމާގެ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ދެއްވާފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވަނީ ސަރުކާރުގެ މަތިބަރުވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އިޚުލާސްތެރިކަމާއި މެދުގައި ސުވާލު އުފެއްދެވިއެވެ.

އެ ތިން ބޭފުޅުންވެސް ވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރުވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރު ހިންގުމުގައި ހަރުދަނާކަމެއް ނެތް ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއަލީ އާޒިމް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް
30 އޮކްޓޯބަރު 2024

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި
29 އޮކްޓޯބަރު 2024

"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"

29 އޮކްޓޯބަރު 2024
"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"
24 އޮކްޓޯބަރު 2024

"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"

24 އޮކްޓޯބަރު 2024
"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު