Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ހާލުކޮޅު

ލަންކާގެ ބޮޑުވަޒީރު، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާލައްވައިފި

11 މެއި 2021 | އަންގާރަ 09:24

ލަންކާގެ ބޮޑުވަޒީރު ގުޅުއްވީ ރައީސް ނަޝީދުގެ ބައްޕާފުޅަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 މެއި 2021 | އަންގާރަ 09:24
ރައީސް ނަޝީދުގެ ސާރޖަރީ ތަކަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައި

ރައީސް ނަޝީދުގެ ސާރޖަރީ ތަކަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައި

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވައި ލައްވައިފިއެވެ.

ލަންކާގެ ވަޒީރު ވަނީ އަންގާރަ ދުވަހުގެ ހެނދުނު ރައީސް ނަޝީދުގެ ބައްޕާފުޅަށް ފޯނުން ގުޅުއްވައި ރައީސް ނަޝީދުގެ ސިއްޚީ ހާލުކޮޅު ބައްލަވާލައްވާފައެވެ. ބޮޑުވަޒީރު ވަނީ މިދިޔަ ހަފްތާގައި ރައީސް ނަޝީދަށް ކުރިމަތިވި މި ނުރައްކާތެރި ހާދިސާގައި އެމަނިކުފާނަށް ލިބިލެއްވި އަނިޔާ ތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން މި ހަމަލާއާއެކު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖް ފޮނުއްވާފައިވެއެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަރ ފުއް ވަދެފައިވެއެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަރ ފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރި މައުލޫމާތުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަން އެނގެއެވެ.

ހޭނައްތައިގެން ކުރި ސާޖަރީތަކަށް ފަހު ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގީ މި ހަފުތާގައެވެ. އެހެންވިޔަސް ވަރަށް ރަނގަޅަށް މޮނިޓަކުރަން ޖެހޭ ކަަމަށާއި ރައީސް ނަޝީދު ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅޭ ޕްލޭނެއް އަދި ނެތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނުނަމަވެސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ރައީސް ނަޝީދުމޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
21 ޑިސެމްބަރު 2023

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް
12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
29 އޮކްޓޯބަރު 2023

މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

29 އޮކްޓޯބަރު 2023
މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
02 ޖޫން 2023

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

02 ޖޫން 2023
މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް