Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާއަށް ލިބުނު އާމްދަނީ

މީރާއަށް މިދިޔަ މަހު 1.41 ބިލިއަން ރުފިޔާ ބަލައިގެންފި

އޭޕްރިލްމަހު ލިބުނު އާމްދަނީގެ 20 އިންސައްތައަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑު އަދަދެއް އެމަހު ބަލައިގަތުމުން ލިބުނު އާމްދަނީ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 07:56
މީރާ

މީރާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އޭޕްރިލް މަހު 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އޭޕްރީލްމަހު މީރާއަށް ބަލައިގެން ފައިސާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި އޭޕްރީލް މަހު ލިބޭނޭ ކަމަށް މީރާއިން އަންދާޒާކުރި އަދަދަށްވުރެ 82.6 އިންސައްތަ އިތުރު އަދަދެކެވެ.

Advertisement - businessAdvertisement

މިދިޔަ އަހަރުގެ އޭޕްރިލް މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ އޭޕްރީލް މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓީޖީއެސްޓީއާއި، ޖީއެސްޓީއާއި، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ، އެއާޕޯޓް ސާވިސް ޗާޖު، އިންކަމްޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައި ވާކަން މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، އޭޕްރިލްމަހު ލިބުނު އާމްދަނީގެ 20 އިންސައްތައަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑު އަދަދެއް އެ މަހު ބަލައިގަތުމުން ލިބުނު އާމްދަނީ ކަމަށް މީރާއިން ބުނެއެވެ.

އޭޕްރީލްމަހުގެ އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު އެހާ ބޮޑުތަނުން އިތުރުވެފައި ވަނީ، ކޮވިޑުން ރައްކާތެރިވުމަށް އޭރު އެޅި ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމާ ގުޅިގެން، ލިބެމުންދިޔަ އާމްދަނީ ދަށްވުމުން ކަމަށް މީރާއިން ފާހަގަކުރެއެވެ.

މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 60.1 އިންސައްތައެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މީރާއަށް އޭޕްރީލްމަހު 849.61 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ ލިބުނު އާމްދަނީގެ 9.8 އިންސައްތަ ނުވަތަ 139.12 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 95.54 މިލިއަން ރުފިޔާ، އިންކަމް ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 39.33 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 214.56 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު