Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާގެ ތަފާސްހިސާބުތައް

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ސެޕްޓެމްބަރު 2023 | ބުދަ 02:28
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ އެ އިދާރާއިން އަންދާޒާކުރި ވަރަށްވުރެ 7.7 ދަށް އަދަދެކެވެ. ނަަމަވެސް މިދިޔަ މަހު މީރާއަށް ލިބުނު 1.6 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.3 ޕަސެންޓް އިތުރު އަދަދެެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއަށް 62 މިލިއަން ޑޮލަރު ވަނީ ބަލައިގެންފަ އެވެ. މިއީ އަންދާޒާއަށްވުރެ 21 ޕަސެންޓު އިތުރު އަަދަދެކެވެ. މީރާއިން ބުނީ ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ މަހު ޖީއެސްޓީ އާއި ރިސޯޓު ކުލި އަދި އެއާޕޯޓް ޓެކުހާއި ފީން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީން ލިބުނު އާމްދަނީ 943 މިލިއަން ރުފިޔާ އަށް އަރާއިރު އެއީ އެ މަހު ލިބުނު ޖުމްލަ އާމްދަނީގެ 59.12 ޕަސެންޓެެވެ.

ދެވަނައަށް އެއްމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން އިންކަމް ޓެކުހަށް 189 މިލިއަން ރުފިޔާ ލިބިފައިވާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 87.7 މިލިއަން އަދި ގްރީން ޓެކުހުގެ ގޮތުގައި 69.5 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.

ޓެކްސް ނޫން އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ކުލީގެ ގޮތުގައި 51 މިލިއަން ރުފިޔާ، ވޯކްޕާމިޓް ފީއަށް 46 މިލިއަން އަދި ކޯޓާ ފީގެ ގޮތުގައި 27 މިލިއަން ރުފިޔާ މީރާއަށް މިދިޔަ މަހު ވަނީ ލިބިފައެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އިތުރަށް ކިޔާލަން

13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
12 ޖެނުއަރީ 2023

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް
09 ސެޕްޓެމްބަރު 2022

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ
04 އޯގަސްޓު 2022

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
08 ޖުލައި 2022

ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި

08 ޖުލައި 2022
ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި
06 ޖުލައި 2022

ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށް ހުށަހަޅަމުންދޭ: މީރާ

06 ޖުލައި 2022
ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށް ހުށަހަޅަމުންދޭ: މީރާ
10 ޖޫން 2022

މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ

10 ޖޫން 2022
މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ
13 މެއި 2022

އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި

13 މެއި 2022
އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި
10 އެޕްރީލު 2022

މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ

10 އެޕްރީލު 2022
މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ
01 އެޕްރީލު 2022

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ

01 އެޕްރީލު 2022
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު