Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ އާމްދަނީ

ޕީއެސްއައިޕީތަކަށް ކުރި ހޭދަ 9.26 ބިލިއަނަށް

އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 އޮކްޓޯބަރު 2023 | ހޮނިހިރު 06:04
ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށްދަނީ: މިއަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް

ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށްދަނީ: މިއަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް

މިއަހަރުގެ މިހާތަނށް ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް ކުރި ހޭދަ 9.26 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު 9.26 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 6.09 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބަނދަރާއި ބްރިޖު އަދި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން، އެއަރޕޯޓު ތަރައްގީ ކުރުމަށް 1.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބަނދަރު ހެދުމަށް 843.7 މިލިއަން ރުފިޔާ، ބްރިޖު ހެދުމަށް 687.9 މިލިއަން ރުފިޔާ، މަގު ހެދުމަށް 1.02 ބިލިއަން ރުފިޔާ އަދި ބިން ހިއްކުމަށް 1.57 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ތަރައްގީއާ ގުޅޭ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫއުތަކަށް 123.5 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޤައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫއުތަކަށް ހޭދަކުރީ 33.9 މިލިއަން ރުފިޔާއެވެ.

ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 280 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ. އަދި ތައުލީމީ ދާއިރާއިން ޔުނިވަރިސޓީތަކާއި ސްކޫލްތައް ހެދުމުގެ މަޝްރޫއުތަކަށް 370.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 215 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް ހޭދަކޮށްފައިވަނީ 434.8 މިލިއަން ރުފިޔާއެވެ.

ތިމާވެށީގެ ދާއިރާއިން ވެސް އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ މި މުއްދަތުގެ ތެރޭގައި 769.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން، ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތަކަށް 176.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް 209.8 މިލިއަން ރުފިޔާ، ފެންހިންދާ ނިޒާމު ގާއިމު ކުރުމަށް 25.3 މިލިއަން ރުފިޔާ އަދި އިއާދަކުރަނިވި ހަކަތައާ ގުޅުންހުރި މަޝްރޫއުތަކަށް 358.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާނިޒާމު ގާއިމު ކުރުމަށް 1.195 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހައުސިންގ މަޝްރޫއުތަކަށް 614.9 މިލިއަން ރުފިޔާ، މިސްކިތްތައް ބިނާ ކުރުމަށް 53.2 މިލިއަން ރުފިޔާ، އިޖުތިމާއީ ދާއިރާގެ މަޝްރޫއުތަކަށް 63.5 މިލިއަން ރުފިޔާ، ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކަށް 158.7 މިލިއަން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް 130.5 މިލިއަން ރުފިޔާ ވަނީ މި މުއްދަތުގެ ތެރޭގައި ހޭދަކޮށްފައެވެ.

މިއަހަރު ސަރުކާރުން ޕީއެސްއައިޕީތަކަށް ކުރި ހޭދަ މިވަނީ މިއަހަރަށް ލަފާ ކުރި އަދަދަށްވުރެ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ ބަޖެޓުގައި މުޅި އަހަރަށް ޕީއެސްއައިޕީތަކަށް ހޭދަވާނީ 8.5 ބިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ 1.78 ބިލިއަން ރުފިޔާ ޕީއެސްއައިޕީތަކަށް ހޭދަވާނެ ކަމަށް ފިނޭންސުން މިހާރު ވަނީ ލަފާ ކޮށްފައެވެ، އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާ ކަމަށެވެ. ޚަރަދު އިތުރުވާނެތީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މިހާރު ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2018

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 2 ބިލިއަނަށް ތިރިވާނެ: ރިޔާޒު ރަޝީދު

07 އެޕްރީލު 2018
މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 2 ބިލިއަނަށް ތިރިވާނެ: ރިޔާޒު ރަޝީދު
20 މާރިޗު 2018

ޖަލުގައި ހޭދަ ކުރި 33 ދުވަހު، ލާއިންސާނީ އެތައް އަމަލުތަކެއް ފުލުހުން ހިންގާފައިވޭ: އަމްރު

20 މާރިޗު 2018
ޖަލުގައި ހޭދަ ކުރި 33 ދުވަހު، ލާއިންސާނީ އެތައް އަމަލުތަކެއް ފުލުހުން ހިންގާފައިވޭ: އަމްރު
23 ފެބުރުއަރީ 2018

ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ

23 ފެބުރުއަރީ 2018
ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ
25 ޖެނުއަރީ 2018

މުސާރައިގެ އެއްބައި ނަގާ މީހަކު މިލިއަން ޑޮލަރުން ހޭދަކުރާ ގޮތް ނުބެލޭ ނަމަ އިންސާފެއް ނެތް: ލޯޔަރު ވައްޑެ

25 ޖެނުއަރީ 2018
މުސާރައިގެ އެއްބައި ނަގާ މީހަކު މިލިއަން ޑޮލަރުން ހޭދަކުރާ ގޮތް ނުބެލޭ ނަމަ އިންސާފެއް ނެތް: ލޯޔަރު ވައްޑެ
22 ޖެނުއަރީ 2018

ނޮވެމްބަރު ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރި ހޭދަ ކުޑަވެއްޖެ

22 ޖެނުއަރީ 2018
ނޮވެމްބަރު ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރި ހޭދަ ކުޑަވެއްޖެ
20 ނޮވެމްބަރު 2017

އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

20 ނޮވެމްބަރު 2017
އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
12 އޮކްޓޯބަރު 2017

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

12 އޮކްޓޯބަރު 2017
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން
03 އޮކްޓޯބަރު 2017

ދިވެހިން ތައިލޭންޑަށް ދާ ކޮންމެ ފަހަރަކު 20،000 އެއްހާ ރުފިޔާ ހޭދަކުރޭ!

03 އޮކްޓޯބަރު 2017
ދިވެހިން ތައިލޭންޑަށް ދާ ކޮންމެ ފަހަރަކު 20،000 އެއްހާ ރުފިޔާ ހޭދަކުރޭ!
19 ސެޕްޓެމްބަރު 2017

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2017
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
28 ޖޫން 2017

ކޯޕަރޭޓިވްތަކުގެ އުފެއްދުންތަކަށް މިދިޔަ އަހަރު އެކަނި ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ފިޝަރީސް މިނިސްޓްރީ

28 ޖޫން 2017
ކޯޕަރޭޓިވްތަކުގެ އުފެއްދުންތަކަށް މިދިޔަ އަހަރު އެކަނި ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ފިޝަރީސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު