Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ސަރގޭ ޝޮއިގޫ އީރާނަށް ވަޑައިގަތުން

ރަޝިއާގެ އިސް ސެކިއުރިޓީ އޮފިޝަލް ސަރގޭ ޝޮއިގޫ އީރާނަށް ވަޑައިގެންފި

ރަޝިއާ އިން ބުނެފައިވަނީ މިއީ އެކި ރޮނގުތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 16:28
ރަޝިއާގެ ސެކިއުރިޓީގެ ކައުންސިލްގެ ސެކްރެޓަރީ ސަރގޭ ޝޮއިގޫ

ރަޝިއާގެ ސެކިއުރިޓީގެ ކައުންސިލްގެ ސެކްރެޓަރީ ސަރގޭ ޝޮއިގޫ

ރަޝިއާގެ ސެކިއުރިޓީގެ ކައުންސިލްގެ ސެކްރެޓަރީ ސަރގޭ ޝޮއިގޫ ތެހެރާން އަށް ވަޑައިގެންފިއެވެ.

މެދުއިރުމަތީގައި ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ހޯމަ ދުވަހު އީރާނަށް މި ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި އީރާނުގެ އިސް އޮފިޝަލުންނާ އެކު މަޝްވަރާތައް ކުރައްވާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ މިދިޔަ ބުދަ ދުވަހު އަވަހާރަ ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުތަނަވަސް ވަމުން ދާއިރު، އިޒްރޭލާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ އެއް އީރާނުން އިސްވެ އޮވެ ކޮންމެ ވަގުތެއްގައިވެސް ފަށާފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގައި ހުންނަވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލިއިރު އޭގެ ގަޑީއިރު ތަކެއް ކުރިން ލުބުނާނަށް ހަމަލާދީ ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދް ޝުކޫރު އިޒްރޭލުން ވަނީ އަވަހާރަކޮށްލާފައެވެ.

ގާތްގާތުގައި ދިން މި ދެހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުންނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަނީ ދީފައެވެ.

ޝޮއިގޫ ތެހެރާންގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ އިސް އޮފިޝަލުންގެ ތެރޭގައި ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ސްޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް ގެ ސެކްރެޓަރީ އަލީ އަކްބަރު އަހްމަދިއާން އީރާންގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު ބަޤޭރީ ހިމެނިވަޑައިގަންނަވައެވެ.

ރަޝިއާގެ ސެކިއުރިޓީ ކައުންސިލް އާ ހަވާލާދީ އީރާނުގެ މީޑީއާ އިން ބުނެފައިވަނީ ޝޮއިގޫ ގެ ދަތުރުފުޅުގައި ސަލާމަތީ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުންނާއި، ސަރަހައްދީ އަދި ބައިނަލް އަގްވާމީ ސެކިއުރިޓީ މައްސަލަ ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވި އެ ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އީރާނުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ އިސްމާއީލް ހަނިއްޔާ އަވަހަރާ ކޮށްލުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެ ޖަރީމާ ހިންގި ފަރާތާ ދެކޮޅަށް ބަދަލު ހިފުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމުގައެވެ.

އީރާނުން ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށާއި އަދި އެ ޖަރީމާ އިޒްރޭލުން ހިންގީ އެމެރިކާގެ ރުހުން ލިބިގެން ކަމުގައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު