Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުންފުނިތަކަށް ދޫކުރަން ޖެހޭ ފައިސާ

ކުންފުނިތަކަށް ދޫކުރަންޖެހޭ 8 ބިލިއަން ރުފިޔާ ދޫނުކޮށް ހިފަހައްޓާފައިވާއިރު، މީރާ ހިންގުމަށް ދަނީ ދަތިކުރަމުން: މޭޔަރު އާޒިމް

23 މެއި 2025 | ހުކުރު 07:16

މި ސަރުކާރަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް މާދަމާއަށް ވިސްނައިގެން މަސައްކަތް ކުރާ ސަރުކާރެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2025 | ހުކުރު 07:16
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ދިވެހި ސަރުކާރުން ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ދޫކުރަންޖެހޭ 8 ބިލިއަން ރުފިޔާ ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގުމަށް ދަތިކުރާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވިސްނުމަކީ ލިބޭ ހާ އެއްޗެއް އިސްރާފަށް ދުއްވާލުން ކަމަށާއި، އެއްވެސް ގޮތަކަށް ލިބޭ އެއްޗަކަށް ހަރަދުކުރާ ސަރުކާރެއް ނޫން ކަމަށެވެ. އަދި ލިބޭ އެއްޗަކަށް ވެސް ނުބަލާ ކަމަށާއި، ބެލުމެއް ނެތި ލޯނު ވެސް ނަގަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީ ސަރުކާރުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ފައިދާވާނެ ގޮތަށް ގިނަ ޚިދުމަތްތައް ތައާރަފްކޮށް، މަޝްރޫއުތައް ހިންގާފައިވާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މިސަރުކާރުގައި މަސައްކަތް ކުރަނީ އެއުސޫލާ އިދިކޮޅަށް ކަމަށެވެ. މި ސަރުކާރަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް މާދަމާއަށް ވިސްނައިގެން މަސައްކަތް ކުރާ ސަރުކާރެއް ނޫން ކަމަށާއި، އެކަން ގައުމުން ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ސަރުުކާރުން ދޫކުރަން ޖެހޭ 8 ބިލިއަން ރުފިޔާ އަދިވެސް ދޫކޮށްފައިނުވާ ކަމަށާއި، އެފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ކުންފުނިތައް ނުހިންގޭ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެނގިފައި އޮތީ 8 ބިލިއަން ރުފިޔާ އެބަހުރި ދިވެހި ރައްޔިތުންނަށް އެކިއެކި ކުންފުނިތަކަށް ދިވެހި ސަރުކާރުން ނުދީ 8 ބިލިއަން. އެހެންވީމަ މި ކުންފުނިތައް ބަގުރޫޓުވެ ހަލާކު ވެގެން މިއޮށްދަނީ. އެމީހުންނަށް މަސައްކަތް ނުކުރެވިގެން އެމީހުން ބޭންކުން އެތިކޮޅެއް ނަގަނީ. ބޭންކަށް ފައިސާ ނުދެއްކިގެން. މުޅި ގައުމު ބަގުރޫޓުވާ ހިސާބަށް މިއޮތް ދަނީ. ސަރ ޕްލަސް އެންމެ ލާރިއެއް އިނަސް އެމީހުންނަށް އެލާރި ބަހާލަން އެބަ ޖެހޭ. އަވަހަށް ދޭން އެބަ ޖެހޭ. އޭރުންތާ ކުންފުނިތައް އަނެއްކާ ވެސް ކޮޅަށް ޖެހޭނީ. ވަރަށް ހާލުގައި ހުރިހާ އެންމެން ވެސް ތިބީ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުންގެ ޑިވަލޮޕްމެންޓްގެ ވިސްނުމެއް ނެތް ކަމަށާއި، ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ނޫން ކަމެއް މިބޭފުޅުން ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މީރާއަށް ވެސް ނުފޫޒު ފޯރުވައި، ހިންގުމަށް ދަތިކުރަމުންދާ ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މީރާގެ ކަންތައްތަކަށް އަތް ބާނައިގެން މީރާ ވެސް ހިންގިޔަސް ނުދޭން އުޅެނީ. ހުރިހާ ގޮތަކުން ވެސް އެއްކަލަ ގައުމު ހަމަ ހަލާކަށްދާ ގޮތަށް އެމީހުންނަށް ކަންތައް ވަނީ. އިދާރީ ގޮތުން ކަން ކުރަން ނުވެސް އެނގެނީ ނޫނީ ހަމަ ގަސްތުގައި ގައުމު ފަނާ ކޮށްލަނީ. 18 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ވަނީ މީރާއަށް ކަލެކްޓް ކުރަން ޖެހޭ އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން ވެއްޖެއްޔާ. ޓެކްސްގެ ގޮތުގައި ވަކި އަދަދެއް. އެމީހުންނަށް ވެސް މިކަލެޓް ކުރެވޭނެ ގޮތެއް އެމީހުންގެ ވެސް ހަތަރެއްފައި ބަދެފައިހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މިއީ ގައުމެއް ހަލާކުކޮށްލުން ސީދީ. މިއީ ގައުމެއް ތަރައްގީ ކުރުމެއް ނޫން.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ މިސަރުކާރަށް ދިވެހި ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުން އެމަނިކުފާނު އައްޔަން ކުރައްވާފައި ތިއްބަވާ ބޭފުޅުން އެމަނިކުފާނުގެ އަމުރަށް ބޯނުލަބާކަން ހާމަވެފައިވާ ކަމަށެވެ. އެއީ ބައެއް މައުލޫމާތުތައް ދިނުމަށް އެދުމުން ވެސް އެބޭފުޅުން އެ މައުލޫމާތުތައް ހިއްސާނުކުރައްވާ ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް