Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ހާލަތު

މަސްޖިދުލްއަޤްޞާގެ ގޯތިތެރޭ ރޯވެ އަނދާއިރު ޔަހޫދީން ނަށަނީ

އަލިފާނުގެ ހާދިސާގައި 163 މީހަކަށް އަނިޔާވެ 23 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފަލަސްތީނުގެ ބައެއް އޮފިޝަލުން ބުނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 11 މެއި 2021 | އަންގާރަ 02:57
މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ރޯވެ އަނދަމުން ދާއިރު ޔަހޫދީން އުފާ ފާޅުކުރަނީ

މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ރޯވެ އަނދަމުން ދާއިރު ޔަހޫދީން އުފާ ފާޅުކުރަނީ

މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ހުރި ގަސްތަކުގައި ހުޅުރޯވެ އަނދަމުން ދާއިރު, ޔަހޫދީން ލަވަޖަހާ ނަށަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އަންގާރަ ވިލޭރޭ މަސްޖިދުލް އަޤްޞާގެ ގޯތިތެރޭގައި ހުރި ގަހެއްގައި ރޯވެ ހިނގި ހާދިސާގައި, އަލިފާނުގެ ހުޅުގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިފައިވެއެވެ.

އިސްރާއީލްގެ ޔަހޫދީން މިކަމާމެދު އުފާ ފާޅުކޮށް ނަށަމުންދާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ޔަހޫދީން އެވަގުތު ނަށަމުން ދިޔައީ ފަލަސްތީނުގެ ރައްޔިތުންނަށް ފުރައްސާރަކޮށް ކިޔާފައިވާ ލަވަ ތަކަކަށެވެ.

މި ވީޑިއޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނާއި ބައެއް ޣައިރު މުސްލިމުންވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޙަރަމް-އަލް ޝަރީފްގެ ޙުރުމަތް ކެނޑޭހެން ޔަހޫދީން ހިންގި މި ނުބައި އަމަލު ގިނަބަޔަކު ގެންދަނީ ކުށްވެރި ކުރަމުންނެވެ.

އަޤްޞާ މިސްކިތު ގޯތި ތެރޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި 163 މީހަކަށް އަނިޔާވެ 23 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވި ނަމަވެސް އޮފިޝަލުން ލަފާ ކުރާ ގޮތުގައި, އަލިފާން ރޯވާން މެދުވެރިވީ އިސްރާއީލްގެ ސިފައިން އަޤްޞާ މިސްކިތަށް ދިން ހަމަލާއެއްގައެވެ.

ޔަހޫދީ ސިފައިން އަންނަނީ ހޯމަ ދުވަހުގެ ހެނދުނުއްސުރެ, މަސްޖިދުލް އަޤްޞާއަށް ހަމަލާދެމުންނެވެ. މި ޙަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެކަމަކު މި އަދަދު 1200އަށް ވުރެ މަތިވާނެކަމަށް ނުރަސްމީ ބައެއް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު