Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ހާލަތު

ގައްޒާގެ އުތުރަށް ދިން ހަމަލާތަކުގައި 6 މީހަކު ޝަހީދުކޮށްލައިފި

ހަމަލާ އަމާޒުކުރީ ޖަބާލިޔާ އަލް-ނަޒްލާގެ އުތުރުގައި ހުރި ހަލީމާ އަލް-ސަޢާދިއްޔާ ސްކޫލްގައި ތިބި އާންމުންގެ ބަޔަކަށެވެ. އަދި އިސްރާއީލުން ދިން ހަމަލާއެއްގައި 5 މީހުން ޝަހީދުވި އިރު އިތުރު ބަޔަކު ޒަހަމްވިއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 08:30
ޒަހަމްވެފައިވާ ޣައްޒާގެ ކުޑަކުއްޖަކު ގައިގައި އޭނާގެ މަންމަ ބައްދާލައިގެން

ޒަހަމްވެފައިވާ ޣައްޒާގެ ކުޑަކުއްޖަކު ގައިގައި އޭނާގެ މަންމަ ބައްދާލައިގެން

އިސްރާއިލުގެ ސަލާމަތީ ބާރުތަކުގެ ގައްޒާގެ އުތުރަށް ދިން ހަމަލާތަކުގައި 6 މީހަކު ޝަހީދުކޮށްލައިފިއެވެ.

ހުކުރު ދުވަހު ގައްޒާގެ އުތުރުގައި އިސްރާއީލުގެ ހަމަލާތަކުން މަދުވެގެން 6 މީހުން ޝަހީދުވި ކަމަށް ގައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވާއިރު، އޭގެ ތެރެއިން 5 މީހުން ޝަހީދުވީ ވަގުތީ ބޯހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ސްކޫލަކަށް ދިން ހަމަލާގައެވެ.

ހަމަލާ އަމާޒުކުރީ ޖަބާލިޔާ އަލް-ނަޒްލާގެ އުތުރުގައި ހުރި ހަލީމާ އަލް-ސަޢާދިއްޔާ ސްކޫލްގައި ތިބި އާންމުންގެ ބަޔަކަށެވެ. އަދި އިސްރާއީލުން ދިން ހަމަލާއެއްގައި 5 މީހުން ޝަހީދުވި އިރު އިތުރު ބަޔަކު ޒަހަމްވިއެވެ.

ދެކުނުގައިވާ ގައްޒާ ސިޓީއަށް ދިން އެހެން ހަމަލާއެއްގައި މަދުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވާ ކަމަށް އޭޖެންސީން ބުނެފައިވެއެވެ.

ހުކުރު ދުވަހު މެދު ގައްޒާގައި، ނުސެއިރާތުގެ އަލް-އައުދާ ހޮސްޕިޓަލުން ބުނެފައިވަނީ އެހީ ބަހާ ސަރަހައްދެއް ކައިރީގައި ތިބި އާންމުންނަށް އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން އެއްތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

22 މަސް ވެފައިވާ ހަނގުރާމައިގައި ގައްޒާގައި ހިންގާ އޮޕަރޭޝަންތައް އިތުރުކޮށްފައިވާއިރު، ހުކުރު ދުވަހު ދިން ހަމަލާތަކާއި ގުޅިގެން އިސްރާއިލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

މީގެ އިތުރުން ޚާން ޔޫނިސް ސިޓީ ކައިރީގައި އިސްރާއީލީ ޓޭންކުތައް ފެނިފައިވާ ކަމަށާއި، އަނިޔާވެރިކަމާއި ހަމަލާތައް ކުރިއަށްދާ ކަމަށް ދެކުނު ގައްޒާގެ ނަން ހާމަނުކުރާ ގޮތަށް އޭއެފްޕީއާ ވާހަކަދެއްކި ގައްޒާގެ ރައްޔިތެއް ވަނީ ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ މެންދުރު ކުރީގައި ދިން ހަމަލާތަކުގައި 6 މީހަކު ޝަހީދުކޮށްލާފައިވާ އިރު ބުރާސްފަތި ދުވަހު އެކަނިވެސް ދިން ހަމަލާތަކުގައި 82 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އެހީ ހޯދަން ތިބި މީހުންނެވެ.

ޣައްޒާއިޒްރޭލްހަމަލާޝަހީދުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު