Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

"ޝައްކެއް ވަހުމެއް ނެތް، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވުމެއް ނޯންނާނެ"

11 މެއި 2021 | އަންގާރަ 02:53

މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގަންނަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2021 | އަންގާރަ 02:53
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި، ޚިޔާނާތުގެ ލިސްޓުގައި ނަން އޮންނަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކުރިން ތަހުގީގީ އިދާރާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ 14 މީހުންގެ ނަމާއެކު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (2411 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ގެންދަނީ އެކަން ބަލަމުންނެވެ. އަދި އެ ލިސްޓުގައި އާޒިމްގެ ނަން ހިމެނޭކަމަށް ދެކެވެމުންދާ ވާހަކައާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކޮމިޓީން ވަގުތީ ގޮތުން ދުރަށްޖެހިލީ ލިސްޓުގައި ނަން ހިމެނޭކަމަށް އަޑުއިވުނު ހިސާބުން ކަމަށެވެ. އާޒިމް ވިދާޅުވީ، އެ މައްސަލަ ބަލަމުންދަނީ 241 ކޮމިޓީން ކަމަށްވާއިރު، އެ މައްސަލަ ބަލަމުންދާއިރު ކޮމިޓީގައި އިންނެވުން އެއީ ރަނގަޅު ގޮތެއްކަމަށް ދެކިވަޑައިނުގަންވާ ކަމަށެވެ.

އާޒިމް އަކީ 241 ކޮމިޓީގެ ނައިބު މުޤައްރިރެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އެ ހައިސިއްޔަތުން މެމްބަރު އާޒިމް ކޮމިޓީތަކުން ބަދަލުވުމާއި، ގުޅިވަޑައިގަތުމަކީ މަޖިލީހުގެ ޤަވާއިދު ހުއްދަކުރާ ކަމެކެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަ ކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ، އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ޝައްކެއް ވަހުމެއް ނެތް މިންވަރަށް ޔަޤީން ކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުންނަށްވެސް އެކަން ޔަޤީންކޮށްދެއްވުމަށްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އާޒިމް ވިދާޅުވީ، ކޮމިޓީން އެކަހެރިވެވަޑައިގަތް މައިގަނޑު ސަބަބަކީވެސް ރައްޔިތުންނަށް ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

އާޒިމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބަލައި ނިމުމުން އަނެއްކާވެސް ކޮމިޓީގެ މަސައްކަތްތަކާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

އަލީ އާޒިމް ކޮމިޓީން އެކަހެރިވެވަޑައިގަތުމާއެކު، ބަދަލުގައި މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ.

އެމްއެމްޕީއާރްސީއަލީ އާޒިމް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
17 ނޮވެމްބަރު 2024

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

17 ނޮވެމްބަރު 2024
"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް