Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ހޯދުމަށްފަހު ހައްގު އަދަބު ދިނުމަށް އެޗްއާރްސީއެމުން ގޮވާލައިފި

މިކަންތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށް ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 މެއި 2021 | ހުކުރު 19:02
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން ހޯދުމަށްފަހު ހައްގު އަދަބު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް) ގޮވާލައިފިއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި އެޗްއާރްސީއެމްގެ މެމްބަރު އަހްމަދު އަދުހަމް ވިދާޅުވީ މި ކަންތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކެއްގެ ދިރިހުރުމުގެ ހައްގާއި އެހެނިހެން ހައްގަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި އިލްތިމާސަކީ ކަމާ ގުޅުންހުރި މުއައްސަސާތަކުން މި މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަމުންދާއިރު ހުރިހާ ފަރާތްތަކުން ވެސް ތެދު ޚަބަރު ހިއްސާކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްއާރްސީއެމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާގެ ޚަބަރުތައް ދުނިޔޭގެ މީޑިއާތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

މި ހަމަލާ ކުށްވެރިކޮށް ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ އަދަދެއްގެ ބަޔަކު ޓުވީޓު ކޮށްފައިވާއިރު ހަމަލާ ކުށްވެރިކޮށް އަވައްޓެރި ބައެއް ގައުމުތަކުން ވެސް ވަނީ ނޫސް ބަޔާންތައް ނެރެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު