Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެސްގެ ދިދަ

އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ދިދަ ބެހެއްޓީ އާދިއްތަ ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 9 މެއި 2017 | އަންގާރަ 18:39
އިސްލާމިކް ސްޓޭޓް އިން ބޭނުންކުރަމުންދާ ދިދަ ހިފައިގެން މީހަކު ހިނގަނީ

އިސްލާމިކް ސްޓޭޓް އިން ބޭނުންކުރަމުންދާ ދިދަ ހިފައިގެން މީހަކު ހިނގަނީ

ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި، އަމިއްލަ ޚިލާފަތެއް ގާއިމްކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް(އައިއެސް) ނުވަތަ ދައުލަތުލް އިސްލާމިއްޔާ އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބަހައްޓާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ދިދަ ބަހައްޓާފައި ހުރީ އާޓިފިޝަލް ބީޗްގެ ސްކޭޓް ބޯޑް ކުރާ ސަރަހައްދުގަ އެވެ.

އެ ސަރަހައްދުގައި ދިދަ ބަހައްޓާފައި ހުރި ފޮޓޯއެއް މީހަކު ވަނީ ފޭސްބުކް ގައި ޕޯސްޓް ކޮށްފަ އެވެ. މުހައްމަދު އާދަމް ކިޔާ މީހަކު ކުރި އެ ޕޯސްޓުގައި ބުނެފައިވަނީ "އިސްލާމިކް ސްޓޭޓްގެ ކަޅު ދިދަ، ކަލިމަތުލް ތައުހީދުގެ ބެނާ" ރާއްޖޭގެ ވެރިރަށް މާލޭގައި ބަހައްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ "ރަސްމީކޮށް އައިއެސްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައިވާ" ކަމަށާއި، އައިއެސްގެ ބާރު ރާއްޖެއަށް ފޯރާފާއިވާ ކަމަށެވެ.

އެ ދިދަ ބެހެއްޓި މައްސަލައާ ގުޅިގެން ހައްޔަރުކުރި ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިދަ ބެހެއްޓި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އައިއެސް އިން ބޭނުން ކުރަމުންދާ ދިދަ ފަރުމާ ކޮށްފައިވަނީ ތައުހީދުގެ ދެކަލިމަ ލިޔެފަ އެވެ. ދިދައިގެ މެދުގައި ވަނީ އެކިއެކި ރަސްރަސްކަލުންނަށް ރަސޫލާ ފޮނުއްވި ސިޓީފުޅުތަކުގައި ޖެއްސެވި ސިއްކައިގެ ނަކަލެކެވެ. އެކިއެކި ފޮތްތަކުން ފެންނަ ގޮތުގައި މި ދިދަ ފުރަތަމަ ބޭނުން ކޮށްފައިވަނީ އައްބާސީ ޚިލާފަތުގެ ދުވަސްވަރު އެވެ.

ސީރިއާ އާއި އިރާގުގައި އައިއެސް އިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން ވަނި ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެ ހަނގުރާމައިގައި ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ބައިވެރިވެފައިވާ ކަމަށް ބޭރުގެ ނޫސްތަކާއި ތަހުގީގީ އިދާރާތަކުން ބުނި ނަމަވެސް، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ އަދަދު ދޮގުކުރެ އެވެ. ކައުންޓަރ ޓެރަރިޒަމް ސެންޓަރުންނާއި ހޯމް މިނިސްޓްރީއިން ބުނާ ގޮތުގައި ހަނގުރާމައަށް ދިޔައީ ގާތްގަނޑަކަށް 30 އެއްހާ ދިވެހިންނެވެ.

ހަނގުރާމައަށް ދިޔަ މައްސަލައިގައި މިހާރު ވެސް ކްރިމިނަލް ކޯޓުގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު