Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވަސީލަތްތައް ތަރައްގީކުރުން

"ސަރުކާރުން ކަންކަން ކޮށްދެނީ އެއްވެސް ކުޅިވަރެއް ތަފާތުކުރުމެއް ނެތި"

މި ސަރުކާރުން ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

އަތޫފް އާތިފް
އަތޫފް އާތިފް | 6 މެއި 2021 | ބުރާސްފަތި 14:47
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ސަރުކާރުން ކަންކަން ކޮށްދެނީ އެއްވެސް ކުޅިވަރެއް ތަފާތުކުރުމެއް ނެތި ކަމަށާއި، އެކަމަކު ފުޓްބޯޅައާ އެއްވަރަށް އެހެން ކުޅިވަރެއް ކުރިއަރާފައިނުވާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފް ވިދާޅުވީ ކުޅިވަރުތައް ތަފާތު ނުކުރާކަމުގެ ހެއްކަކީ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަދިނުން ކަމަށާއި، އަދި ވަސީލަތްތައް ތަރައްގީކުރުމުގެ ކަންކަން ކުރިއަށްދާ ގޮތުންވެސް އެކަން ސާފުވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ ފުޓްބޯޅައާ އެއްވަރަށް މިއަދު އެހެން ކުޅިވަރެއް ކުރިއަރާފައިނުވާ ކަމަށާއި، ރާއްޖޭގެ ދެވަނަ ކުޅިވަރު ކަމަށްވާ ވޮލީބޯޅަ އާއި ފުޓްބޯޅައިގައި ހުންނަ ތަފާތު މުޅި ރާއްޖެއަށް ބެލިޔަސް ފެންނާނެ ކަމަށެވެ. އެގޮތުން ރަށްރަށުންވެސް ވޮލީބޯޅަ ކޯޓުގެ ވާހަކައިގެ ކުރިން ދައްކަނީ ފުޓްބޯޅަ ދަނޑެއްގެ ވާހަކަ ކަމަށާއި، ޓްރެކެއްގެ ވާހަކަ ނޫނީ ބިލިއާޑުގެ ވާހަކައިގެ ކުރިން ދައްކަނީ ފުޓްބޯޅައިގެ ވާހަކަ ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވިއިރު މި ސަރުކާރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ގިނަ ސްޓޭޑިއަމްތަކެއް އަންނަނީ ހަދަމުންނެވެ. އަދި އެ ސްޓޭޑިއަމްތައް ހަދަމުން އަންނަނީ ބައިނަލްއަގުވާމީ ފެންވަރަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް މި ސަރުކާރުން ކުރި ޚަރަދަށްވުރެ ބޮޑު ޚަރަދެއް މީގެ ކުރިން ކޮށްފައިވެޔޭ ނުބުނެވޭނެ ކަމަށާއި، އެންމެ ބޭނުންވާ ބާރުމިނުގައި ހުރިހާ ކަމެއް ނުވި ނަމަވެސް، ހުރިހާ ކުޅިވަރެއްގެ ވަސީލަތްތަކަށް މި ސަރުކާރުން ޚަރަދުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބާސްކެޓްބޯޅަ އިންޑޯ ކޯޓާއި ވޮލީބޯޅަ އިންޑޯ ކޯޓު ހެދުމުގެ ހުއްދައަށް މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއަށް ފޮނުވައިގެން އެ ކަންތައްތައް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލުގެ އެންމެ ފަހުގެ ހުއްދަތައް ލިބި، މި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ހުރިހާ ކުޅިވަރަކަށް ހަމަހަމަ އުސޫލެއް ގެންގުޅޭ ކަމުގެ އެއް ހެއްކަކީ ސްވިމިން ޕޫލުގެ މަސައްކަތާއި، މާލޭ ދުވާ ޓްރެކުގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތާއި، ސްވިމިން ޓްރެކުގެ މަސައްކަތާއި، ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކޮށްފައިވުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

ކޮންޓޭއާ މެދު އެއްވެސް ހިންހަމަ ނުޖެހުމެއް ނެއް ކަމަށް ކޮސްޓާ ބުނެފި

22 ސެޕްޓެމްބަރު 2017
ކޮންޓޭއާ މެދު އެއްވެސް ހިންހަމަ ނުޖެހުމެއް ނެއް ކަމަށް ކޮސްޓާ ބުނެފި
12 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް

12 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް
09 ސެޕްޓެމްބަރު 2017

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
22 އޯގަސްޓު 2017

ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި

22 އޯގަސްޓު 2017
ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި
29 ޖުލައި 2017

ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

29 ޖުލައި 2017
ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު