Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
މަކުނުވިދުރި

ޕާކިސްތާނުން މަކުނުވިދުރި ފެނިއްޖެ

ސްވިޑްން އިން ބަލި ފެނުނުކަން ވަނީ ބުރާސްފަތި ދުވަހު ކަށަވަރު ކޮށްފައި އެވެ. މި ވައިރަސް އެފްރިކާ 13 ޤައުމަކަށް ފެތުރިފައިވެއެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ އެ ޖަމްއިއްޔާ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަޓް މި ބައްޔަށް ބުދަ ދުވަހު ނެރެފައެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 09:08
މަކުނުވިދުރި - މި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ބައްޔެއް

މަކުނުވިދުރި - މި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ބައްޔެއް

ޕާކިސްތާނުން މަކުނުވިދުރީގެ ކޭސް އެއް ފެނިއްޖެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު ޕާކިސްތާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ވަނީ ގަލްފް ގައުމަކުން އެނބުރި އައި މީހެއްގެ ކިބައިން އެމްޕޮކްސް ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މީގެ އިތުރުން ޕްރޮވިންސްތަކުގެ ޞިއްޙީ އިދާރާތަކުން ވަނީ އިތުރު ތިން ކޭސް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ޞިއްޙަތާބެހޭ މިނިސްޓްރީގެ ތަރުޖަމާނަކު ބުނެފައިވަނީ ކަށަވަރުކުރެވުނު ކޭސްގެ ސީކުއެންސިންގ ކުރިއަށްދާކަމަށާއި، އެ މަސައްކަތް ނިމެންދެން ބަލިމީހާއަށް ޖެހިފައިވަނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓެއްކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

ޕާކިސްތާނުގެ ހެލްތް މިނިސްޓްރީން އެގައުމުން އެމްޕޮކްސް ކޭސް އެއް ފެނުނުކަން ހާމަ ކުރުމުގެ ކުރިން ހުކުރު ދުވަހު، ޕާކިސްތާނުގެ އުތުރުގައިވާ ޚައިބަރ ޕަޚްތުންހުވާ ޕްރޮވިންސްގެ ޞިއްޙީ ޑިޕާޓްމަންޓުން ބުނެފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްއިން އައި ތިން ތިންމީހުންގެ ކިބައިން މި ބަލި ފެނިފައިވާ ކަމަށާއި އެތިން މީހުންވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. މައި ސަރުކާރުން ހާމަ ކުރި މީހާ މީގެ ތެރޭގައި ހިމެނޭކަމެއް ސާފެއް ނުވެއެވެ.

އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނުވިދުރީގެ ފުރަތަމަ ކޭސް ސްވީޑަނުން ފެނިއްޖެ ކަމަށް އިޢުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ. ސްވިޑްންގެ ސިއްހީ އޮފިޝަލުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދުގައި އިތުރު ކޭސްތައް ފެނިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށް އެ ޖަމްއިއްޔާ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަޓް ބުދަ ދުވަހު ނެރެފައިވާ ބައްޔެކެވެ.

މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަޓް ނެރުނު ދެވަނަ ފަހަރެވެ.

ސްވިޑްންގެ ޕަބްލިކް ހެލްތު އޭޖެންސީއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ 'މިހާރު ފެނިފައިވާ ކޭސް ފަދަ ވަކިވަކި އިމްޕޯޓް ކުރެވޭ ކޭސްތައް' ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައިވެސް ފެނިދާނެ ކަމަށެވެ.

ސްވީޑަންގެ ސަރުކާރުގެ އެޕިޑެމިއޮލޮޖިސްޓް މެގްނަސް ގިސްލެން ބުރާސްފަތި ދުވަހު ނެރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި މީހާއަށް މި ބަލި ޖެހިފައިވަނީ "އެފްރިކާގެ އެމްޕޮކްސް ކްލޭޑް 1 ވަރަށް ބޮޑަށް ފެތުރިފައިވާ ސަރަޙައްދަކަށް" ކުރި ދަތުރެއްގެ ތެރޭގައެވެ.

ޑަބްލިޔުއެޗްއޯ އިން މި ބަލީގެ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު އިއުލާން ކުރީ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އަންގާރަ ދުވަހު އިއުލާން ކޮށްފައިވަނިކޮށްނެވެ.

މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު، ޑަބްލިއު.އެޗް.އޯ އިން ބުދަ ދުވަހު ބުނެފައިވަނީ މިއަހަރު ކޮންގޯ ގައި އެމްޕޮކްސް ބަލީގެ ސަބަބުން 548 މީހުން މަރުވެފައިވާ ކަމަށެވެ.

މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ 13 ޤައުމަކަށް ފެތުރިފައެވެ.

އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ. ބައްޔަކީ ކޮންޓެކްޓް ވުމުން އަރާ ބައްޔަކަށް ވުމާއެކު ޖިންސީ ގުޅުމުގެ ޒަރީއާ އިންނާއި ހަމާއި ހަން ކޮންޓެކްޓް ވެގެންނާއި އަދި ބަލި ޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ވަރަށް ގާތުން ވާހަކަ ދެއްކުމުން ބުރާ ކުދި ޑްރޮޕްލެޓްތަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުން ހިމެނެއެވެ. ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ

ބައްޔަށް ތިން ވެކްސިނެއް ބޭނުން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ވެކްސިން ދެނީ ބަލި ޖެހުމުގެ ރިސްކް ބޮޑު މީހުންނަށާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

09 ޑިސެމްބަރު 2025
އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ

އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ

08 ސެޕްޓެމްބަރު 2024
މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި

މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި

14 އޯގަސްޓު 2024
ނުރައްކަތެރި އެބޯލާ ކޮންގޯ އިން ފެނިއްޖެ

ނުރައްކަތެރި އެބޯލާ ކޮންގޯ އިން ފެނިއްޖެ

15 މެއި 2017
އިންޑިއާއިން އެޗްވަންއެންވަން ރޯގާގެ އާ ބާވަތެއް ފެނިއްޖެ، ސަރުކާރުން ދަނީ އައު ވެކްސިނަކަށް މަސައްކަތް ކުރަމުން

އިންޑިއާއިން އެޗްވަންއެންވަން ރޯގާގެ އާ ބާވަތެއް ފެނިއްޖެ، ސަރުކާރުން ދަނީ އައު ވެކްސިނަކަށް މަސައްކަތް ކުރަމުން

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު