Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮޓޯސްޕޯޓްސް ރޭސް

ރާއްޖޭގެ އަންސޯލްޓަޑް ރޭސިންގ ކުލަބް ލަންކާ ޑުރޭގް ވޯރސް އަށް

18 ޖެނުއަރީ 2025 | ހޮނިހިރު 12:23

ޑްރޭގް ރޭސް "ޑްރޭގް ވޯރސް 2025" މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 ވަނަ ދުވަހު ލަންކާ ކަޓުކުރުންޑަ ރޭސިންގް ޓުރެކްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 18 ޖެނުއަރީ 2025 | ހޮނިހިރު 12:23
ރޭސިންގ އެސޯސިއޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރޭސިންގް އިވެންޓެއްގެ ތެރެއިން.

ރޭސިންގ އެސޯސިއޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރޭސިންގް އިވެންޓެއްގެ ތެރެއިން.

ސްރީލަންކާގެ ކޮލަމްބޯ ރޭސިންގ ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދަން ރާވާފައިވާ ޑްރޭގް ރޭސް މުބާރާތް، "ޑްރޭގް ވޯރސް 2025" ގައި ރާއްޖޭގެ ރޭސިންގ ކޮމިއުނިޓީގައި އެތަކެއް މުބާރާތަކުން ވަަނަތަށް ހޯދައިފާވާ އަންސޯލްޓަޑް ރޭސިންގެ ނަން މައްޝޫރު ދެ އެތުލީޓުން ކަމަށް ވާ ހަމްދޫން ނަސީރް (އޮމްޕި) އަދި ހަސަން ފަޔާޒް، ބައިވެރިވެއްޖެއެވެ.

ސްރީލަންކާގެ ކޮލަމްބޯ ރޭސިންގ ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޑްރޭގް ރޭސް "ޑްރޭގް ވޯރސް 2025" މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 ވަނަ ދުވަހު ލަންކާ ކަޓުކުރުންޑަ ރޭސިންގ ޓުރެކްގައެވެ.

Advertisement - newsAdvertisement

މިއީ މި ރާއްޖޭގެ ރޭސިންގ ކުލަބުން އަމިއްލައަށް އިސްނަގައިގެން ބައިވެރިވި މުބާރާތެއް ކަމުގައި ވީ ނަމަވެސް މި ރޭހަށް އެ ފަރާތުން ދަނީ ރާްއްޖެތަމްސީލްކޮށް، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ކަމަށް އެ ފަރާތުން ބުނެވެއެވެ. އަދި މި މުބާރާތް ކާމިޔާބުކޮށް، އަމިއްލަ ޤައުމަށް ރީތި ނަން ހޯދައިދޭން ކުރެވުނު އެންމެ ފުރިހަމައަށް، ގަދަހިތްވަރާއި އެކު މަސައްކަތް ކުރާނެ ކަމުގެ ޔާގިންކަން ވެސް އެ ފަރާތުން ވަނީ ދީފައެވެ.

ލަންކާގައި ބާއްވާ މި މުބާރާތަށް ދިއުމުގައި ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އަދި ކުޅިވަރު ވުޒާރާއިން ވެސް އެ ކުލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވެސް އެ ކުލަބުން ވަނީ ފާހަގަކޮށްފައެވެ.

އެ ކުލަބުން ބުނީ މިއީ ރާއްޖެއިން ބޭރު ޤައުމެއްގައި މިފަދަ މުބާރާތެއްގައި ބައިވެރުމަށް ދާ ފުރަތަމަ ފަހަރެއް ނޫންކަމަށާއި މީގެ ކުރިން 2022 ވަނަ އަހަރު ތައިލޭންޑުގައި އޮތް ޑުރޭގް ރޭސްއެއްގައި ވެސް އެ ކުލަބުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން 30 މޯޓަރ ސްޕޯރޓްސްގެ އަލީ އައިމަން (ބެރާޑު) ބައިވެރިވެ، އެ މުބާރާތުގެ 4 ވަނައަށް ގޮސްފައި ވާކަން ވެސް އެ ކުލަބުން ފާހަގަކުރިއެވެ. އަދި ހަމަ އެހެންމެ ވޭތުވެދިޔަ 19 އަހަރު ތެރޭގައި ސްރީލަންކާގައި ކުރިއަށް ދިއަ އެތަކެއް ރޭސިންގ މުބާރާތްތަކުގައި ދިވެހި އެކި ރައިޑަރުން ބައިވެރިވެ، އެކިއެކި ވަނަތަށްވެސް ހޯދާފައިވާކަނ ވެސް އެ ކުލަބުން ހާމަކުރިއެވެ.

ރާއްޖެއަކީ ނިސްބަތުން މީސްކޮޅޫ މަދު، އަދި ކުޑަ ޤައުމެއް ނަމަވެސް މި ރޭސިންގ ގެ މި ކުޅިވަރުގައި ފާހަގަކޮށްލެވޭ ހުނަރުވެރި، އެތަކެއް އެތުލީޓުންނެއް އެބަ ތިއްބެވެ. ނަމަވެސް މިކަމުގެ ހުނަރު ފަރިތަކުރުމަށް ލިބޭ ފުރުސަތުތައް މަދުވުމަކީ އެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެކެވެ. އެފަރާތްތަކުން ބޭނުން ވަނީ ކަމުގެ ހުނަރު ފަރިތަ ކުރާނެ ގިނަ ފުރުސަތު ތަކެއް ލިބުމެވެ.

މިހާރު މި ސަރުކާރުން މާލެގައި މޯޓަރސްޕޯރޓްސް ހަރަކާތްތަށް ހުއްޓުވާފައި ވާކަން ފާހަގަކުރައްވާ އެ ކުލަބުން ބުނީ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅައި މޯޓާރސްޕޯރޓްސް ހަރަކާތްތަށް ހުއްޓުވާފައި ވުމުން ހިތާމަކުރާ ކަމަށެވެ. އަދި އެއީ އެފަދަ ކަމެއް ސަރުކާރުން ކޮށްފައި މިވަނީ އެ ފަރާތާއި ނުވެސް ބެހޭ ކަމެއްގައި ކަންވެސް ފާހަގަކޮށްފައިވެއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން ރޭސިންގ އެސޯސިއޭޝަނުން ބުނީ ސަރުކާރުން މޮޓާރސްޕޯރޓްސް ހަރަކާތްތަށް ހުއްޓުވާފައި ވުމުން އެތަކެއް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން ލަންކާގައި އޮންނަ ރޭހަށް ފުރާ އެކުލަބުގެ ދެ ރައިޑަރުންނަށް ފަރިތަކުރާނެ ހަމަ އެއްވެސް ގޮތެއް ހަމަ ނުޖެހުނު ކަމަށެވެ. އަދި މިދިޔަ މަހު ހުޅުމާލޭގައި ހުރިހާ ކަމެއް ހަމަޖެހި ބާއްވަން ތައްޔާރުވި ރޭސިންގް އިވެންޓް ވެސް އެންމެ ފަހު ގަޑީގައި ކެންސަލްކޮށްލުން ވެގެން ދިޔައީވެސް އެފަރާތްތަކަށް ފަރިތަކޮށްލަން ލިބުނު ފުރުސަތު ގެއްލިގެން ދިޔަކަމަކަށެވެ.

އެސޯސިއޭޝަނުން އިތުރަށް ބުނީ މިތީބީ ވާހަކަ ދައްކައިގެން ވެސް މި ކަމަށް ހައްލެއް ހޯދަން ތައްޔާރަށް ކަމަށާއި ރައިސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއީޒް އާއި ބައްދަލުކުރަންވެސް މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި ނަމަވެސް އަދި އެކަން ކާމިޔާބު ނުވާކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް