Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ރޮކެޓެއް ވެއްޓުން

ޗައިނާގެ ރޮކެޓެއް ކޮންޓްރޯލުން ނެއްޓި ދުނިޔެއަށް ވެއްޓެނީ!

6 މެއި 2021 | ބުރާސްފަތި 06:21

ގާތްގަނޑަކަށް މެއި މަހުގެ ހަތަކާއި ނުވައަކާ ދެމެދުގެ ދުވަހެއްގައި ދުނިޔޭގެ ޖައްވަށް އަންނާނެކަމަށް ސައިންސްވެރިން ލަފާކުރޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 6 މެއި 2021 | ބުރާސްފަތި 06:21
ލޯންގް މާޗް ފައިވްބީ ރޮކެޓް ޗައިނާގެ ޖައްވީ އިދާރާގެ ފުރަތަމަ މޮޑިއުލްއާއެކު ނައްޓާލަނީ

ލޯންގް މާޗް ފައިވްބީ ރޮކެޓް ޗައިނާގެ ޖައްވީ އިދާރާގެ ފުރަތަމަ މޮޑިއުލްއާއެކު ނައްޓާލަނީ

ޗައިނާގެ ރޮކެޓެއް ކޮންޓްރޯލުން ނެއްޓި, ވަރަށް ހަލުވި ބާރުމިނެއްގައި ދުނިޔެއަށް ވެއްޓެން އަންނަކަމަށް ސައިންސްވެރިން ބުނެފިއެވެ.

މި ރޮކެޓަކީ ޗައިނާއިން ގާއިމުކުރާ ޖައްވީސްޓޭޝަން ކަމަށްވާ "ޓިއަންހޭ ސްޕޭސް ސްޓޭޝަން" ގެ ފުރަތަމަ މޮޑިއުލް ނުވަތަ ބައި ލޯންޗުކުރުމަށް، އޭޕްރީލް މަހުގެ ފަހު ހަފްތާގައި އެގައުމުން ފޮނުވާލި ޖައްވީ އުޅަނދެކެވެ.

ޗައިނާގެ ޖައްވީ ސްޓޭޝަން ބިނާކުރަން ނިންމާފައި ވަނީ އެކި ފަހަރު މަތިން ތަފާތު އެކި މޮޑިއުލްތައް ޖައްވަށް ފޮނުވައިގެންނެވެ. އެއަށްފަހު މި ބައިތައް ގުޅުވައިގެން ޖައްވީ ސްޓޭޝަން ރޭވުމަށް ޗައިނާއިން ވަނީ ނިންމާފައެވެ.

'ލޯންގް މާޗް ފައިވް - ބީ' ގެ ނަމުން ނަންދީފައިވާ މި ރޮކެޓްވަނީ ޖައްވީ ސްޓޭޝަންގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ. އެހެންނަމަވެސް މި ރޮކެޓްގެ ކޮންޓްރޯލް ގެއްލި، މިހާރު މިސްރާބުހުރީ ދުނިޔޭގެ ބިމަށެވެ. މި ރޮކެޓަކީ 30 މީޓަރު ދިގު، ފަސް މީޓަރު ފުޅާ، ބަރުދަނުގައި 21 މެޓްރިކް ޓަނު ހުންނަ ރޮކެޓެކެވެ.

މިއީ މިހާތަނަށް މިހާ ބޮޑު އުޅަނދެއް ކޮންޓްރޯލެއްނެތި ދުނިޔެއަށް ވެއްޓޭ ފުރަތަމަ ފަހަރެވެ. މި ރޮކެޓް މީހުން ދިރިއުޅޭ ބިމަކަށް ވެއްޓުމުގެ ބިރު އެބަ އޮތްކަމަށް މާހިރުން ބުނެއެވެ. އެގޮތުން ހާވާޑް ޔުނިވާސިޓީގެ އެސްޓްރޯ ފިޒިކްސް ސެންޓަރުގެ އެސްޓްރޯފިޒިސިސްޓެއް ކަމަށްވާ ޖޮނަތަން މެކްޑޮވެލް ވަނީ މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން 'މާޗްފައިވްބީ' ރޮކެޓެއް ފޮނުވާލި ފަހަރު ވެސް މައުދަނުގެ ބޮޑެތި ބައިތަކެއް އައިވޮރީ ކޯސްޓަށް ފޭބި ކަމަށެވެ. އަދި އެހާދިސާގައި ނަސީބު ރަނގަޅުކަމުން، އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ގިނަ އިމާރާތްތަކަކަށް ގެއްލުން ލިބުނުކަން މެކްޑޮވެލް ފާހަގަކުރެއްވިއެވެ.   

މި ރޮކެޓް މިހާރު ދަތުރުކުރަމުންދަނީ ދުނިޔޭގެ ނާރެހުގެ އެލިޕްޓިކަލް (ބިސްބުރުގެ ބައްޓަމަށްވާ) އޯބިޓް ރޮނގެއްގައެވެ. މި އޯބިޓްދަނީ މަޑުމަޑުން ފަނޑުވަމުންނެވެ. ރޮކެޓްގެ ބާރުމިން ހުރީ ގާތްގަނޑަކަށް 370 ކިލޯމީޓަރާއި 170 ކިލޯމީޓަރާ ދެމެދުގައެވެ. މި ބާރުމިނުގައި ގާތްގަނޑަކަށް މެއި މަހުގެ ހަތަކާއި ނުވައަކާ ދެމެދުގެ ދުވަހެއްގައި ދުނިޔޭގެ ޖައްވަށް އަންނާނެކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މި ޖައްވީ އުޅަނދުގެ ބައިތައް ފައިބާނެ ވަކި ގައުމެއް ކަނޑައެޅިގެން ބުނަން ނޭނގުނު ކަމުގައި ވިޔަސް، ބެލެވޭ ގޮތުން މި ބައިތައް ފައިބާނީ ޕެސިފިކް ކަނޑު، އެޓްލާންޓިކް ކަނޑު، ޔޫރަޕް، އެފްރިކާ ނުވަތަ ރަޝިޔާގެ ސަރަހައްދަކަށް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ ގާތްގަނޑަކަށް 71 އިންސައްތައަކީ ކަނޑު ކަމުގައި ވުމުން އެ ރޮކެޓް ވެއްޓޭނެކަމަށް ބޮޑަށް ބެލެވެނީ ކަނޑުގެ ސަރަހައްދަކަށް ކަމަށް ސައިންސްވެރިން ބުނެއެވެ.  

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި

10 އޯގަސްޓު 2017
ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި
17 ޖުލައި 2017

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

17 ޖުލައި 2017
ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް