Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާފިއު އިއުލާންކުރުން

ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9ން ފަތިހު 4ށް ކާފިއު ހިންގަނީ

ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 5 މެއި 2021 | ބުދަ 20:00
މާލެ ސަރަހައްދުގައި މީގެ ކުރިން ކާފިއު އިއުލާންކޮށްފައި

މާލެ ސަރަހައްދުގައި މީގެ ކުރިން ކާފިއު އިއުލާންކޮށްފައި

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ އަޅާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ވަކި އެއްޗެއް އަންގަންދެން ރޭގަނޑު 9ން ފަތިހު 4ށް މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރަން ނިންމައިފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ވަގުތުތަކުގައި މި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށާއި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޕިއޭއިން މި ނިންމުން ނިންމި އިރު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ބުދަ ދުވަހުން ފެށިގެން ސްކޫލުތަކާއި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ޕާކުތަކާއި މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި މުބާރާތްތައް ހުއްޓުވާފައިވާއިރު، ދުވާ ޓްރެކް އަދި ސްވިމިން ޓްރެކް ވަނީ ބަންދުކޮށްފައެވެ.

މިސްކިތްތަކުގައި ގައިދުރުކުރުމާއި މާސްކް އެޅުމާއެކު އަމިއްލަ މުސައްލަ ގެންދަން ޖެހެއެވެ. އަދި ރަށްރަށަށް ދަތުރުފަތުރު ކުރުމުގައި ހުއްދަ ނަގައިގެން ޒަރޫރީ ބޭނުމެއްގައި މެނުނީ އެއްރަށުން އަނެއް ރަށަށް ދަތުރުނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައެވެ. މާލެ ސަރަހައްދުން ޒަރޫރީ ބޭނުމަކަށް ވެސް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ވެސް ޖެހެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނައިރު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 7،000ށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 32،000ށް އަރާފައިވާއިރު، ކޮންމެ ދުވަހަކު ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު ވަނީ 700ށް ވުރެ މައްޗަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް