Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް ދެއްކުން

ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު މަދު: މިނިސްޓަރ

މާލޭ ސިޓީން ފިޠުރު ޒަކާތުގެ ގޮތުގައި 899،031.00ރ ލިބިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މެއި 2021 | ބުދަ 19:06
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ- މިނިސްޓަރ ވަނީ ލަސްނުކޮށް ޒަކާތް ދެއްކުމަށް އެދިވަޑައިގަންނަވާފައި

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ- މިނިސްޓަރ ވަނީ ލަސްނުކޮށް ޒަކާތް ދެއްކުމަށް އެދިވަޑައިގަންނަވާފައި

މިހާތަނަށް ފިތުރު ޒަކާތް ދައްކާފައިވާ މީހުންގެ އަދަދު އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު މަދު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރުގެ އަދަދުތަކަށް ބަލާއިރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދުތައް އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު މަދު ކަމަށާއި، ފިތުރު ޒަކާތް އަވަހަށް ދެއްކުން މުހިއްމު ކަމަށެވެ. މިނިސްޓަރ ވަނީ ފަހު ވަގުތަށް މަޑު ނުކުރައްވައި އަވަހަށް ޒަކާތް ދެެއްކުމަށް ސަމާލުވުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ފައިސާއާއި ގޮވާމުންވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ ނިޔަލަށް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭ ސިޓީން 20,863 މީހުން ފިތުރު ޒަކާތް ދައްކާފައިވެއެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް މާލެ ސިޓީން 8 ލައްކަ ރުފިޔާ ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، 1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ 12 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީން ފިޠުރު ޒަކާތުގެ ގޮތުގައި 899،031.00ރ ލިބިފައިވާ ކަމަށެވެ. އަދި އެއީ ޖުމްލަ 20،863 މީހުންގެ ފަރާތުން ލިބިފައިވާ އަދަދުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު