Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސި ޝާހީ އާއިލާ

ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ގަނޑުވަރަށް ގޮތްނޭނގޭ މީހުން ވަނުން ގިނަވަނީ

އުމުރުފުޅުން 61 އަހަރުވީ އެންޑްރޫ ދިރިއުޅުއްވަނީ ސިންގަލްކޮށް

| 5 މެއި 2021 | ބުދަ 16:10
ވިންޒަރ ލޮޖް: މިއީ ޕްރިންސް އެންޑްރޫ ދިރިއުޅުއްވާ ގަނޑުވަރު

ވިންޒަރ ލޮޖް: މިއީ ޕްރިންސް އެންޑްރޫ ދިރިއުޅުއްވާ ގަނޑުވަރު

އިނގިރޭސި ރާނީ އެލިޒަބަތުގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ ދިރިއުޅުއްވާ ގަނޑުވަރަށް ހުއްދަނެތި ވަންނަން އުޅެގެން ހައްޔަރު ކުރަންޖެހޭ މީހުންގެ އަދަދު ގިނަވެއްޖެއެވެ.

އުމުރުފުޅުން 61 އަހަރުވީ ޕްރިންސް އެންޑްރޫ ދިރިއުޅުއްވަނީ ލަންޑަނުގެ ވިންޒާރ ލޮޖޭ ކިޔުނު ބޮޑު ގަނޑުވަރެއްގައެވެ. އަނބިކަނބަލުން ސާރާ ފާގަސަން 1996 ގައި ވަރި ކުރެއްވިފަހުން އެހެން ކައިވެންޏެއް ކުރެއްވުމަކާ ނުލައި ޕްރިންސް އެންޑްރޫގެ ހަޔާތް ވޭތުކުރައްވަނީ ސިންގަލްކޮށެވެ.

ވިންޒާރ ލޮޖަށް ވަދެގެން އެންމެފަހުން ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި އުމުރުން 43 އަހަރުވީ އަންހެނަކު ހިމެނެއެވެ. އޭނާ ވަދެގަތީ މެންދުރުގެ ކެއުމަކަށް ޕްރިންސް އެންޑްރޫ ތިމަން ގޮއްޔެއަށް ދައުވަތު ދެއްވައިގެން އައީއޭ ބުނެ ފާރަވެރިންނަށްވެސް އޮޅުވާލައިގެންނެވެ.

ވިންޒާރ ލޮޖަށް ވަންނާން އުޅެގެން އެންމެ ފަހުން ހައްޔަރު ކުރެވުނީ 29 އަހަރުވީ އަންހެނަކާއި 31 އަހަރުވީ ފިރިހެނެކެވެ. ގަނޑުވަރަށް ނުވަދެވެނީސް ގަނޑުވަރުގެ ބަގީޗާއާ ހަމައިން އެ ދެމީހުންވެސް ވަނީ ހައްޔަރު ކުރެވިފައެވެ. އެތަނަށް އައީ ޕްރިންސް ވިދާޅުވެގެން އެވެނި މިވެނި ކަމެއް ކުރާށޭ ބުނެ ލައްކަ ގިނަ ބަހަނާ ދެއްކި ކަމަށް އެނގިފައިވެއެވެ.

އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅުން ދިރިއުޅުއްވާ ގަނޑުވަރުތަކުގެ ސަލާމަތީ ކަންތައް 1980 ގެ އަހަރުތަކުން ފެށިގެން އޮންނަނީ ވަރުގަދަ ކުރެވިފައެވެ. އެގޮތަށް ވަރުގަދަ ކުރެވުނީ 1982 ވަނަ އަހަރު އިނގިރޭސި ރާނީ ދިރިއުޅުއްވާ ބަކިންހަމް ގަނޑުވަރަށް އުމުރުން 31 އަހަރުގެ ފިރިހެނަކު ވަގަށް ވަދެ ރާނީ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅަށްވެސް ވަނުމުގެ ހާދިސާއެއް ހިނގުމުންނެވެ.

މައިކަލް ފަގާނޭ ކިޔުނު މީހަކު ގަނޑުވަރަށް ވަނީ ސަލާމަތީ ފާރަވެރިންގެ ޑިއުޓީ ދަންފަޅި ބަދަލުވި ދަނޑިވަޅު ބަލައިގެން ކޮންމެވެސް ގޮތަކުން ފާރުމަތިން އަރައިގެންނެވެ. ރާނީގެ ކޮޓަރިކޮޅަށް ވަދެ އެމީހާ ރާނީއާ ވާހަކަ ދައްކަން ދިހަ މިނިޓެއްހާއިރު ހޭދަކުރިއެވެ. އެހެން ހުރެފައި ތިމަންނާޔަށް ސިނގިރޭޓެއް ދީބަލާށޭ ބުނީމާ އާނ މިދަނީ ސިނގިރޭޓެއް ބަލަޔޭ ވިދާޅުވެފައި ރާނީ ކޮންމެވެސް ގޮތަކުން ފާރަވެރިންނަށް އިޝާރާތެއް ކުރައްވައި އެމީހުން ގެނެސް އެމީހާ ހައްޔަރުކުރީއެވެ.

އިނގިރޭސި ފުލުހުންގެ ތެރޭގައި ޝާހީ އާއިލާގެ ސީނިއަރ ބޭފުޅުންގެ ސަލާމަތަށް ޚާއްސަ ކުރެވިފައިވާ ޑިވިޝަނެއް އޮވެއެވެ. އެފަދަ ޝާހީ އަމީރުންނާއި އަމީރާއިންގެ ގެދޮރު ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރަނީ މި ޑިވިޝަނަށް ނިސްބަތްވާ ފުލުހުންނެވެ.

ރާނީގެ ފިރިހެން އެހެން ބޭފުޅުންނާ ޚިލާފަށް ޕްރިންސް އެންޑްރޫއަކީ ވަރަށް އަބުރުވެރިކަމެއް ނެތް ދިރިއުޅުމެއް އުޅުއްވާ ޕްރިންސެއް ކަމަށް ބުނެވެއެވެ. އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖެފްރީ އެޕްސްޓައިނުގެ ރިސޯޓުތަކަށް ގިނަގިނައިން ވަޑައިގެން ކުޑަކުދިންނާމެދު ވެސް ނޭއްގާނީ އަމަލުތަކެއް ހިންގެވި ކަމުގެ އިލްޒާމު ޕްރިންސް އެންޑްރޫގެ އިސްތަށިފުޅުގައި އެޅުވިފައިވެއެވެ.

މި ތުހުމަތުތައް ޕްރިންސް ދޮގު ކުރެއްވިޔަސް ޑިއުކް އޮފް ޔޯކުގެ ގޮތުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތަކުން ރާނީ ވަނީ ޕްރިންސް އެންޑްރޫ އެކަހެރި ކުރައްވައިފައެވެ. އަދި މިނޫންވެސް އަދަބުތަކެއް ދެއްވާފައިވެއެވެ.

ޕްރިންސް އެންޑްރޫ ދިރިއުޅުއްވާ ވިންޒާރ ލޮޖަކީ ވިންޒާރ ގްރޭޓް ޕާރކުގެ ތެރޭގައި ހިމެނޭ ގަނޑުވަރެކެވެ. ކޮރޯނާ ޕެންޑަމިކުގެ ލޮކްޑައުން ތެރޭގައި ރާނީ އާއި ޕްރިންސް ފިލިޕް ތިއްބެވި ވިންޒާރ ކާސަލް ހުންނަނީވެސް މި ގަނޑުވަރާ ނުހަނު ގާތުގައެވެ.

ޕްރިންސް އެންޑްރޫ މި ގަނޑުވަރުގައި އުޅުއްވަން ފެއްޓެވީ އެމަނިކުފާނުގެ މާމާފުޅު 2002 ގައި އަވަހާރަވުމުންނެވެ. އެހައިތަނަށް އެއީ ރާނީގެ މައިކަނބަލުންގެ ޚާއްސަ ގަނޑުވަރެވެ.

އިތުރަށް ކިޔާލަން

06 މެއި 2019

ހެރީ އާއި މޭގަންގެ ދަރިކަލުންގެ ނަމެއް އަދި ނުނިންމަވާ، ފޮޓޯއެއް ދެ ދުވަސް ތެރޭ ފެނިގެންދާނެ!

06 މެއި 2019
ހެރީ އާއި މޭގަންގެ ދަރިކަލުންގެ ނަމެއް އަދި ނުނިންމަވާ، ފޮޓޯއެއް ދެ ދުވަސް ތެރޭ ފެނިގެންދާނެ!
29 ޖުލައި 2018

ޕްރިންސް ހެރީ އާއި މެގަން އަށް ޕްރިޔަންކާ ނިކް އިންޓްރޮޑިއުސް ކޮށްދީފި

29 ޖުލައި 2018
ޕްރިންސް ހެރީ އާއި މެގަން އަށް ޕްރިޔަންކާ ނިކް އިންޓްރޮޑިއުސް ކޮށްދީފި
06 ޖޫން 2018

ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

06 ޖޫން 2018
ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ
28 އެޕްރީލު 2018

ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!

28 އެޕްރީލު 2018
ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!
27 އެޕްރީލު 2018

ޕްރިންސް ލުއީ: ޝާހީ ބޭފުޅަކަށް ދެއްވި ތަފާތު ނަންފުޅެއް

27 އެޕްރީލު 2018
ޕްރިންސް ލުއީ: ޝާހީ ބޭފުޅަކަށް ދެއްވި ތަފާތު ނަންފުޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު